Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނުގެ ނޫސްވެރިޔަކު ޝަހީދުކޮށްލުން

ފަލަސްތީނުގެ ނޫސްވެރިޔާ ސާހެރް އަކްރަމް ރަޔާން އާއި ދަރިފުޅު ޝަހީދު ކޮށްލައިފި

26 މާރިޗު 2024 | އަންގާރަ 10:38

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައަށް 171 ވަނަ ދުވަސް ފާއިތުވަމުން އަންނައިރު، ޣައްޒާގެ އާންމުންނާއި ނޫސްވެރިންނަށް ވެސް ދަނީ އަނިޔާވެރި ހަމަލާތައް ދެމުންނެވެ.

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 26 މާރިޗު 2024 | އަންގާރަ 10:38
ވަފާ ނިއުސް ޖާނަލިސްޓް ސަހެރް އަކްރަމް ރަޔާން

ވަފާ ނިއުސް ޖާނަލިސްޓް ސަހެރް އަކްރަމް ރަޔާން

ފަލަސްތީނުގެ ވަފާ ނިއުސް ޖާނަލިސްޓް ސަހެރް އަކްރަމް ރަޔާން އާއި އޭނާގެ ދަރިފުޅު ޣައްޒާގެ ހުޅަނގުގައި އިޒްރޭލުގެ އޮކިއުޕޭޝަން ފޯސަސް (އައިއޯއެފް) އިން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުކޮށްލައިފިއެވެ.

ވަފާ ނިއުސް އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހައިދަރު އަބްދުލް ޝާރީ ރައުންޑްއަބައުޓްގައި ޒަހަމްވި އަވަށްޓެރިން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި އެ މީހުންގެ ނޫސްވެރިޔާ އާއި އޭނާގެ ދަރިފުޅު އަނަސް ޝަހީދުކޮށްލާފައިވާ ކަމަށެވެ.

އެ އައުޓްލެޓުން ބުނި ގޮތުގައި ރަޔާން އަކީ ވަފާ ނިއުސް އެޖެންސީގެ އަގުހުރި މުވައްޒަފެއް ކަމަށްވާއިރު، އޭނާ އަކީ މެދުނުކުނޑި 20 އަހަރު އެ އެޖެންސީގައި މަސައްކަތް ކޮށްފައިވާ މުވައްޒަފެކެވެ.

މިނިސްޓަރު އަހްމަދު އައްސަފާއި އޮފިޝަލް މީޑިއާގެ ޖެނެރަލް ސުޕަވައިޒަރު އަދި ވަފާގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން ވަނީ ރަޔާންގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުން ޝަހީދު ކުރަމުންދާ އަދަދު ހަލުވިކަމާއެކު އިތުރުވަމުންދާއިރު، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 32،333 މީހުން ޝަހީދުވެ، 74،694 މީހުން ވަނީ ޒަޚަމްވެފައެވެ.

ނަމަވެސް ހަނގުރާމަ ކުރަމުން ދަނީ ހަމައެކަނި ޣައްޒާގެ އާންމުންނާ ދެކޮޅަށް އެކަންޏެއް ނޫނެވެ. ރަޔާން އަކީ ހަނގުރާމަ ފެށުނީއްސުރެ ވަށާލާފައިވާ އެންކްލޭވްގައި މަރުވި 95 ނޫސްވެރިންގެ ތެރޭގައި ހިމެނޭ ނޫސްވެރިއެކެވެ. 

ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) ގެ އަހަރީ ރިޕޯޓުގައި ބުނެފައި ވަނީ 2023 ވަނަ އަހަރު ޝަހީދުވި ނޫސްވެރިންގެ ތެރެއިން 75 އިންސައްތަ ނޫސްވެރިންނަކީ ޣައްޒާއާ ދެކޮޅަށް އައިއޯއެފުން ކުރަމުންދާ ހަނގުރާމައިގެ މައުލޫމާތު ރިޕޯޓްކުރާ ފަލަސްތީނު މީހުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން 2023 ވަނަ އަހަރަކީ ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި މީޑިއާތަކަށް ކުރިމަތިވި އެންމެ ނުރައްކާތެރި އަހަރަށް ވެފައިވާކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2017

ފަލަސްތީނުގެ ބޮޑު ވަޒީރު ތާރީޚީ ދަތުރުފުޅެއްގައި ގާޒާ އަށް ވަޑައިގެންފި

03 އޮކްޓޯބަރު 2017
ފަލަސްތީނުގެ ބޮޑު ވަޒީރު ތާރީޚީ ދަތުރުފުޅެއްގައި ގާޒާ އަށް ވަޑައިގެންފި
25 ސެޕްޓެމްބަރު 2017

ހަމާސް އާއެކު މަޝްވަރާކުރުމަށް ފަލަސްތީނުގެ ބޮޑުވަޒީރު ޣައްޒާ އަށް!

25 ސެޕްޓެމްބަރު 2017
ހަމާސް އާއެކު މަޝްވަރާކުރުމަށް ފަލަސްތީނުގެ ބޮޑުވަޒީރު ޣައްޒާ އަށް!
22 ޖުލައި 2017

ފަލަސްތީނުގެ ދެމީހަކު މަރާލައިފި

22 ޖުލައި 2017
ފަލަސްތީނުގެ ދެމީހަކު މަރާލައިފި
02 މެއި 2017

ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ

02 މެއި 2017
ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ
21 އެޕްރީލު 2017

ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

21 އެޕްރީލު 2017
ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
20 އެޕްރީލު 2017

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ

20 އެޕްރީލު 2017
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ
18 އެޕްރީލު 2017

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް