Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

އެމްޕޮލީ ބަލިކޮށް، އިންޓަ އިން ލީޑުގައި ކުރިއަށް

މޮޅާއެކު އިންޓަ އިން އެއް ވަނައިގައި އޮތީ 14 ޕޮއިންޓުގެ ލީޑަކުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 އެޕްރީލު 2024 | އަންގާރަ 00:21
މެޗުގައި ލަނޑު ޖެހުމަށްފަހު އިންޓަގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އިންޓަގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިޓާލިއަން ލީގުގައި އެމްޕޮލީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އިންޓަ މިލާނުން ލީޑުގައި ކުރިއަށް ޖެހިލައިފި އެވެ.

އިންޓަ މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އިންޓަ އިން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި އިންޓަ އިން ލަނޑު ޖަހައި ލީޑު ނެގި އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ފެޑެރިކޯ ޑިމާކޯ އެވެ. އޭނާ އެ ލަނޑު ޖެހީ އަލެސާންޑްރޯ ބަސްޓޮނީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި އިންޓަގެ ދެ ވަނަ ލަނޑު ޖެހީ އެލެކްސިސް ސަންޗޭޒް އެވެ. އެއީ ޑެންޒެލް ޑަމްފްރީސް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގައި އެ ދެ ކުޅުންތެރިން ވެސް ކުޅެން ނިކުމެފައި ވަނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ބެންޗުންނެވެ.

މޮޅާއެކު އިންޓަ އިން އެއް ވަނައިގައި އޮތީ 14 ޕޮއިންޓުގެ ލީޑަކުންނެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު 30 މެޗުން 79 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް އޭސީ މިލާނަށް ލިބެނީ 65 ޕޮއިންޓެެވެ. އިންޓަ އަކީ މި ސީޒަންގެ އިޓާލިއަން ލީގުގައި އެންމެ ރަނގަޅު ނަތިޖާ ނެރެމުން ވެސް އަންނަ ޓީމެވެ.

އިޓާލިއަން ލީގުއިންޓަރ މިލާންއެމްޕޮލީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
01 ޖުލައި 2025

އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް

01 ޖުލައި 2025
އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް
26 ޖޫން 2025

ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް

26 ޖޫން 2025
ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް
04 ޖޫން 2025

އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި

04 ޖޫން 2025
އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު