Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަހްމޫދުގެ މަރުގެ މައްސަލަ

ނުރައްކާ ފެށުނީ މޫނުމަތީގައި ޖެހި އެތިފަހަރާ ހިސާބުންތަ؟

ތޮއްޑޫގެ ވަރަށް ގިނަ ސްކޫލު ކުދިން މަސްތުވާތެކެއްޗެއް ވެއްދުމަށް މަސައްކަތްކުރި ކަމަށް ބުނޭ

ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2021 | ހުކުރު 14:55
ޖަމްޝާދު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި،

ޖަމްޝާދު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި،

ދުވަސްތަކަކަށް ފަހު މުޅި ރާއްޖެ އަނެއްކާ ވެސް ސިއްސުވާލާފައިވަނީ އަނިޔާވެރި ގަތުލަކުންނެވެ. އދ.ދަނގެތީގައި ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ފަޅުގެއެއްގެ ވަޅެއްގެ ތެރެއިން ފެނުނީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު އަނިޔާވެރި ގޮތަކަށް މާރާލާފައި އޮތްތަނެވެ. ފަޔަށާއި، ބޮލަށް ގޯންޏެއް ލައްވާ އޭނާ އޮތީ އެކޮޅުކޮޅުން އެލުވާފައެވެ. އެވަޅުން މަހްމޫދުގެ ހަށިގަނޑު ނެގި ވަގުތު ވަރަށް ގިނަ ލޭ ފޭބި ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ. އަދި ވަރަށް ބޮޑަށް އަނިޔާކޮށްފައިވާކަމުގެ ނިޝާންތައް ފެނިފައިވާ ކަމަށް ވެސް އެމީހުން ބުނެއެވެ. މިމަރާއި ގުޅިގެން ދަނގެތީގެ ރައްޔިތުން، ތުހުމަތުގެ އިނގިލި ދިއްކުރަމުންދަނީ އެރަށަށް ގޮސް އުޅުނު ދެޒުވާނުންނަށެވެ. އެއީ 31 އަހަރުގެ މުހައްމަދު ޖަމްޝާދާއި، 20 އަހަރުގެ ސާރިހު އަލީއަށެވެ.

ދަނގެތީގެ ރައްޔިތުން ޝައްކުނުކުރަންވީ ސަބަބެއް ނެތެވެ. ޖަމްޝާދަކީ އއ.ތޮއްޑޫގެ ރައްޔިތުން ނުކުމެ އެރަށުން ބޭލި ޒުވާނެކެވެ. ޖަމްޝާދާއި ގުޅޭގޮތުން އިތުބާރު ހުރި ފަރާތަކުން ބޮޑެތި ތުހުމަތުތަކެއްކޮށް ރާއްޖެއެމްވީއަށް ބުނީ މީގެ ތިން އަހަރު ކުރިން ތޮއްޑޫގައި މަސްތުވާތެކެތީގެ ބޮޑު ވިޔަފާރިއެއް ކުރަމުން އައީ އޭނާ ކަމަށެވެ. މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން ޖަމްޝާދުމެން ގޭގައި އެކަމަށް ޚާއްސަކޮށް ބޮޑު ޖަގަހައެއް ހަދާފައިވެއެވެ. ނަމަވެސް އޭރު ޖަމްޝާދަކީ މީހުންނަށް އަނިޔާވެރިވެ، ގެތަކަށް ވަދެ، ވައްކަންކޮށް، މުދަލަށް ގެއްލުން ދީ އުޅުނު މީހެއް ނޫން ކަމަށް އެމީހުން ބުނެއެވެ. ނަމަވެސް ރަށުގެ ސްކޫލުގައި ތައުލީމު ހާސިލްކުރަމުން އައި ގްރޭޑް 8 ،9 އަދި 10 ގެ ދަރިވަރުންނަށް މަސްތުވާތެކެތި ދީ އެކުދިން އެގުރޫޕަށް ވެއްދުމުގެ މަސައްކަތްކޮށްފައިވާކަމުގެ ތުހުމަތުތައް އޭނާއަށް ކޮށްފައިވެއެވެ.

ދަނގެތީ ފިރިހެނަކަށް ތޮއްޑޫ މީހަކާ އިނދެގެން ލިބިފައިވާ ޖަމްޝާދުގެ އާއިލާއަކީ މުއްސަނދި އާއިލާއެއް ނޫނެވެ. ޖަމްޝާދު ބޮޑުވެގެން އައީ ބައްޕައެއްގެ ލޯތްބާ ނުލައި، ވަރަށް ނިކަމެތި ހާލުގައެވެ. ތައުލީމުން މަހުރޫމްވެ، ގިނަ ބައެއްގެ ބުލީގެ ޝިކާރައަކަށް ޖަމްޝާދު ވެގެންދިޔަ ކަމަށް އެރަށުން ވާހަކަދެއްކި މީހުން ބުނެއެވެ. އެހެންކަމުން ޖަމްޝާދު ބޮޑުވެގެން އައީ ވަރަށް އެކަނިވެރިކޮށެވެ. ނަމަވެސް ކުއްލި އަކަށް އޭނާގެ ދިރިއުޅުން ބަދަލުވެ، ހީވެސް ނުކުރާ ވަރަށް އެއްފަހަރުން މުއްސަނދިވިއެވެ. އެގޮތުން 18 ފޫޓުގެ އަމިއްލަ ލޯންޗެއް ގެންގުޅުނު ކަމަށާއި، އެންމެ ފަހުގެ ސައިކަލެއް ގެންގުޅުނެވެ. އަދި އަތުގައި ވެސް އޮތީ އެންމެފަހުގެ ފޯނެކެވެ. އެހެންކަމުން ކުއްލި އަކަށް މިހައި އަގުބޮޑެތި ތަކެތި ހޯދި ގޮތަކާއި މެދު ރައްޔިތުން ސުވާލު އުފެއްދިއެވެ.

މަސްތުވާތަކެއްޗަށް ތޮއްޑޫގެ ޒުވާން ފިރިހެން ކުދިން އަޅުވެތިވަމުންދިޔަ އެދުވަސްވަރު ގިނަ ބެލެނިވެރިން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ. ހަދާނެ ގޮތް ހުސްވެފައެވެ. ޖަމްޝާދު ހައްޔަރު ކުރެވޭނެ ގޮތެއް މަގެއް ނުފެނިފައެވެ. ފާޅުކަން ބޮޑުގޮތެއްގައި އެވިޔަފާރި ކުރަމުން ދިޔަ ނަމަވެސް ހެއްކެއް ނުލިބޭ ކަމަށް ބުނެ، ޖަމްޝާދު ހައްޔަރުކޮށްފައެއް ނުވެއެވެ. އޭގެ ފަހުން އައިސް ތޮއްޑޫ ރައްޔިތުން ވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ދުވަސްތަކަކަށް މިކަން ދެމިގެން ދިޔައެވެ.

ކައުންސިލްގެ ބޭފުޅަކު ވިދާޅުވީ ޖަމްޝާދު ސައިކަލުގައި ވަރަށް ބާރަށް ދަނިކޮށް މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓެއްވި ކަމަށާއި، އެކްސިޑެންޓްގައި އަނިޔާވި ފިރިހެން މީހާ ގޮސް ޖަމްޝާދު ގައިގައި ޖެހި ކަމަށެވެ. ޖަމްޝާދު ގައިގައި ޖެހި ހިސާބުން މައްސަލަ ވަރަށް ބޮޑަށް ގޯސްވި ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޖަމްޝާދުގެ ގޭންގު ގުރޫޕަކުން ގޮސް އެކްސިޑެންޓްވި ފިރިހެން މިހާގައިގައި ތަޅައިގަނެ، ވަރަށް ބޮޑަށް އަނިޔާ ކުރި ކަމަށެވެ.

މިމަންޒަރުތައް ކައިރިން ފެނުނު މީހަކު ބުނެފައިވަނީ އެ މާރާމާރީއާ ގުޅިގެން އަނިޔާވި ފިރިހެން މިހާގެ އާއިލާގެ ބައެއް މެމްބަރުންނާއި، ރައްޓެހިން ގޮސް، ޖަމްޝާދުމެން ގޭގައި ހަދާފައި އިން ޖަގަހަ ސުންނާފަތިކޮށްލި ކަމަށެވެ. އެކަމާއި ގުޅިގެން ޖަމްޝާދު އިސްކޮށް ހުރެ، ދެފިހާރައަކާއި، ރެސްޓޯރެންޓެއްގެ އިތުރުން ދަނޑުބިންތަކަށް ވަރަށް ބޮޑަށް ގެއްލުންދީ، ވައްކަން ކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ. މިގެއްލުންތައް ދީފައިވަނީ އެކްސިޑެންޓް ހިނގި ފިރިހެންމީހާއާ ގުޅުން އޮތް މީހުންގެ މުދަލަށް ކަމަށް އެނގިފައިވެއެވެ.

މިހާހިސާބަށް މައްސަލަ ދިއުމުން ރަށުގެ ރައްޔިތުން ޖަމްޝާދު ހޯދަން ނުކުތެވެ. އޭނާ ގެންގުޅޭ ލޯންޗުގައި ފިލަން މަސައްކަތް ކުރި ނަމަވެސް އެކަން އޭނާއަށް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. އެންމެފަހުން ރޭގަނޑުގެ ވަގުތުގައި އޭނާ ހޯދައި ވަރަށް ބޮޑަށް އަނިޔާކޮށް ތޮއްޑޫ ބޮޑުމަގު ހޭޅިއަށް އެއްލާލީއެވެ. ބޮޑަށް އަނިޔާކޮށްފައިވަނީ ފަޔަށް ކަމަށްވާއިރު، އޭނާ ވަނީ ވަރަށް ދުވަސްވަންދެން އައިޖީއެމްއެޗްގައި ފަރުވާ ހޯދާފައެވެ.

ގޭންގު އުފެދުނު ގޮތާއި ބެހޭ ގޮތުން ނަން ނުޖެހުމަށް ޝަރުތުކޮށް އެމީހާ ބުނީ އދ.މަހިބަދޫން ދެ މީހަކު ތޮއްޑޫއަށް ދިޔަ ކަމަށެވެ. އަދި ޖަމްޝާދާއެކު ދުވަސްކޮޅަކު ރަށުގައި ދިރިއުޅުނު ކަމަށެވެ. މަހިބަދޫން އައި ދެމީހުންގެ ތެރެއިން އެއް ޒުވާނަކީ ނުބައި ނުލަފާކަމުން ''ދައްޖާލު''ގެ ނަމުން މަޝްހޫރުވެފައިވާ ޒުވާނެއް ކަމަށެވެ. އެދުވަސްވަރު ޖަމްޝާދުގެ އެއްބަނޑު ދައްތަގެ ދަރި ކަމަށްވާ ސާރިހު ވެސް މަސްތުވާތެކެއްޗަށް ގޮސް ހުސްވީ ކަމަށް އެމީހާ ތުހުމަތުކޮށްފައިވެއެވެ.

ރާއްޖެއެމްވީއަށް ކިޔާދިން ގޮތުގައި މަސްތުވާތަކެތީގެ ޑީލްތައް ހެދުމަށް ޖަމްޝާދު އޭނާ ގެންގުޅުނު ލޯންޗުގައި ހަވީރާއި، ފަތިސް ވަގުތު ކަނޑު މައްޗަށް ނުކުމެއެވެ. އަތޮޅުގެ ހުރިހާ ރަށަކަށް ކައިރިކޮށް، ކަނޑުމަތީގައި ޑީލްތައް ނިންމާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. ޖަމްޝާދު ގެންގުޅުނު ލޯންޗަކީ މާލޭގެ ގޭންގަކަށް ނިސްބަތްވާ ލޯންޗެއް ކަމަށާއި، ޖަމްޝާދުގެ ގައިގައި ތަޅައިގަނެ އެއްލާލި ދުވަހު ލޯންޗު ރޯކޮށްލާނެކަމުގެ އިންޒާރާއެކު، މާލެއިން ދެތިން މީހަކު ލޯންޗު ބަލައި ރަށަށް ދިޔަ ކަމަށް އެމީހާ ބުންޏެވެ. ރަށުގެ ބައެއް ރައްޔިތުންނާއި ވާހަކަ ދެއްކުމަށްފަހު އެހެން މީހެއްގެ މުދަލަށް ގެންލުން ނުދޭން އެދުމުން ލޯންޗަށް ގޮތެއް ނުހަދައި އެމީހުންނާ ހަވާލު ކުރީ ކަމަށް އެމީހާ ބުނެއެވެ.

މައްސަލަ ނިންމާލާފައިވަނީ ދެފަރާތުން ސުލްހަވެގެންނެވެ. އެއްވެސް މައްސަލައެއް ހުށަހަޅަން އެކަމުގައި އުޅުނު މީހުން ބޭނުމެއް ނުވިއެވެ. އެމީހުން ބުނެފައިވަނީ ފުލުހުންނަށް އިތުބާރު ނުކުރާ ކަމަށާއި، ހައްޔަރު ނުކުރެވޭނެ ކަމަށެވެ. އަދި އެފަދަ ކަމެއް ކޮށްފިކަމުގައިވާނަމަ އެކަމުގެ ބަދަލު ހިފާނެކަމުގެ ނުރައްކާތެރި އިންޒާރު ވެސް ލިބިފައިވާ ކަމަށް އެމީހުން ބުނެއެވެ.

މިހުރިހާ މައްސަލަތަކާއި ގުޅިގެން މިއަދު ޖަމްޝާދު ގިނަ ބަޔަކު ސިފަ ކުރަނީ ބޮޑު ކުއްވެރިއެއް ގޮތުގައެވެ. މަހުމޫދުގެ ގާތިލް ކަމަށް ވެސް ބައެއް މީހުން ދެކެއެވެ. ނަމަވެސް ޖަމްޝާދުގެ ހިސާބުން މައްސަލަ ނިންމާލެވިދާނެތޯ މިއީ އުފެދޭ ސުވާލެކެވެ. އަދި ރަށެއްގެ ރައްޔިތުންނަށް ދިރިނޫޅެވޭ ވަރަށް އުނދަގޫވެ، ދަރިންތައް މަސްތުގެ އަޅުންނަށް ހަދާއިރު، ހިފާ ހައްޔަރު ކުރެވޭނެ ހަމައެއްވެސް ގޮތެއް ނެތީތޯއެވެ. ނުރައްކާ ފެށުނީ މޫނުމަތީގައި ޖެހި އެތިފަހަރާ ހިސާބުންތޯއެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ ފަހަރު ސަތަރި ބަދަލުކުރަންޖެހި، ފުޑް ކޯޓްތައް ނުހުޅުވި ދެ އަހަރު

ދެ ފަހަރު ސަތަރި ބަދަލުކުރަންޖެހި، ފުޑް ކޯޓްތައް ނުހުޅުވި ދެ އަހަރު

12 ނޮވެމްބަރު 2017
ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

11 އޮކްޓޯބަރު 2017
ޓީޗަރުންގެ ދުވަސް : ގިނަ ސްކޫލުތަކުގައި ދުވަސް ފެށުނީ ހެނދުނުގެ ސައިން

ޓީޗަރުންގެ ދުވަސް : ގިނަ ސްކޫލުތަކުގައި ދުވަސް ފެށުނީ ހެނދުނުގެ ސައިން

05 އޮކްޓޯބަރު 2017
  ރޮހިންޖާ އަންހެނުންތަކެއްގެ ދުލުން: ފިރިމީހާ ގަޔަށް ބަޑިޖެހި، ވަޅިޖެހި، ދަރިންތައް ކުރިމަތީގައި މެރި

ރޮހިންޖާ އަންހެނުންތަކެއްގެ ދުލުން: ފިރިމީހާ ގަޔަށް ބަޑިޖެހި، ވަޅިޖެހި، ދަރިންތައް ކުރިމަތީގައި މެރި

21 ސެޕްޓެމްބަރު 2017
މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!

މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!

05 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު