Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާސަންދަ

ޔޫއޭއީ އަދި ތައިލެންޑުން އާސަންދައިގެ ހިދުމަތް ލިބޭނެ ތާރީހެއް އަދި ނޭނގޭ

އާސަންދައިގައި އިސްރާފުތަކެއް އެބަހުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 މާރިޗު 2024 | ބުދަ 09:38
މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑޮކްޓަރ ޢާއިޝަތު ޝިހާމް

މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑޮކްޓަރ ޢާއިޝަތު ޝިހާމް

ޔޫއޭއީ އަދި ތައިލެންޑުން އާސަންދައިގެ ހިދުމަތް ލިބޭނެ ތާރީހު އަދި ސާފު ނޫން ކަމަށާއި، ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑޮކްޓަރ ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޑޮކްޓަރ ޢާއިޝަތު ޝިހާމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު ރޮޒައިނާ ކުރެއްވި ސުވާލަކީ، ޔޫއޭއީ އަދި ތައިލެންޑުން އާސަންދައިގެ ހިދުމަތް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާއިރު، އެތަންތަނުން އާސަންދަ ލިބޭނީ ކޮންކޮން ހިދުމަތްތަކަކުންތޯ އަދި އިންޑިއާއިން ލިބެމުންދާ ހިދުމަތްތައް އެއަށްވުރެ އަގުބޮޑުކޮށް ތައިލޭންޑާއި ޔޫއޭއީއަށް ފޮނުވުމަށް ހަމަޖެހިފައިވެތޯއެވެ. މީގެ އިތުރުން މިހާރު އޮތް ބަޖެޓުން އެކަން ހަމަޖައްސަވާނަމަ ހިދުމަތް ދެވޭ މީހުންގެ އަދަދު ކިހާވަރަކަށް މަދުވެގެންދާނެތޯއެވެ.

މިސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ވީހާވެސް އަވަަހަކަށް އެ ހިދުމަތް ފެށުމަށް ކަމަށެވެ. ނަމަވެސް ސީދާ ތާރީހެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.

މެންބަރު ރޮޒައިނާގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ދެއްކެވި ވާހަކައާއި ގުޅިގެން މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވުމުން މިނިސްޓަރު ވިދާޅުވީ ޔޫއޭއީއާއި ތައިލެންޑުުން ބޭސްކުރުމަށް އާސަންދަ ހަމަޖެއްސުމަށްޓަކައި މިހާރުު ކުރަމުން އަންނަނީ ދިރާސާ މަސައްކަތްތައް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އާސަންދަ ފަދަ ބޭސްވަރުވާގެ ކަންކަމާއި ގުޅޭ މަސައްކަތެއް ކުރާ އިރު އެންމެ މުހިއްމީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތަކަށް ކުރެއްވުން ކަމަށެވެ. އަދި ދިރާސާގެ މަސައްކަތް ކުރަމުން އަންނަ އިރު އެކަން ވީހާވެސް އަވަހެއް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އާސަންދަ ނިޒާމް މިހާރު ހުރިގޮތުން ވަރަށް ބޮޑު އިސްރާފުތަކެއް ހުރިކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މިދިޔަ އަހަރު މުޅި އާސަންދަ ސްކީމަށް 1 ބިލިއަން ރުފިޔާ ބަޖެޓް ކުރިނަމަވެސް އަހަރު ނިމުނުއިރު 2.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އާސަންދަ ހިދުމަތް ފުޅާކުރައްވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހުއެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

24 ފެބުރުއަރީ 2017
އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު
20 ފެބުރުއަރީ 2017

ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި

20 ފެބުރުއަރީ 2017
ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި
20 ފެބުރުއަރީ 2017

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ
16 ފެބުރުއަރީ 2017

ރަސްމީ ދަތުރުފުޅެއްގައި ޖެނެރަލް ޝިޔާމް ޔޫއޭއީއަށް ވަޑައިގެންފި

16 ފެބުރުއަރީ 2017
ރަސްމީ ދަތުރުފުޅެއްގައި ޖެނެރަލް ޝިޔާމް ޔޫއޭއީއަށް ވަޑައިގެންފި
13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު