Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭރިޕޯޓް

އަނގަމަތީގައި ހުރި "މަލަންގަނޑުތައް" ނެއްޓީމަ ހުރިހާ ވާހަކަތަކެއްވެސް ދެއްކޭނެ

ޔާމީން ވިދާޅުވީ އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭނެކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ސިޔާސީ ނިންމުމެއްކަމަށް މިއަދުވެސް ގަބޫލުފުޅުކުރައްވާކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 އެޕްރީލު 2024 | ހޯމަ 20:15
ރައީސް ޔާމީންގެ ފަހަތްޕުޅުގައި ރައީސް މުއިއްޒު އަދި އަބްދުއް ރަޙީމް

ރައީސް ޔާމީންގެ ފަހަތްޕުޅުގައި ރައީސް މުއިއްޒު އަދި އަބްދުއް ރަޙީމް

"އަޅުގަނޑަކީ މިހާރު ޕީޕީއެމް މީހަކަށްނުވާތީ ޕީޕީއެމްގެ ކަންތައްތަކެއް ނޭނގޭނޭ އެބީދައިން ވާހަކަ ނުދައްކާ. އަޅުގަނޑަށް ތިހުރިހާ އެންމެންގެ މިޒާޖާކޮށްފައި ހުރި ކަންތައްތައް އެނގޭ. އަޅުގަނޑުގެ އަނގައިގައި އަޅާފައި މިހުރި މަލަންގަނޑުތައް ނައްޓާލީމަ މިހުރިހާ ވާހަކަތަކެއް ދެއްކޭނެ." ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ މިހާރު ގޭގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

ޖަލު ހުކުމެއްގައި ހުންނަވާތީ ބޭނުންހާ ވާހަކައެއް ނުދެއްކޭކަން އިޝާރާތްކުރައްވާ ޔާމީންގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕީޕީއެމް/ޕީއެންސީ ލީޑަރޝިޕަށް އަމާޒުކުރެއްވިއިރު މިވެރިކަމުގެ ފެށުމާއެކު ޔާމީނާއި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕާ ދެމެދު އުފެދިފައިވާ ރުޅިވެރިކަމަށް އަދިވެސް ބަދަލެއް ނާދެއެވެ. އަމިއްލަފުޅަށް ހެއްދެވި ޕީޕީއެމްއިން ވަަކިވެވަޑައިގެން ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ނަމުގައި ޕާޓީއެއް ހައްދަވައިގެން ސިޔާސީ ހަރަކާތްތައް ހިންގަވަމުން ގެންދަވާއިރު މިސަރުކާރަށް ހަގީގަތުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިމިވަނީ އެމަނިކުފާނެވެ.

އިދިކޮޅުގައި އޮތް މައި ޕާޓީ އެމްޑީޕީ އަށްވުރެ ވެސް ހަގީގަތުގައި މިއަދުގެ ސަރުކާރަށް ގެއްލުންކުރަނަވި ވާހަކަތަކެއް ދައްކަވަމުން ގެންދަވަނީ ޔާމީނެވެ. ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިންގެ ފޯރިގަނޑުގެ ތެރެއިން މިވަނީ ޔާމީނާއި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ. މީގެކުރިން ވެސް ދޭތެރެ ދޭތެރެއިން މިގޮތަށް ބަހުގެ ހަމަލާތައް ބަދަލުކުރެވިފައިވެއެވެ.

ޔާމީންގެ ވާހަކަފުޅުގައި މައިގަނޑުގައި ފާހަގަކުރެއްވި ކަމަކީ ޕީޕީއެމް އަށް ދެރައެއް ދިނުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫންކަމަށެވެ. ޕީޕީއެމް މަގުމަތިކުރުމަކީ އެ މަނިކުފާނު ކުރައްވާނެ ކަމެއް ނޫންކަމެވެ. ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރުމަށް އެމަނިކުފާނު އެންގެވީ ޕީޕީއެމް މަގުމަތިކުރަން ނޫންކަމަށާއި ސުޕްރީމް ކޯޓުގެ ހުކުމާއެކު އެމަނިކުފާނަށް ވާދަނުކުރެއްވޭކަން ކަށަވަރުވިނަމަވެސް ޕީޕީއެމް/ޕީއެންސީ ލީޑަރޝިޕަށް އެކަށީގެންވާ މިންވަރަށް މަގުމަތީގެ ހަރަކާތް ހިންގުނުނަމަ އެ ހުކުމް ބަދަލުވުމުގެ ފުރުސަތު އޮތްކަމަށެވެ. އަދި ރައީސް ޔާމީނަށް ބައިވެރިނުވެވަޑައިނުގެންނެވޭ އިންތިޚާބެއް ރާއްޖޭގައި ނުބޭއްވޭނެކަމަށް ވެސް ގޮވީ އެމަނިކުފާނު ނޫންކަމަށް ޔާމީން ވިދާޅުވިއެވެ.

"ރައީސް ޔާމީންތޯ ގޮވީ ނޫނީ ޕީޕީއެމް ޕީއެންސީގައި ތިބި ލީޑަރުންތޯ ގޮވީ. ކިތައް ލީޑަރުން ގޮވިތޯ ރައީސް ޔާމީނަށް ބައިވެރިނުވެވޭ އިންތިޚާބެއް މިގައުމުގައި ބޭއްވިޔަކަ ނުދޭނަމޭ. ތިމަންނަމެން ބޮއިކޮޓް ކުރާނަމޭ. މަގުމައްޗަށް ނުކުމެގެން ވެސް އެކަން ހުއްޓުވާނަމޭ." ޔާމީން ވިދާޅުވިއެވެ.

ނަމަވެސް ކަންކަން ވީ އެހެން ނޫންކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭނެކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ސިޔާސީ ނިންމުމެއްކަމަށް މިއަދު ވެސް ގަބޫލުފުޅުކުރައްވާކަމަށެވެ. އެހެންކަމަށްވާއިރު ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރުމަށް ޕީޕީއެމް/ޕީއެންސީގެ ހިތްވަރު ހުރި ނަމަ ސުޕްރީމް ކޯޓުން އެހުކުމް ބަދަލުކުރެވޭނެކަމަށް ޔާމީން އަދިވެސް ގަބޫލުފުޅުކުރައްވައެވެ.

"އެހެންވީމާ އަޅުގަނޑުމެން މަސައްކަތް ކުރަންބޭނުންވީ އެބޭފުޅުން އެވިދާޅުވާ ގޮތަށް ބޮއިކޮޓްކުރަން ހިތްވަރެއް ހުރެއްޖެނަމަ ބޮއިކޮޓް ކުރާ ވަރަށް މަގުމަތީ ހަރަކާތް ކުރެވުނުނަމަ އަޅުގަނޑުމެންނަށް ރިވިއުއަކަށް މިކަން ގެންދެވުނީސް." އެކަން ކުރައްވަން ބޭނުންފުޅުވި ސަބަބު ހާމަކުރައްވަމުން ޔާމީން ވިދާޅުވިއެވެ.

ދެން އެއަށްފަހު ޔާމީން ވިދާޅުވީ ޖަލުގައި އޮތްއިރުވެސް އެމަނިކުފާނު މިނިވަންކުރުމަށް މުޒާހަރާތައް ކުރިޔަށް ދިޔަ ގޮތް އެނގިވަޑައިގަންނަވާކަމަށެވެ.

"އެޔަކު ނެތޭ އާރެއް. ތިމުޒާހަރާތަކަށް ނުނިކުންނަ ވެރިންވެސް އެބަތިބި. އަނެއްކާ އެއް ރޭ ނިކުތިއްޔާ އަނެއްރޭ ނުނިކުމޭ. މުޒާހަރާއަށް ނިކުންނަ ބައެއް ބޭފުޅުން ގެނެސްފައި ޕީޕީއެމް/ޕީއެންސީގެ ކޮންމެވެސް ލީޑަރަކު އެމީހަކަށް ބޭނުންވާ ކޮންމެވެސް ކަމެއް ކޮށްދީގެން އެމީހަކު މުޒާހަރާއަށް ނުނިކުންނަށް ވެސް އެބަހުރި ވިދާޅުވެފައި" ޔާމީން ވިދާޅުވިއެވެ.

ޔާމީން ދެކެވަޑައިގަންނަވާ ގޮތުގައި އެމަނިކުފާނު މިނިވަންކުރާކަށް ޕީޕީއެމް/ޕީއެންސީ ލީޑަރޝިޕުން ބޭނުމެއްނުވެއެވެ. އެކަމުގައި އިޚުލާސްތެރިކަމެއްނެތެވެ. އެހެންކަމުން ހުރިހާ ކަމެއްވެސް ކުރީ އެމަނިކުފާނު ޖަލުގައި ބަހައްޓައިގެން ޕީޕީއެމް/ޕީއެންސީ ލީޑަރޝިޕުގައި ތިއްބެވި ބޭފުޅުންނަށް ފައިދާވާނެ ގޮތަށެވެ.

މިހުރިހާ ކަމެއް ޕީޕީއެމް/ޕީއެންސީ ބޭފުޅުން ކުރައްވަމުން ގެންދެވިނަމަވެސް، ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީގެ ކެމްޕެއިންގައި އެންމެ ގަދައަށް ދެއްކި ވާހަކައަކީ ރައީސް ޔާމީން މިނިވަންކުރުމުގެ ވާހަކައެވެ. ހުރިހާ ޖަލްސާއެއްގައި ހުހަށް ހުރީ ޔާމީނަށް ޚާއްސަކުރެވިފައިވާ ގޮނޑިކޮޅެވެ. ދެއްކީ ޔާމީންގެ ސިޔާސަތުތައް ތަންފީޒުކުރައްވާނެ ވާހަކައެވެ. ކެމްޕެއިންގައި މައިގަނޑު ގޮތެއްގައި ވިއްކީ ޔާމީންގެ ވިސްނުންފުޅެވެ. ތަސައްވަރެވެ. ރިޔާސީ އެއް ވައުދަކަށް ވެސް ވީ ޔާމީން މިނިވަންކުރުމެވެ. ނަމަވެސް އެއީ ކޮންމެހެން ޔާމީން މިނިވަންކުރަން ނޫންކަން އެނގި ސާފުވަނީ އަދިކިރިޔާއެވެ. ޔާމީން ވިދާޅުވާ ގޮތަށް މަލަންގަނޑު ނައްޓާލީމަ އަދި ލައްކަ ވާހަކަތައް އަޑުއިވޭނެއެވެ.

ކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)މަގޭ ރިޕޯޓް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
07 ޑިސެމްބަރު 2025

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި
07 ޑިސެމްބަރު 2025

މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް

07 ޑިސެމްބަރު 2025
މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް
06 ޑިސެމްބަރު 2025

އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ

06 ޑިސެމްބަރު 2025
އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު