Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކަދުރު ނުއަގުގައި ވިއްކުން

"ގިނަ ފަހަރަށް ކަދުރު ވިއްކަނީ ނު އަގުގަ"

މިދިޔަ 2 އަހަރެއްހާ ދުވަހަކީ މިޞްރުގެ ބާޒާރުތަކުގައި، ޟަރޫރީ ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުން ދިޔަ ދުވަސްތަކެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 14 މާރިޗު 2024 | ބުރާސްފަތި 17:04
މިޞްރުގެ ވެރިކަން ކުރާ ޤާހިރާގައި ކުރިއަށް ގެންދާ ކަދުރު ފެސްޓިވަލުގެ މިއަހަރުގެ ހަރަކާތް ކުރިއަށް ގެންދިޔައީ ފެބުރުއަރީ 28 އިން މަރޗް 5 ވަނަ ދުވަހުގެ ނިޔަލަށް

މިޞްރުގެ ވެރިކަން ކުރާ ޤާހިރާގައި ކުރިއަށް ގެންދާ ކަދުރު ފެސްޓިވަލުގެ މިއަހަރުގެ ހަރަކާތް ކުރިއަށް ގެންދިޔައީ ފެބުރުއަރީ 28 އިން މަރޗް 5 ވަނަ ދުވަހުގެ ނިޔަލަށް

ރަމަޟާން މަހަކީ އަހަރެމެން މުސްލިމުންގެ ކެއިންބުއިމުގެ އާދަތަކަށް ބޮޑު ބަދަލެއް އަންނަ ދުވަސްވަރެކެވެ. ކާބޯތަކެތީގެ ބާޒާރަށް ނަޒަރު ހިންގާއިރު، ރަމަޟާން މަހާ ދިމާކޮށް އެ ބާވަތަކަށް އެންމެ ގިނަ ބަޔަކު ޑިމާންޑް ކުރާ އެކައްޗަކަށް ވެފައި އޮންނަނީ ކަދުރެވެ. ހިނގަމުން މިދާ 1445 ވަނަ އަހަރުގެ ރަމަޟާން މަހާ މުސްލިމު އުއްމަތް ބައްދަލު ކުރާ މި ދަނޑިވަޅަކީ މެދުއިރުމަތީގެ މަސްރަޙު އިންތިހާއަށް ހަލަބޮލިވެ، ހާސްކަމާއި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެކެވެ. ދުނިޔޭގެ ބާޒާރުތަކުގައި ތަކެތީގެ އަގުތައް، އޭގެ އެންމެ އިންތިހާއަށް އުފުލިފައި ވާ ދަނޑިވަޅެކެވެ. މިޞްރުގެ ކަދުރު ބާޒާރުންވެސް ފެންނަނީ ހަމަ އެ މަންޒަރެވެ. އިވެނީ ހަމަ އެ އަޑުތަކެވެ.

މިޞްރުގެ ބާޒާރުތަކުގައި ކަދުރުގެ އަގު ބޮޑުވެފައި ވާ އިރު، އެ ޤައުމުގެ އެތައް ބަޔަކަށް ވަނީ ކަދުރު ގަތުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. ކަދުރަކީ ރަމަޟާން މަހުގެ ސުފުރާ މަތީގައި އެންމެ ތިޔާގި އެއް ބާވަތަށް ވީ ނަމަވެސް، އަދުގެ ޙާލަތު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.

މިޞްރުގެ ވެރިކަން ކުރާ ޤާޚިރާގައި ކުރިއަށް ގެންދާ ކަދުރު ފެސްޓިވަލުގެ މިއަހަރުގެ ހަރަކާތް ކުރިއަށް ގެންދިޔައީ ފެބުރުއަރީ 28 އިން މަރޗް 5 ވަނަ ދުވަހުގެ ނިޔަލަށެވެ. ފެސްޓިވަލަށް ވިޔަފާރި ކުރަން ދިޔަ ގިނަ ބަޔަކު ވަނީ، އުފުލެމުން ދާ އަގުތަކާ މެދު ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި މި ފަހަރު ކަދުރު ގަންނަ މިންވަރު މަދު ކޮށްފައި ވާނެ ކަމަށްވެސް އެމީހުން ބުނެއެވެ.

މިދިޔަ 2 އަހަރެއްހާ ދުވަހަކީ މިޞްރުގެ ބާޒާރުތަކުގައި، ޟަރޫރީ ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުން ދިޔަ ދުވަސްތަކެކެވެ. މިދިޔަ ސެޕްޓެމްބަރު މަހަކީ އަގުތައް އުފުލުމުގެ ރެކޯޑެކެވެ. މިޞްރުގެ ބާޒާރުތަކުގައި ތަކެތީގެ އަގުތައް އުފުލުނު ނިސްބަތް ނުވަތަ އިންފްލޭޝަން ރޭޓް ވަނީ 38 ޕަސެންޓަށް އަރާފައެވެ. އިޤްތިޞާދީ ކުރިއެރުމުގެ ދުވެލި އޮތީ މަޑުޖެހިފައެވެ. ދިރިއުޅުމުގެ ފެންވަރު އިންތިހާއަށް ދަށަށް ގޮސްފައި ވާ ކަމުގެ ޝަކުވާގެ އަޑު ކަނޑައިގެން ނުދާ ފަދައެވެ.

ހުސްވި ހަފުތާގައި މިޞްރުން ވަނީ ބައިނަލްއަޤުވާމީ މާލީ އިދާރާ (އައިއެމްއެފް) މެދުވެރިކޮށް ހޯދާ އެހީގެ މިންވަރު، 8 ބިލިއަން ޑޮލަރަށް އިތުރު ކުރާ އެއްބަސްވުމެއް އެކުލަވާލާފައެވެ. އެއްބަސްވުން އެކުލަވާލީ، މިޞްރު ފައިސާގައި އެޅިފައި އޮތް ކަސްތޮޅު ނައްޓާ، 600 ބޭސިސް ޕޮއިންޓަށް ރޭޓް މަތިކުރުމަށް މިޞްރުގެ މަރުކަޒީ ބޭންކުން ނިންމިތާ ގަޑިއިރުތަކެއް ފަހުންނެވެ. މަރުކަޒީ ބޭންކުގެ ނިންމުމަކީ އިޤްތިޞާދު ހަމަ މަގަކަށް އެޅުވުމުގެ މަޤްޞަދުގައި ނިންމުމެކެވެ.

މިޞްރު ފައިސާގެ އަގު ވަނީ ރެކޯޑް މިންވަރަކަށް ދަށްވެފައެވެ. ޑޮލަރަށް 49.5 މިޞްރު ޕައުންޑްގެ ރޭޓަށް ވެއްޓިފައެވެ. ކުރީގެ ރެކޯޑްތަކަށް ބަލާއިރު ޑޮލަރަކަށް ޖެހިފައިވާ އެންމެ ދަށް ރޭޓަކީ 30.85 މިޞްރު ޕައުންޑެވެ. އެއީ އެ ރޭޓެއް ދިފާޢު ކުރުމަށް މިޞްރުން އެތައް މަހެއް ވަންދެން މަސައްކަތް ކުރި ރޭޓެކެވެ.

އިޤްތިޞާދެއްގެ ބިންގާ ގުޑުގުޑު އަޅަން ހިސާބުން، އެތަނެއްގައި ކަޅުބާޒާރެއް އުފެދި ނިދިއުން ނާދިރެވެ. މިޞްރުގައިވެސް ކަން އޮތީ އެކަހަލަ ގޮތަކަށެވެ. ރަމަޟާން މަހާ ދިމާކޮށް، ގިނަ ބާވަތްތަކެއް އަގު ބޮޑު ކޮށްފައި ވަނީ އިންތިހާއަށެވެ. ކަޅުބާޒާރެއް އުފުދިފައި އޮތުމުގެ ސަބަބުން، ޑޮލަރަކަށް 60 އާއި 70 ދެމެދު ޢަދަދަކަށް މިޞްރު ޕައުންޑު ޚަރަދުކޮށްގެން ނޫނީ އެއްޗެއް ގަނެވޭ ނުވެފައިވެސް އެބަ ހުއްޓެވެ.

މިޞްރު ފައިސާގެ އަގު ދަށް ކުރި ކުރުމުގެ އަސަރުތައް އަދި އޮތީ ފެންނަން ކަމަށާ، ކުރިއަށް އޮތް ދުވަސްތަކުގައި އެކަމަކު އަސަރުތައް ފެންނަން ފަށާނެކަން، އެނަލިސްޓުން ވަނީ ލަފާކޮށްފައެވެ.

ކަދުރުރަމަޟާންދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ސައޫދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި

ސައޫދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި

12 ޑިސެމްބަރު 2024
ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު