Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޖިނާއީ އަދުލުގެ ނިޒާމް

ދެމައިންގެ ޤާތިލަކީ ފިރިމީހާ ނޫންކަން އެނގުނީ ދަންޖެއްސިތާ 3 އަހަރު ފަހުން!

އޭނާގެ އަންހެނުންނާއި ދަރިފުޅު މަރާލީ އަވައްޓެރިއެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 މާރިޗު 2019 | ހޯމަ 04:22
ދަންޖެއްސުން

ދަންޖެއްސުން

ޖިނާއީ އަދުލު ނުވަތަ "ކްރިމިނަލް ޖަސްޓިސް" އަކީ ޖިނާއީ ކުށްތައް ކުރާ މީހުންގެ ތަޙުޤީޤު ކުރިއަށް ގެންދިއުމާއި، ދައުވާ އުފުލުމާއި، ޝަރީއަތްތައް ހިންގުން ފަދަ ޖިނާއީ އެކިއެކި އިޖުރާއަތުތައް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކު ޤާއިމުކުރުމެވެ. އެގޮތުން ކުށެއްގައި ތުހުމަތު ކުރެވޭ ހިސާބުން އެ މީހެއްގެ މައްޗަށް ޝަރީއަތް ހިންގި، ހުކުމް އިއްވައި، ހުކުމް ތަންފީޒު ކުރުމާ ހަމައަށްވެސް ޖިނާއީ އަދުލު ޤާއިމުވެގެން ދިއުމަކީ އެފަދަ ކޮންމެ މީހެއްގެ ވެސް ހައްޤެކެވެ. ނަމަވެސް ޖިނާއީ އަދުލު ޤާއިމު ނުވާ ހާލަތްތައްވެސް ޤާނޫނީ ނިޒާމުގެތެރެއިން އެކި ފަރާތްތަކަށް ކުރިމަތިވެފައިިވެއެވެ. އޭގެ ތެރެއިންވެސް މުޅި ދުނިޔެއަށް މަޝްހޫރު ކޭސްއަކީ ޖޯން ޓިމޮތީ އީވާންގެ ކޭސްއެވެ. އެ ހާދިސާ ހިނގިތާ 68 އަހަރުވާއިރު، މިއީ މުޅި ދުނިޔޭގައިވެސް ޖިނާއީ އަދުލު ޤާއިމުކުރަން ނުކުޅެދުމުގެ މިސާލީ ގަޞިއްޔާއެއްގެ ގޮތުން ނަގާ ގަޞިއްޔާއެކެވެ.

އީވާންއާއި އޭނާގެ އަންހެނުންގެ އިތުރުން 1 އަހަރުގެ އަންހެން ދަރިފުޅު އުޅެމުން ދިޔައީ ލަންޑަންގެ ރިލިންޓަން ޕްލޭސްގައި ހުންނަ އިމާރާތެއްގައެވެ. މާލީ ގޮތުން ދަތި ތަކެއް ހުރުމާއެކު ދެމަފިރިން މެދުގައި ދެބަސްވާންޖެހޭ ހާލަތްތައް އައި ނަމަވެސް އެ ދެމައިންނާއި ޓިމޮތީ އުޅެމުން ދިޔައީ އެކަކު އަނެކަކު ދެކެ ވަރަށް ލޯބިންނެވެ. ނަމަވެސް ހާލަތު ބަދަލުވީ ޓިމޮތީގެ އަންހެނުން ބެރީލް ދެވަނަ ފަހަަރަށް ބަނޑުބޮޑުވުމާ ގުޅިގެންނެވެ.

ޓިމޮތީ އީވާންގެ އާއިލާ

ބެރީލް ބަނޑުބޮޑުވުން ވީ ދެމަފިރިންގެ މާލީ ހާލަތު އިތުރަށް ގޯސްވި ސަބަބަކަށެވެ. ޚަރަދުތައް ދެކޮޅު ނުޖެއްސި އުޅެން ޖެހުމުގެ ނަތީޖާއަކަށްވީ، ދެމަފިރިން އެ ދަރިފުޅު އެބޯރޓް ކުރަން ނިންމުމެވެ. އެގޮތުން އެބޯރޓް ކުރުމަކީ އޭރު އެޤައުމުގައި މަނާ ކަމެއް ކަމުން އެކަން ކުރަން ޓިމޮތީ އެދުނީ އޭނާގެ އަވައްޓެރިއެއް ކަމަށްވާ ޑރ ޖޯން ކްރިސްޓީއާއެވެ.

ނަމަވެސް ކަން ހިނގާ ދިޔައީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. ފުލުހުންނަށް ފެނުނީ ޓިމޮތީގެ އަންހެނުން ބެރީލްއާއި އެ ދެމަފިރިންގެ ކުޑަ ދަރިފުޅުގެ ފުރާނަ ނެތް މަސްގަނޑެވެ. ޒަހަމްތަކާއެކު މަރުވެފައި ތިއްބައި ފެނުނު އެ ދެމައިންގެ މަރާ ގުޅޭ ގޮތުން ޓިމޮތީއާ ސުވާލު ކުރެވުމުން އެ ދެމީހުން މަރާލީ އޭނާ ކަމަށް ވަގުތުން އެއްބަސްވިއެވެ. ނަމަވެސް ފަހުން އޭނާގެ ބަޔާނަށް އިންކާރުކޮށް، އެ ދެމައިން މަރާލީ ބެރީލްގެ އެބޯރޝަން އޮޕަރޭޝަން ހަދަން ހަވާލުކުރި ޑޮކްޓަރ ކްރިސްޓީން ކަމަށާއި، އޭނާ ކުރިން އެކަމަށް އެއްބްސްވީ ފުލުހުންގެ އިންޒާރު ތަކުގެ ސަބަބުން ކަމަށްވެސް ޓިމޮތީ ބުންޏެވެ.

ޓިމޮތީ އީވާން ހައްޔަރުކޮށްގެން ގެންދަނީ

ނަމަވެސް ޓިމޮތީ ކެނޑިނޭޅި އެހެން ބުނަމުން ދަނިކޮށް 3 ދުވަހު މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށްފަހު، އެކަށީގެންވާ ފޮރެންސިކް ހެކިވެސް ނެތި، އެންމެ 40 މިނެޓް ތެރޭގައި ޓިމޮތީ މައްޗަށް އޭނާގެ ދަރިފުޅު މަރާލިކަމަށް ބުނެ މަރުގެ ހުކުމް ކޮށް ، 9 މާރިޗު 1950 ގައި އޭނާ ދަން ޖައްސާ މަރާލިއެވެ.

ނަމަވެސް މި މަރުގެ ހަޤީޤަތްތައް ހާމަވީ ކުށެއްނެތް ޓިމޮތީ މަރާލުމުގެ 3 އަހަރު ފަހުންނެވެ. ފުލުހުން ބެލި ބެލުމުން ޑޮކްޓަރ ކްރިސްޓީ އަކީ ސީރިއަލް ކިލަރ އެއްކަން ހާމަވެގެން ދިޔައީއެވެ. އެގޮތުން ޖޯން ކްރިސްޓީގެ ގެއިން މަރާލާފައިވާ އެތައް އަންހެނުންނެއްގެ ހަށިގަނޑު ފެނިފައިވާއިރު، ހަށިގަނޑުގެ އެކިއެކި ގުނަވަންތައްވެސް ފެނިފައިވެއެވެ. އެގޮތުން އެ އިމާރާތުގެ އެކި ތަންތާނގައި އޭނާ މަރާލާފައިވާ އަންހެނުންގެ ހަށިގަނޑުތައް ފޮރުވާފައި ހުރިއިރު، އޭނާގެ ބަގީޗާގެ ފެންސު ހެދުމަށްވެސް އަންހެނުންގެ ފައިގެ ކަށިތައް ބޭނުންކޮށްފައި ހުއްޓެވެ. މި ހެކި ތަކަކީ ޓިމޮތީ ކުރި ތުހުމަތު ތަކާ ގުޅިގެން ފުލުހުން ރަނގަޅަށް ތަހުޤީޤު ކުރިނަމަ ފެންނާނެ ހެކިތަކެއް ކަމަށާއި، ފުލުހުން ރަނގަޅަށް ތަޙުޤީޤު ކުރިނަމަ ނުޙައްޤުން ޓިމޮތީއަށް މަރުގެ އަދަބު ނުދެވުނީސް ކަމަށް ޤާނޫނީ މާހިރުން ބުނެއެވެ.

އެކަމާ ގުޅިގެން 1966 ގައި ޓިމޮތީއަށްވަނީ ރިޔާސީ މާފު އިއްވާފައެވެ. ނަމަވެސް އެހާދިސާއަށް 68 އަހަރުވާއިރު، އެ ހާދިސާ ހަނދާންވާ ކޮންމެ ފަހަރަކީ ޤާނޫނީ ބޭފުޅުން ލަދުން އިސްޖަހާލަން ޖެހޭނެ ފަހަރެއްކަން ޔަޤީނެވެ. އިއްވާ ރިޔާސީ މާފަކުން ނުވަތަ ދޭ މަތިވެރި ދަރަޖައަކުން ނުޙައްޤުން ނިގުޅައިގަނެވުނު ފުރާނައެއްގެ ބަދަލު ދެވިދާނެތޯއެވެ؟ ޖިނާއީ އަދުލު ޤާއިމު ކުރެވޭނެތޯއެވެ؟

ޓިމޮތީ އީވާންގެ މަހާނަ

މިއަދު ދިވެހި މުޖުތަމަައުގައިވެސް ޖިނާއީ ކުށްތަކަަށް އަރައިގަންނަ މީހުން "ފަތުއަޑުކިޔާފައި" ދަނީ އިތުރުވަމުންނެވެ. ކޯޓުތަކުގައި ކުރިއަށްދާ ޖިނާއީ މައްސަލަތަކުގެ އަދަދު ދަނީ އިތުރުވަމުންނެވެ. މަރުތަކާއި، ވައްކަމާއި، މާރާމާރީ ފަދަ އެތަކެއް ކުށްތަކެއްގައި ޖަލަށް ލާން ހުކުމްކުރާ މީހުންވެސް މަދެއް ނޫނެވެ. މަރަށް ހުކުމް ކުރާ މީހުންވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ނަމަވެސް މިފަދަ ކޮންމެ ކޭސްއެއްގައިވެސް ޖިނާއީ އަދުލު ޤާއިމުވާން ޖެހޭނެއެވެ. ތުހުމަތު ކުރެވޭ މީހާގެ މައްޗަށް އިންސާފުވެރި، ފުރިހަމަ ޝަރީއަތެއް ހިންގަން ޖެހޭނެއެވެ. ކުށް ސާބިތު ކުރުމުގެ މިންގަނޑަށް ތަޙުޤީޤީ އިދާރާތަކާއި، ދައުވާ އުފުލާ ފަރާތާއި، ޝަރީއަތް ހިންގާ ފަރާތްތައްވެސް އަހުލުވެރި ވާން ޖެހޭނެއެވެ. ޓިމޮތީ އީވާންއަށް ވީ ފަދަ ގޮތެއް މެދުވެރި ނުވޭތޯއެވެ. " ކުށެއް ނުކުރާ މައުސޫމަކަށް އަދަބު ދިނުމަށްވުރެ ކުށްކޮށްފައިވާ 10 މީހުން ދޫކޮށްލުންވެސް މާ ރަނގަޅު ކަމަށް" ބުނާ ޝަރުއީ ޤާއިދާ (ލީގަލް މެކްސިމް) ގައިވާ ފަދައިންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

18 އެޕްރީލު 2021
"ރިޟްވާނުގެ ބޯ ބުރިކޮށް މަރާލާފައިވާކަން ފުރަތަމަވެސް އެނގުނީ މަރު ކޮމިޝަނުން އެކަން އިއުލާނު ކުރި ވަގުތު"

"ރިޟްވާނުގެ ބޯ ބުރިކޮށް މަރާލާފައިވާކަން ފުރަތަމަވެސް އެނގުނީ މަރު ކޮމިޝަނުން އެކަން އިއުލާނު ކުރި ވަގުތު"

08 އޯގަސްޓު 2020
އިންޑޮނޭޝިއާގައި ކޮވިޑް-19ގެ ކޭސް ފުރަތަމަ ރިޕޯޓު ކުރި ދެމައިންގެ ވާހަކަ!

އިންޑޮނޭޝިއާގައި ކޮވިޑް-19ގެ ކޭސް ފުރަތަމަ ރިޕޯޓު ކުރި ދެމައިންގެ ވާހަކަ!

11 މެއި 2020
ކޮވިޑް-19 ގެ ސަބަބުން ފިރިމީހާގެ އަސްލު އުޅުން ފެނިއްޖެ!

ކޮވިޑް-19 ގެ ސަބަބުން ފިރިމީހާގެ އަސްލު އުޅުން ފެނިއްޖެ!

27 މާރިޗު 2020
ކައިވެންޏަށް އަހަރެއް ނުވޭ، ކުއްލިއަކަށް ޚަބަރު ލިބުނީ ފިރިމީހާ ދުނިޔޭގައި ހުންނާނެ ކަމުގެ އުއްމީދެއް ނެތް ކަމަށް!

ކައިވެންޏަށް އަހަރެއް ނުވޭ، ކުއްލިއަކަށް ޚަބަރު ލިބުނީ ފިރިމީހާ ދުނިޔޭގައި ހުންނާނެ ކަމުގެ އުއްމީދެއް ނެތް ކަމަށް!

07 ފެބުރުއަރީ 2020

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު