Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އީ-ވޭސްޓް

ބާ ފޯނުގަނޑު އެއްލާލާ ހިސާބުން އަދި އެ ނިމުނީ ނޫންކަން އެނގޭތަ؟

އީ-ވޭސްޓްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި އިންސާނީ ދަރިފަސްކޮޅު އޮތީ ބަލިވާ އަތުގައި ކަން، އދގެ ތަޖުރިބާކާރަކު ވަނީ ފާހަގަ ކުރައްވާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 26 މާރިޗު 2024 | އަންގާރަ 06:38
އިލެކްޓްރޯނިކް ވޭސްޓް ނުވަތަ އީ-ވޭސްޓްއަކީ، ޕްލަގް ނުވަތަ ބެޓެރީއެއް އެކުލެވޭ ގޮތަށް، ކުންޏަށް އެއްލާލެވޭ އެއްޗެއްހި

އިލެކްޓްރޯނިކް ވޭސްޓް ނުވަތަ އީ-ވޭސްޓްއަކީ، ޕްލަގް ނުވަތަ ބެޓެރީއެއް އެކުލެވޭ ގޮތަށް، ކުންޏަށް އެއްލާލެވޭ އެއްޗެއްހި

ދިރިއުޅުމުގެ އާދަކާދައާއި ވައްޓަފާޅިއަށް އަންނަ ބަދަލުތަކާއެކު، އަހަރެމެން ހިފާ ގެންގުޅޭ ސާމާނުތަކަށްވެސް ބަދަލު ގެންނަން އޮންނަނީ މަޖުބޫރުވެފައެވެ. އަތުގައި މާ ބޮޑު ތަނަވަސްކަމެއް ނެތަތީ ހެޔޮ އަގުގައި ގަންނަ އެއްޗެއް ދެދުވަސް ނުވެ ހަލާކުވެގެން އެއްލާލަން ޖެހޭ އިރު، އެންމެ ފަހުގެ މޮޑެލް ނޫނީ ގެންގުޅެން ބޭނުން ނުވާތީ، އަތުގައި އޮތް އެތި އެއްލާލުމަށްފަހު އައު އެއްޗެއް ގަންނަ މީހުންވެސް މަދެއް ނޫނެވެ. މި ދެ ޙާލަތުން ކުރެ ކޮންމެ ޙާލަތަކަށް ބެލި ކަމުގައި ވީ ނަމަވެސް، ކުނީގެ ގޮތުގައި އުކާލާ އެކިއެކި ސާމާނުތަކުގެ ލިސްޓަށް އެންމެ ގިނަ ޢަދަދަކަށް އިތުރު ވާ އެއް ބާވަތަކަށް ވެފައި އޮންނަނީ އިލެކްޓްރޯނިކް ވޭސްޓްއެވެ.

އިލެކްޓްރޯނިކް ވޭސްޓް ނުވަތަ އީ-ވޭސްޓްއަކީ، ޕްލަގް ނުވަތަ ބެޓެރީއެއް އެކުލެވޭ ގޮތަށް، ކުންޏަށް އެއްލާލެވޭ އެއްޗެއްސެވެ. އީ-ވޭސްޓްއަކީ ސިއްހަތާއި ތިމާވެއްޓަށް ނުރައްކާތެރި، ވިހަ އެޑިޓިވްސް ނުވަތަ މާކިއުރީ ފަދަ ނުރައްކާތެރި މާއްދާތައް ހިމެނޭ، އިންސާނާގެ ސިކުނޑިއާއި ކޯޑިނޭޝަންގެ ނިޒާމަށް ނުރައްކާ ކުރިމަތި ކުރުވުމުގެ ފުރުޞަތު ބޮޑު ބާވަތެކެވެ. ޙަޤީޤަތަކީ މިއީއެވެ. ނަމަވެސް، އީ-ވޭސްޓްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި އިންސާނީ ދަރިފަސްކޮޅު އޮތީ ބަލިވާ އަތުގައި ކަން، އދގެ ތަޖުރިބާކާރަކު ވަނީ ފާހަގަ ކުރައްވާފައެވެ.

ކީސް ބޯލްޑީއަކީ އދގެ އިންސްޓިޓިއުޓް ފޮރ ޓްރެއިނިންގް އެންޑް ރިސަރޗް (ޔުނިޓަރ)ގެ ސަސްޓެއިނަބަލް ސައިކަލްސް ޕްރޮގްރާމްގެ ސީނިއަރ ސައެންޓިފިކް ސްޕެޝަލިސްޓްއެވެ. އަދު ކަން ހިނގަމުން ދާ ގޮތަށް ބަލާއިރު، އީ-ވޭސްޓްއާ ދެކޮޅަށް އިންސާނުންނަށް ކުރިއެރުމެއް ލިބެން ނެތް ކަމަށް ބޯލްޑީ ފާހަގަ ކުރައްވާފައި މި ވަނީ، ޤައުމުތަކުން ކުނީގެ ގޮތުގައި އުކާލާ ބާ މޯބައިލް ފޯނުތަކާއި އެފަދަ އެހެން ޑިވައިސްތަކުގެ ބަރުދަން، 2030 ވަނަ އަހަރު އަންނަ އިރު، 82 މިލިއަން ޓަނަށް އަރާނެ ކަމަށް ބުނާ ރިޕޯޓްއެއް އާންމު ކޮށްފައި ވާ ދަނޑިވަޅެއްގައެވެ.

2022 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން އުފެއްދި އީ-ވޭސްޓްގެ މިންވަރަކީ 62 މިލިއަން ޓަންއެވެ. އެއީ 2010 ވަނަ އަހަރާ އަޅާ ބަލާއިރު 82 ޕަސެންޓް އިތުރު މިންވަރެކެވެ. ކުނީގެ ގޮތުގައި އުކާލާ އިލެކްޓްރޯނިކް ސާމާނުތައް އަހަރުން އަހަރަށް ދަނީ އިތުރު ވަމުންނެވެ. އެގޮތުން، އަހަރުން އަހަރަށް އީ-ވޭސްޓް އިތުރު ވާ މިންވަރު އުޅެނީ 2.6 މިލިއަން ޓަންގައެވެ. އެ ރޭޓްއިން ބަލާ ނަމަ، 2030 ވަނަ އަހަރު އަންނައިރު އީ-ވޭސްޓްގެ މިންވަރު 82 މިލިއަން ޓަންއަށް އަރާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.

ކުނީގެ ގޮތުގައި އުކާލާ އިލެކްޓްރޯނިކް ސާމާނުތައް އިތުރުވާން މަޖުބޫރު ކުރާ އެތައް ސަބަބެއް ހުރި ކަން، އދގެ ތަޖުރިބާކާރުން ވަނީ ފާހަގަ ކުރައްވާފައެވެ. އިލެކްޓްރޯނިކް ސާމާނު ބޭނުން ކުރާ މިންވަރު އިތުރު ވުމާއި، އެއްޗެއް ހަލާކުވުމުން އެ މަރާމާތު ކުރެވޭނެ ފުރުސަތުތައް މަދުވުމާއި، އިލެކްޓްރޯނިކް ސާމާނުތަކުގެ އުމުރު ކުރުވުމާއި، އީ-ވޭސްޓްގެ ކަންކަން މެނޭޖު ކުރާނެ އުމްރާނީ ވަސީލަތްތައް އެކަށީގެންވާ މިންވަރަކަށް ނެތުމަކީވެސް ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއް ކަން އދގެ ތަޖުރިބާކާރުން ވަނީ ވިދާޅުވެފައެވެ.

އީ-ވޭސްޓްގެ މައްސަލާގައި ކަންބޮޑުވާން ޖެހޭ އިތުރު ސަބަބެއްވެސް އެބަ އޮތެވެ. އެހެނީ، ކުނީގެ ގޮތުގައި އުކާލާ އިލެކްޓްރޯނިކް ބައެއް ސާމާނުތަކަކީ، ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި އުފައްދާފައި ހުންނަ އެއްޗެއްސަށް ވުމެވެ. އެގޮތުން ހަކަތަ ބޭނުން ކުރާ މިންވަރު މަދު ކުރުމަށް އުފައްދާފައިވާ ފޮޓޯވޯލްޓެއިކް ޕެނަލްތަކުގެ ހިއްސާވެސް އީ-ވޭސްޓްގައި ބޮޑު ކަމަށް ބޯލްޑީ ވަނީ ފާހަގަ ކުރައްވާފައެވެ. 2022 ވަނަ އަހަރަށް އެކަނި ބަލަމާ ހިނގާށެވެ. އެ އަހަރު އެކަނިވެސް އީ-ވޭސްޓްގެ ގޮތުގައި 600 މިލިއަން ކިލޯގެ ފޮޓޯވޯލްޓެއިކް ޕެނަލް ވަނީ އުކާލާފައެވެ. ފޫނެއް ފަޔަށް ފެން ފުރުން ނޫން ކަމެއް ވެއްޖެ ހެއްޔެވެ؟

އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން (އައިޓީޔޫ)ގެ ޑައިރެކްޓަރ އޮފް ޓެލެކޮމިއުނިކޭޝާން ބިއުރޯ، ކޮސްމާސް ލުކީސޫން ޒަވަޒަވާ ވިދާޅުވާ ގޮތުގައި، ކުނީގެ ގޮތުގައި އުކާލާ އިލެކްޓްރޯނިކް ސާމާނުގެ މިންވަރު މަދު ކުރުމުގެ ޒިންމާއަކީ، އިލެކްޓްރޯނިކް ސާމާނު އުފައްދާ ފަރާތްތަކުން އުފުލަން ޖެހޭ ޒިންމާއެކެވެ. އެގޮތުން، އިލެކްޓްރޯނިކް ސާމާނުތަކުގެ އުމުރު ކުރުމުގެ ޘަޤާފަތަށް ނިމުމެއް ގެންނަން ޖެހޭ ކަން ޒަވަޒަވާ ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަމިއްލަ އަގު ކަނޑައެޅުން: ޓެކްސީ ޑްރައިވަރުންނަށް ފިޔަވަޅު އަޅާނަމޭ ބުނުމުން އެ ނިމުނީ؟

އަމިއްލަ އަގު ކަނޑައެޅުން: ޓެކްސީ ޑްރައިވަރުންނަށް ފިޔަވަޅު އަޅާނަމޭ ބުނުމުން އެ ނިމުނީ؟

07 މާރިޗު 2022
ނުރައްކާ ފެށުނީ މޫނުމަތީގައި ޖެހި އެތިފަހަރާ ހިސާބުންތަ؟

ނުރައްކާ ފެށުނީ މޫނުމަތީގައި ޖެހި އެތިފަހަރާ ހިސާބުންތަ؟

15 އޮކްޓޯބަރު 2021
ދެވަނަ ދައުރުގައި ނިމުނީ 39.4 އިންސައްތަ މަސައްކަތް

ދެވަނަ ދައުރުގައި ނިމުނީ 39.4 އިންސައްތަ މަސައްކަތް

13 ޖުލައި 2021
ރޭޕްކޮށް އެއްލާލާފައި އޮތް ދަރިފުޅަށް މަންމަގެ ބަސް: "ދަރިފުޅާ، މިއަދު އިންސާފު ލިބިއްޖެ"

ރޭޕްކޮށް އެއްލާލާފައި އޮތް ދަރިފުޅަށް މަންމަގެ ބަސް: "ދަރިފުޅާ، މިއަދު އިންސާފު ލިބިއްޖެ"

20 މާރިޗު 2020
ހިބަޅިދޫއަށް ހަތިޔާރު ގެންދިޔުން: އެވާހަކަ ނިމުނީތަ!؟

ހިބަޅިދޫއަށް ހަތިޔާރު ގެންދިޔުން: އެވާހަކަ ނިމުނީތަ!؟

16 ފެބުރުއަރީ 2020

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު