Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ރޯދަ ވީއްލުން

ރޯދަވީއްލާ ގަޑިޖެހެނީ... ބަދިގެއިން ސުފުރާ މައްޗާ ހިސާބަށް ދެވޭއިރު ތަށީގަ އެއްޗެއް ހުރޭތަ؟

އެ ރާސްތާ ކަޑައްތު ކުރަން ޖެހެނީ ކްރޮސޯންޓްއެއްގެ އިތުރުން ކޮފީ ފުރާ ހުރި ޖޯޑަކާއި ފެން އަޅާފައިވާ ތައްޓެއް، ތަބަކަކަށް ލައިގެން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 26 މާރިޗު 2024 | އަންގާރަ 17:22
ވެއިޓަރުންގެ ރޭސް ކާމިޔާބު ކުރި ފަރާތްތަކަށް، އެންމެ ފެންވަރު ރަނގަޅު ތަންތަނުގެ ކެއްކުމާއި ކެއުންތައް ތަޖުރިބާ ކުރުމުގެ ވައުޗަރުތަކާއި، ޕެރިސް އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވާނެ

ވެއިޓަރުންގެ ރޭސް ކާމިޔާބު ކުރި ފަރާތްތަކަށް، އެންމެ ފެންވަރު ރަނގަޅު ތަންތަނުގެ ކެއްކުމާއި ކެއުންތައް ތަޖުރިބާ ކުރުމުގެ ވައުޗަރުތަކާއި، ޕެރިސް އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވާނެ

ރަމަޟާން މަހުން ދުވަހެއްގެ އިރުއޮއްސޭ ވަގުތު ޖެހެމުން ދާ ވަރަކަށް، މަގުތައް މަތީގެ ކާރޫބާރޫ ބޮޑުވާ ފަދައިން، ގޭތެރޭގެ ހަލަބޮލިކަންވެސް އިތުރުވެއެވެ. ވަކިން ހާއްސަކޮށް ބަދިގެ ފަރާތާއި ކާގެއާ ދެމެދުގައެވެ. އަދުގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައި ވާ ބޮޑު ބަދަލާއެކު، ބަދިގެއާއި ގާކެއާއި ފެންޑާއާއި މި ހުރިހާ ތަނެއް އެއް ފުރާޅެއްގެ ދަށުގައި ހުއްޓެއް ކަމަކު، މި ދެންނެވި ވަގުތަކީ ރޯދަ ވީއްލާ ގަޑިޖެހެން ވާ އިރަށް، އެމީހަކަށް ވީ ވަރަކުން ސުފުރާ މަތި ފަޅުފިލުވަން އެންމެ އަތްމަތި އަވަސްކޮށްލާ ގަޑިއެވެ.

އެހެން އުޅޭ އުޅުމުގެ ތެރޭގައި ކަރުނަ ކީއްކުރަންހެއްޔެވެ، ނޭވާ ހިފަހައްޓާލަންޖެހޭ އެތައް ހިނދުކޮޅެއް އާދެއެވެ. އަވަދިނެތި އުޅެމުން އެހާ ބުރަ މަސައްކަތުން ތައްޔާރުކުރި ކާ އެތިކޮޅު، ބަދިގެއިން ކާމޭޒަށް ގެންދިއުމަށް އެ ކުރާ ދަތުރަކީ ރާސްތާގެ ގޮތުން ކިތަންމެ ކުރު ދަތުރަކަށް ވީ ނަމަވެސް، ވަރަށް ހައްސާސް ދަތުރަކަށް އޮންނަނީ ވެފައެވެ. އެއީ އެންމެ 3 މީހުން ދިރިއުޅޭ ތަނަކަށް ވިއަސް، އެކަކު އަނެކަކާ މުޑިއަރާ ގޮތްވެއެވެ. އަތުގައި ހުރި އެއްޗެއް ދޫވާ ފަހަރު އާދެއެވެ. ގިނަ ބަޔަކު އެއް ތަނެއްގައި ދިރިއުޅޭނަމަ އެ ނުރައްކާ އަދި ވަކިން ބޮޑުވެއެވެ. ކާބޯތަކެތި އުފުލުމަކީ ޚާއްޞަ ހުނަރެއް ލިބިގެން ނޫނީ ނުކުރެވޭނެ ކަމެކޭ ދަންނަވަން ޖެހެނީ އެހެންވެއެވެ.

ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހަކީ، މި ދެންނެވި ގޮތަށް، އެއްތަނުން އަނެއް ތަނަށް ކާބޯތަކެތި އުފުލުމަކީ ކިހާ ވަރެއްގެ ކަމެއްކަން އަންގައިދޭ ޒަމާންވީ ރޭހެއް ބާއްވަމުން އަންނަ ސިޓީއެކެވެ. ކެވޭ ހާލަތުގައި އެއްތަނުން އަނެއް ތަނަކަށް ކާބޯތަކެތި އުފުލުމުގެ ޒިންމާ، ދުވާލަކު އެތައް ގަޑިއިރަކަށް އުފުލަމުން ދާ ވެއިޓަރުން ބައިވެރިވާ މި ރޭހަކީ ފިސާރި ފޯރިގަދަ ރޭހެކެވެ.

މަރޗް 24 ވީ އާދީއްތަ ދުވަހަކީ ފަރަންސޭސިވިލާތުގެ މަގުތަކުގައި، 13 އަހަރުގެ މެދުކެނޑުމަކަށްފަހު މި ރޭސް ކުރިއަށް ގެންދިޔަ ދުވަހެއެވެ. ކެފޭތަކުގައި މަސައްކަތް ކުރާ ވެއިޓަރުންގެ ހުނަރު ދައްކާލުމަށް ކުރިއަށް ގެންދިޔަ އެ ހަރަކާތަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.

ޕެރިހުގެ އެކި ހިސާބުތަކުގައި މަސައްކަތް ކުރާ 200 އެއްހާ ވެއިޓަރުން ބައިވެރިވި ރޭސް އިންތިޒާމް ކޮށްފައި ވަނީ 2 ކިލޯމީޓަރުގެ ރާސްތާއަކަށެވެ. އެ ރާސްތާ ކަޑަތު ކުރަން ޖެހެނީ ކްރޮސޯންޓްއެއްގެ އިތުރުން ކޮފީ ފުރާ ހުރި ޖޯޑަކާއި ފެން އަޅާފައިވާ ތައްޓެއް، ތަބަކަކަށް ލައިގެންނެވެ.

ކިތަންމެ ކުޅަދާނަވިއަސް، ދުވުމަކީ ރޭހުގެ ގަވައިދާ ޚިލާފު  ކަމެކެވެ. ފެން ފޮދެއްގެ މިންވަރުވެސް ތަށިން ބޭރަށް އެޅިގެން ނުވާ އިރު، ތަބަކުގައި ހިފަންޖެހެނީވެސް އެއް އަތުންނެވެ.

މި ރޭސް އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ 1914 ވަނަ އަހަރުއެވެ. 2011 ވަނަ އަހަރު ރޭސް ހުއްޓާލީ، ސްޕޮންސަރުން ނުލިބިގެންނެވެ. ރޭހުގެ ކަންކަން އަލުން ފަށާފައި ވަނީ ޕެރިހުގެ ސިޓީ ކައުންސިލާއި، ފެން ކުންފުނި ގުޅިގެން 1 ލައްކަ ޔޫރޯގެ ބަޖެޓަކާ އެކުގައެވެ.

ވެއިޓަރުންގެ ރޭސް 2024 ކާމިޔާބު ކުރި ފަރާތްތަކަށް، އެންމެ ފެންވަރު ރަނގަޅު ތަންތަނުގެ ކެއްކުމާއި ކެއުންތައް ތަޖުރިބާ ކުރުމުގެ ވައުޗަރުތަކާއި، ޕެރިސް އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވާނެ ޓިކެޓްތައް ދީފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

14 މާރިޗު 2024
'ޖައްވީ ތަރުކާރީ': ސުފުރާ މައްޗަށް އައު މުއްސަނދިކަމެއް!

'ޖައްވީ ތަރުކާރީ': ސުފުރާ މައްޗަށް އައު މުއްސަނދިކަމެއް!

05 ޖެނުއަރީ 2024
ގޯޑަން ރެމްޒީއާއި ޖޭމީ އޮލިވަރ ފަދަ ކައްކާއިންގެ ޑިޝްތައް ވަގުތުން ވަގުތަށް ސުފުރާ މައްޗަށް ގެނެސްދޭ "ގާމާޝެފް"!

ގޯޑަން ރެމްޒީއާއި ޖޭމީ އޮލިވަރ ފަދަ ކައްކާއިންގެ ޑިޝްތައް ވަގުތުން ވަގުތަށް ސުފުރާ މައްޗަށް ގެނެސްދޭ "ގާމާޝެފް"!

11 ފެބުރުއަރީ 2023
ޕްރިންޓްކުރި "އެއްގަމު މަސް": ސުފުރާއަށް އައު ތަޖުރިބާއެއް!

ޕްރިންޓްކުރި "އެއްގަމު މަސް": ސުފުރާއަށް އައު ތަޖުރިބާއެއް!

15 އޮކްޓޯބަރު 2022
ޘަޤާފީ ހެދުމުގައި 90 އަށްވުރެ ގިނަ ގައުމުގެ ޘަޤާފީ ސުފުރާ ޓިކްޓޮކަށް

ޘަޤާފީ ހެދުމުގައި 90 އަށްވުރެ ގިނަ ގައުމުގެ ޘަޤާފީ ސުފުރާ ޓިކްޓޮކަށް

08 ޖުލައި 2022

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު