Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ކޮސޯވޯގެ މަސްރަހު

އަމީންގެ ރޯދަވީއްލުން ބިމުގެ 800 މީޓަރު އަޑީގައި!

އިންތިހާ ގަދަ ހޫނުގައި، އެހާ ގިނަ ވަގުތަށް ދެމިގެންދާ ޝިފްޓެއްގައި ޑިއުޓީ އަދާ ކުރަމުން ދަނީ ބިމުގެ 800 މީޓަރު އަޑީގައި، ނުވަތަ 2625 ފޫޓު އަޑީގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 23 މާރިޗު 2024 | ހޮނިހިރު 06:29
އަމީން ޙަސާނީ؛ ކޮސޯވޯގައި މައިންކުރާ މީހެއް

އަމީން ޙަސާނީ؛ ކޮސޯވޯގައި މައިންކުރާ މީހެއް

މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ޤައުމެއް ކަމަށް ވާ ކޮސޯވޯގެ މަސްރަހުން، ވަރަށް އާދަޔާ ޚިލާފު ކަމަކަށް ބަލައިލަމާ ހިނގާށެވެ. ދައްކަން މި އުޅެނީ އެތައް ސަތޭކަ ބައެއްގެ ވާހަކައެވެ. ކޮސޯވޯގެ ދައުލަތުގެ މިލްކުވެރިކަމުގެ ދަށުގައި އޮންނަ ލެޑް، ޒިންކް އަދި ރިހީގެ މައުދަން ނަގާ މައިންތަކުގައި މަސައްކަތް ކުރާ މީހުންގެ ވާހަކައެވެ.

ބިމު އަޑި ކޮނެގެން، އަގުބޮޑު އެތައް މައުދަނެއް ނެގުމަށް ކުރާ މަސައްކަތަކީ ފަހަރެއްގައިވެސް ހައްޓަށް ލުއި މަސައްކަތެއް ނޫނެވެ. ފުރާނައަށްވެސް އެހާމެ ނުރައްކާތެރި މަސައްކަތެއްވެސްމެއެވެ. ވައިގެ ތެތްކަން (ހިއުމިޑިޓީ) ނުވަތަ އެތަނެއްގެ ތެރޭގައި އާތްވަށް ވެފައިވާ ފެނުގެ މިންވަރު އިންތިހާއަށް އިތުރު ވެއްޓެއްގައި މަސައްކަތް ކުރާ އިރު، މަސައްކަތު މާޙައުލުގެ ފިނިހޫނުމިން ބައެއް ފަހަރު 40 ޑިގްރީ ސެލްސިއަސްއާ ގާތް ކުރާ މިންވަރަށްވެސް މައްޗަށް ދެއެވެ.

އިންތިހާ ގަދަ ހޫނުގައި، އެހާ ގިނަ ވަގުތަށް ދެމިގެންދާ ޝިފްޓެއްގައި ޑިއުޓީ އަދާ ކުރަމުން ދަނީ ބިމުގެ 800 މީޓަރު އަޑީގައެވެ. ނުވަތަ 2625 ފޫޓު އަޑީގައެވެ. ކޮސޯވޯގެ އުތުރުގެ ސްޓެންޓަރގްގައި އޮންނަ ޓްރެޕްކާ މައިންގައި މަސައްކަތް ކުރާ އެކަކީ އަމީން ޙަސާނީއެވެ. މަސައްކަތުގައި އުޅުނެއް ކަމަކު، ފަހަރެއްގައިވެސް ރޯދައެއް ދޫކޮށް ނުލައެވެ. ރޯދާ ވީއްލާ ގަޑި ބަލަނީ، ބިންމަތީގައި ތިބި މީހުންނަށް އިރު އޮއްސޭ ގަޑިއަށް ބަލައިގެންނެވެ.

މައިން ތެރޭގައި ހަދާފައިވާ ވަގުތީ އޮފީހެއްގައި ހުރި ކުޑަކުޑަ މޭޒެއްގެ ދޮށުގައި ޖަމާވެ އެ ތިބީ އެކުގައި މަސައްކަތް ކުރާ 4 މީހެކެވެ. ރޯދަ ވީއްލަން މިއަދު ހުރީ ކަދުރާއި، ޔޯގަޓް، އަސާރަ އަދި ޗީޒްގެ އިތުރުން ހަކުރު އެޅި ކަޅުސަޔެވެ. އެކަކު އަނެކަކާ އެކި ކަހަލަ ކާބޯތަކެތި ހިއްސާ ކުރަމުން، ރޯދަ ވީއްލާ ވަގުތަކީ އުފާވެރި ވަގުތެއް ކަމުގައި ހަދައެވެ. ފަހަރެއްގައިވެސް ކުޅިވަރާއި ސަކަރާތުގެ ތެރެއަށް ގެނބިދަނީ އެއް ނޫނެވެ. އަމީން ކިޔައިދިން ގޮތުގައި، މައިންގެ ފުނަށް ފައިބަމުން ދާ ވަރަކަށް، މާތް ﷲއާ ގާތް ވާ ކަމުގެ އިޙްސާސް އޭނާއަށް ކުރެއެވެ.

ހަމަ އެ މައިންގައި މަސައްކަތް ކުރާ ފަހުމީގެ ވާހަކަތައްވެސް ހުރީ ހަމަ އެފަދަ ގޮތަކަށެވެ.

1970 އާއި 80ގެ އަހަރުތަކުގައި ޓްރެޕްކާގައި 22000 އެއްހާ މުވައްޒަފުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، މިއަދު، ޓްރެޕްކާގެ މައިންތަކާއި އެނޫންވެސް ފެސިލިޓީތަކުގައި މަސައްކަތް ކުރަނީ އެންމެ 3000 އަކަށް މުވައްޒަފުންނެވެ. 1970 އާއި 80ގެ އަހަރުތަކުގައި، ކޮސޯވޯގެ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ)ގެ 3 ބައިކުޅަ 2 ބައިވެސް ހިއްސާ ކުރަނީ ޓްރެޕްކާއިންނެވެ. ނަމަވެސް އަދުގެ ޙާލަތު މުޅިން ތަފާތެވެ. މަޢުދަނުގެ އަގު ދަށްވުމާއި އުފެއްދުންތެރިކަން ދަށްވުމުގެ ސަބަބުން، ކުންފުނި އޮޕަރޭޓް ކުރަން ހިނގާ ޚަރަދުތައް ފޫބައްދަން ދަތިވެ، ސަރުކާރުގެ ސަބްސިޑީ ހޯދަން ވަނީ މަޖުބޫރުވެފައެވެ.

ޓްރެޕްކާގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ)، ބަޝްކިމް ކުރްތީ ދިރިއުޅެނީ މައިންއާ މާ ދުރު ނޫން ހިސާބެއްގައި އޮންނަ މިޓްރޮވީޗާ ސިޓީގައެވެ. ބެޝްކިމް ބުނި ގޮތުގައި އޭނާ މިހާރުވެސް އޭނާ ދަނީ 20 މިލިއަން ޔޫރޯ ނުވަތަ 21.68 މިލިއަން ޑޮލަރުގެ ލޯނެއް ހޯދުމަށް، ކޮސޯވޯ ސަރުކާރާ ވާހަކަދައްކަމުންނެވެ. އެ ލޯނަކީ މައިންތަކުގައި މަސައްކަތުގެ ވެއްޓަށް އިސްލާހީ ބަދަލުތަކެއް ގެނެސް، އުފެއްދުންތެރިކަން އިތުރު ކުރުމަށް ހޯދާ ލޯނެއް ކަންވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ރަމަޟާންކޮސޮވޯ

ކޮމެންޓް

އިތުރަށް ކިޔާލަން

"ގިނަ ފަހަރަށް ކަދުރު ވިއްކަނީ ނު އަގުގަ"

"ގިނަ ފަހަރަށް ކަދުރު ވިއްކަނީ ނު އަގުގަ"

14 މާރިޗު 2024
ރައީސް މައުމޫންގެ ޚާއްޞަ ޕްރޮގްރާމް "ކީރިތި ޤުރުއާނުގެ މޫރިތި މަސް" މިރޭ 11 ޖަހާއިރު

ރައީސް މައުމޫންގެ ޚާއްޞަ ޕްރޮގްރާމް "ކީރިތި ޤުރުއާނުގެ މޫރިތި މަސް" މިރޭ 11 ޖަހާއިރު

25 މާރިޗު 2023
ރަމަޟާންމަހާ ކުރިމަތިލުމަށް ފުރިހަމަ ތައުބާއަކުން ތައުބާވޭ!

ރަމަޟާންމަހާ ކުރިމަތިލުމަށް ފުރިހަމަ ތައުބާއަކުން ތައުބާވޭ!

17 މާރިޗު 2023
ފަލަކީ ހިސާބުތަކުން ދައްކާގޮތުން، ރަމަޟާން މަހުގެ 1 ވަނަ ދުވަހަކީ މާޗް 23 - ރައީސް މައުމޫން

ފަލަކީ ހިސާބުތަކުން ދައްކާގޮތުން، ރަމަޟާން މަހުގެ 1 ވަނަ ދުވަހަކީ މާޗް 23 - ރައީސް މައުމޫން

25 ފެބުރުއަރީ 2023
މިއީ ކާބަފައިންނަށްވުރެ އީމާންތެރިކަމާއި ދީންވެރިކަން ބޮޑުވާންޖެހޭ ޒަމާނެއް

މިއީ ކާބަފައިންނަށްވުރެ އީމާންތެރިކަމާއި ދީންވެރިކަން ބޮޑުވާންޖެހޭ ޒަމާނެއް

22 އެޕްރީލު 2022

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު