Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ ފާޑުކިޔުން ސަރުކާރަށް

ސަރުކާރުން ދަނީ ލޯކަލް ގަވަރންމަންޓް އޮތޯރިޓީ ބޭނުންކޮށްގެން ލާމަރުކަޒީ ނިޒާމު ގަނޑުބަނޑުކުރަމުން - އެމްޑީޕީ

ތިނަދޫ ސިޓީގެ ރައްޔިތުންނަށާއި ތިނަދޫ ސިޓީގެ މޭޔަރ އަދި ތިނަދޫ ސިޓީ ކައުންސިލުގެ މެމްބަރުންނަށް އެމްޑީޕީ އިން މަރުޚަބާ ކިޔާފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 31 މާރިޗު 2024 | އާދީއްތަ 12:16
ރައީސް ޑރ،މުއިއްޒު

ރައީސް ޑރ،މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީވެސް ލާމަރުކަޒީ ސިޔާސަތާ ދެކޮޅު ބީރަށްޓެހި ވިސްނުމެއް ކަމަށާއި، ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލާ ކައުންސިލްތަކަށް ލޯކަލް ގަވަރންމަންޓް އޮތޯރިޓީ ބޭނުންކޮށްގެން ލާމަރުކަޒީ ނިޒާމު ގަނޑުބަނޑުކުރަމުންދާ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

އެމްޑީޕީން އެފަދައިން ބުނެފައި ވަނީ ތިނަދޫ އަކީ ސިޓީއެއް ކަމަށް ކަނޑައެޅިގެން ދިއުމުން ތިނަދޫ ސިޓީގެ ރައްޔިތުންނަށާއި ތިނަދޫ ސިޓީގެ މޭޔަރ އަދި ތިނަދޫ ސިޓީ ކައުންސިލުގެ މެމްބަރުންނަށް އެމްޑީޕީގެ ފަރާތުން މަރުޚަބާ ކިޔާ ނެރުނު ބަޔާނެއްގައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ތިނަދޫ އަކީ ސިޓީއެއްކަމަށް ކަނޑައެޅިއެވެ. އެހެންނަމަވެސް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އެކަން ހުއްޓުވައި, ތިނަދޫ އަށް ލިބެންޖެހޭ ސިޓީއެއްގެ ދަރަޖަ ވަނީ ހިފަހައްޓާފައެވެ. އޭގެ ފަހުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނެސް ތިނަދޫ އަށް ސިޓީ އެއްގެ ދަރަޖަ ލިބޭނެ ގޮތް ހަމަޖައްސާފައެވެ.

އެމްޑީޕީން ތިނަދޫ އަށް މަރުޚަބާ ކިޔުމަށް ނެރުނު ބަޔާނުގައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ތިނަދޫ އަކީ ސިޓީއެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ކަނޑައެޅުއްވި ކަނޑައެޅުއްވުން ކުށްވެރިކޮށްފައެވެ. އަދި ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ނުދީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ހިފަހައްޓާފައިވަނީ ތިނަދޫ ސިޓީއަށް ލިބެން އޮތް ކުރިއެރުމަށް ހުރަސްއެޅުމަށާއި ލާމަރުކަޒީ ނިޒާމަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ބީރައްޓެހިކަމުން ކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގަން ފެށި ފަހުން ސިޓީއެއްގެ ދަރަޖަ ދެވިފައިވަނީ ހަމައެކަނި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރުތަކުގައި އެކަނިކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އަދި އައްޑޫ އަކީ ވަކި ސިޓީއެއްގެ ގޮތުގައި ކަނޑައެޅުނު ފަހަރުވެސް އެމްޑީޕީއާ ދެކޮޅު ސިޔާސީ ފިކުރުތައް ތިބީ ސިޓީއެއްގެ ދަރަޖަ އައްޑޫ ސިޓީއަށް ދިނުމާ ދެކޮޅަށް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު