Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރޯދައަށް ހަނދު ބެލުން

ރޯދައަށް ހަނދު ބެލުން 10 މާރިޗްގައި

ކަލަންޑަރު ބުނާގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ 11 މާރިޗް 2024

އަމްނާ އިމާދު
އަމްނާ އިމާދު | 25 ފެބުރުއަރީ 2024 | އާދީއްތަ 11:49
ހަނދު

ހަނދު

ފާއިތުވި އަހަރު ތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށް ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުން 10 މާރިޗް ވާ އާދީއްްތަ ދުވަހު ކުރިއަށް ގެންދަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފިއެވެ.

ޑީޖޭއޭއިން ބުނީ ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށް މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައިނަމަ، މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިމަތީގައި ކަމަށާއި، އަތޮޅު ތެރޭގެ ރަށެއްގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިމަތީގައި ކަމަށެވެ. އަދި މެޖިސްޓްރޭޓެއް ގާއިމުގެ ނެތް ރަށެއްގައިނަމަ، އެ ވަގުތަކު އެ ރަށުގެ ރަށު ކައުންސިލްގެ އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި އިސް ވެރިއެއްގެ ކުރި މަތީގައި ކަމަށް ޑީޖޭއޭއިން ބުނެއެވެ.

ޑީޖޭއޭއިން ބުނީ ހަނދު ފެނިގެން އެ މައުލޫމާތު ދޭއިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މި ނޫން ވެސް މިފަދަ މުހިންމު މައުލޫމާތު ދޭންޖެހޭ ކަމަށެވެ.

މީގެ އިތުރުން ޑީޖޭއޭއިން ބުނީ ރަމަޟާން މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން 10 މާރިޗް 2024 ވާ އާދިއްތަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން އެ ޑިޕާޓްމަންޓްގެ އިތުރުން ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެ ކަމަށެވެ.

އެހެންކަމުން މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީހައި އަވަހަކަށް މާލޭގައިނަމަ، ޑީޖޭއޭއަށް، ރަށްރަށުގައިނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، އަދި މެޖިސްޓްރޭޓަކު ގާއިމުވެ ނެތް ރަށެއްގައިނަމަ އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށް ހާޒިރުވެ ހަނދާބެހޭ މައުލޫމާތު ދިނުމަށް އެދިފައިވެއެވެ.

ހެކިބަސް އަދާކުރުމަށް އައުމާއި، ދިއުމުގެ ޚަރަދު ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. 

ކަލަންޑަރު ބުނާގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ 11 މާރިޗް 2024 އެވެ.

އިތުރަށް ކިޔާލަން

13 ޖޫން 2018

މިއަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުން މިރޭ

13 ޖޫން 2018
މިއަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުން މިރޭ
15 މެއި 2018

ރޯދަ މަހަށް ހަނދު ބެލުން

15 މެއި 2018
ރޯދަ މަހަށް ހަނދު ބެލުން
05 ނޮވެމްބަރު 2017

ރައީސްގެ އެކައުންޓަށް ޑޮލަރު ނުވަންނަކަމަށް ވިދާޅުވި ހަނދުމަ ޕްރެސް ސެކްރެޓަރީ ނެތް!

05 ނޮވެމްބަރު 2017
ރައީސްގެ އެކައުންޓަށް ޑޮލަރު ނުވަންނަކަމަށް ވިދާޅުވި ހަނދުމަ ޕްރެސް ސެކްރެޓަރީ ނެތް!
15 އޯގަސްޓު 2017

ރައީސް ޔާމީންގެ ވާހަކަތަކުގެ މައްސަލަ އަދި މުއައްސަސާތަކުން ކޮރަޕްޝަނުގެ މައްސަލަތައް ބެލުން ލަސްކުރާ މައްސަލަ ބަލަން މާދަމާ ހުށަހަޅަނީ!

15 އޯގަސްޓު 2017
ރައީސް ޔާމީންގެ ވާހަކަތަކުގެ މައްސަލަ އަދި މުއައްސަސާތަކުން ކޮރަޕްޝަނުގެ މައްސަލަތައް ބެލުން ލަސްކުރާ މައްސަލަ ބަލަން މާދަމާ ހުށަހަޅަނީ!
07 އޯގަސްޓު 2017

ހަނދުކޭތަ ހިފައިފި، އެންމެ ބޮޑަށް ހިފާނީ 23:20 ގައި

07 އޯގަސްޓު 2017
ހަނދުކޭތަ ހިފައިފި، އެންމެ ބޮޑަށް ހިފާނީ 23:20 ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު