Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ހަރުގެ ޖަލްސާ

މި ސަރުކާރު އައުމާއި އެކު ރައްޔިތުންގެ ޖީބުތައް ހުސްވެ، ރައްޔިތުން ނިކަމެތި ވެއްޖެ: ނާޒިލް

1 އޯގަސްޓު 2025 | ހުކުރު 14:28

މި ސަރުކާރު އައުމާއެކު ރައްޔިތުންގެ ޖީބުތައް ހުސްވެ ރައްޔިތުން ނިކަމެތިވެއްޖެ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 1 އޯގަސްޓު 2025 | ހުކުރު 14:28
އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަނީ

އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަނީ

މިހާރު މި އޮތް ސަރުކާރު އައުމާއި އެކު ރައްޔިތުންގެ ޖީބުތައް ހުސްވެ، ރައްޔިތުން ނިކަމެތިވެއްޖެ ކަމަށާއި މިހެން ކަންކަން ވަމުންދާއިރުގައި ބަލަން ތިބެގެން ނުވާނޭ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ މިހާރު ހުންނެވި ނާގާބިލް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަބަބުން ގައުމު މި ދަނީ ދުވަހަކަށް ވުރެ ދުވަހެއް ދަށަށް ކަމަށާއި މިއަދު މިގޮތަށް ގައުމު ދާން ދޫކޮށްލައިގެން ތިބެއްޖެ ނަމަ މާދަމާ ރައްޔިތުން ކުރަން ޖެހޭ ހިތާމައާއި އުފުލަން ޖެހޭ ތަކުލީފު ބޮޑުވާނޭ ކަމަށެވެ.

Advertisement - newsAdvertisement

ނާޒިލް ވިދާޅުވީ މިއަދު އޮތް ސަރުކާރު ވެރިކަމަށް އައި ފަހުން ގައުމުގައި ތަކެތީގެ އަގު އަތްނުފޯރާ ހިސާބަށް މައްޗަށް ގޮސް ރައްޔިތުންޖެ ޖީބުތައް މުޅިން ހުސްވެ، ރައްޔިތުން ނިކަމެތި ވެއްޖެ ކަމަށެވެ. އަދި މިގޮތަށް ކަންކަން ވަމުން ދާއިރުގައި ބަލަން ތިބެވެން ނެތް ކަމުގައި އޭނާ ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ މިއަދު ރައްޔިތުންގެ ޖީބުތައް ހުސްވީ ކީއްވެތޯ ވިސްނާލާއިރުގައި އެކަން އެގޮތަށް ދިމާވެފައި ވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މި ސަރުކާރު ވެރިކަމަށް އައިރު އެ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގެ ބާކީ ހުރި ލާރިކޮޅު އަމިއްލަ ބޭނުންތަކަށް ބޭނުން ކޮށް ހުސްކޮށްލުމުން ކަމަށެވެ. އަދި އޭގެ ފަހުން އޭރު އޮތް މަޖިލީހުން 6.5 ބިލިއަން ރުފިޔާގެ ބަޖެޓަށް އިތުރުކޮށްދީފައިވާ ކަމަށާއި ނަމަވެސް އެ ލާރިކޮޅުވެސް ހުސްކޮށްލާފައިވާ ކަމަށް ނާޒިލް ވިދާޅުވިއެވެ.

" 2023 ވަނަ އަހަރު ނޮވެމްބަރު މަހު މި ސަރުކާރު ހަވާލުވި ދުވަހު، އޭރު ބަޖެޓުގައި ހުރި ލާރިކޮޅު، އެއީ 2023 ވަނަ އަހަރުގެ ބާކީ އޮތް ދުވަސްތަކަށް ހުރިލާރި. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުން އަނެއްކާ ވެސް 6.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ހަމަ 2023 ވަނަ އަހަރުގެ ބަޖެޓަށް އިތުރުކޮށް ދިނީ، އޭރަށް ވެސް 2023 ވަނަ އަހަރަށް އެ ލިބުނީ ގާތްގަނޑަކަށް 12.8 ބިލިއަން ރުފިޔާވަރު، އެވެސް ހުސްކޮށްލީއޭ.
އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް

ނާޒިލް ވިދާޅުވީ މި ސަރުކާރުން އެ ފައިސާތައް ހުސްކުރީ ޑްރޯން ގަތުމާއި، މުޅިއާގޭގެ ބޭރު ފާރުގައި ކުލަލުމާއި ރައީސްގެ އަނބިކަނބަލުންނަށް ކަރޯކޭ ސިސްޓަކެއް ގަތުމުގެ އިތުރުން ސަރުކާރުގެ ވަޒީރުންނަށް ކާރު ގަތުމަށް ކަމަށެވެ.

މިކަމުގެ ތަފްސީލްތައް ދެއްވަމުން ނާޒިލް ވިދާޅުވީ މި ސަރުކާރުން ޑްރޯން ގަތުމަށް ވެސް 38 މިލިއަން ޑޮލަރު، މުޅިއާގޭގެ ވަށާ ފާރުގައި ކުލަލުމަށް 16 މިލިއަން ރުފިޔާ، އަދި ރައީސްގެ އަނބިކަނބަލުންގެ ކަރޯކޭ ސިސްޓަމު ގަތުމަށް ވެސް އެތައް ފައިސާ އެއް އަދި ވަޒީރުންގެ ކާރު ގަތުމަށް 147 މިލިއަން ދިވެހި ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށެވެ.

ނާޒިލް ވިދާޅުވީ ރައްޔިތުންގެ ޖީބުތަކަށް އެއްވެސް ލުޔެއް ނުލިބޭ ގޮތަށް، ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުކުރާ ގޮތަށް މި ސަރުކާރުން ބަޖެޓު ހުސްކޮށްލާފައި ވާއިރުގައި މިއަދު ރައްޔިތުންނަށް ކުރިމަތިވެފައި މިވަނީ މީގެން ދުވަހަކުވެސް ކުރިމަތި ނުވާފަދަ ނިކަމެތިކަމެއް ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް