Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހިބަޅިދޫއަށް ހަތިޔާރު ގެންދިޔުން: އެވާހަކަ ނިމުނީތަ!؟

ހިބަޅިދޫއިން ގިނަ އަދަދެއްގެ ހަތިޔާރާއި ގޮވާތަކެތި ފެނުނު

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2020 | އާދީއްތަ 14:21
ހިބަޅިދޫ ކަނޑު އަޑިއަށް ފައްތާފައި ހުރި ބައެއް ހަތިޔާރުތައް

ހިބަޅިދޫ ކަނޑު އަޑިއަށް ފައްތާފައި ހުރި ބައެއް ހަތިޔާރުތައް

2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހެވެ. އެމްއެންޑީއެފްއާއި ދިވެހި ފުލުހުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރި މައުލޫމާތަކީ، ބ. ހިބަޅިދޫ ބޭރުން ކަނޑު އަޑީގެ 42 މީޓަރު އަޑީގައި ފޮރުވާފައި ހުއްޓާ އަތުލައިގަތް ގިނަ އަދަދެއްގެ ހަތިޔާރުތަކުގެ ތެރޭގައި ސިފައިންގެ އާމަރީއަށް ނިސްބަތްވާ ދެ ބަޑިއެއް ހިމެނޭކަމަށެވެ.

މިއީ ފަހުގެ ތާރިހެއްގައި ރާއްޖޭގައި ހިނގައިދިޔަ އެންމެ ބިރުވެރި އެއް ހާދިސާކަމާއިމެދު އެއްވެސް ބޭފުޅަކު ޝައްކު އުފައްދާނެ ޖާގައެއް ނެތެވެ. ފެނުނު ބައެއް ސާމާނުތަކުގެ ތެރޭގައި އެސޯލްޓް ރައިފަލް ބަޑި އަދި ވަޒަން، ފިސްތޯލައާއި އޭގެ ވަޒަން، ސްނައިޕަރ ރައިފަލް އާއި އެއް ވަޒަން، މިލިޓަރީ ގްރޭޑްގެ ދެ ހޭންޑް ގްރެނޭޑް އަދި އައިއީޑީގެ އިތުރުން އެކްސްޕްލޯސިވް ޗަރޖްޒް ހިމެނެއެވެ. ބަޔަކަށް ހަމަލާއެއް ދޭން ބޭނުންވިނަމަ، ހިނދުކޮޅެއްގެ ތެރޭގައި އެތައް ބަޔަކު މަރާލެވޭނެހާ ހަތިޔާރު ފެނުނެވެ.

ފުލުފުލުގައި އޭރު ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވިގެން ދިޔައިރު، އޭރުގެ ސަރުކާރުގެ ވެރިން ރައްޔިތުންނަށް ދެތިން ކަމެއްގެ ޔަގީންކަން އެރުވިއެވެ. އެގޮތުން އޭރު ހޯމް މިނިސްޓަރަކަށް ހުންނެވި އުމަރު ނަސީރު ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ނުވަތަ މައްސަލައިގައި ޝާމިލްވާ ބައެއް މީހުން ސަސްޕެންޑްކޮށް، ވަޒީފާއިން ވަކިކޮށް އަދި އެއް ބަޔަކު ހައްޔަރުކުރެވިފައިވާ ކަމަށެވެ.

އޭރު އެމްއެންޑީއެފްގެ ބަޑި ގުދަނުގެ ޑެޕިއުޓީ ކޮމާންޑިން އޮފިސަރަކަށް ހުންނެވި، ކެޕްޓަން އަލީ އިހުސާން (ރިޓަޔަރޑް) ވިދާޅުވީ، ސިފައިންގެ ހަތިޔާރު ގުދަނާ ގުޅިގެން މިފަދަ ކަމެއް ދިމާ ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ. ސުވާލަކީ އެ ޔަގީންކަން އެބައޮތްތޯ؟ އެވެ.

މި މައްސަލައާއި ގުޅިގެން ހަތް މީހަކު ހައްޔަރުކުރެވުނެވެ. ކުރީގެ ނައިބު ރައީސް އަދީބު އާއި އޭރު ބަޑި ގުދަނުގެ ވެރިޔަކަށް ހުންނެވި ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) ގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވި، ޓެރަރިޒަމްގެ ދައުވާވެސް ކުރެވުނެވެ. ނަމަވެސް، މިހާރު އެދައުވާތަކަށް ވީނުވީއެއް ނޭނގެއެވެ.

އަނެއްކޮޅުން ހަތިޔާރުތައް ފެނުނު ބ. ހިބަޅިދޫއަކީ، އަދީބާ ގާތްގުޅުމެއް ބޭއްވި އަދި ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމުގައި އިސް ރޯލެއް އަދާކުރި މުހައްމަދު އައްލާމް ލަތީފް (މޮހޯ) ގެ ބޮޑު ހިއްސާއެއް އޮތް ކުންފުންޏަކަށް، ރިސޯޓެއް ތަރައްގީކުރަން ދޫކުރެވިފައި އޮތް ރަށެކެވެ. އޭނާއާއި އަދީބުގެ އެހެން ބައިވެރިންގެ އަތެއް މިކަމުގައިވާ ކަމަށްވެސް ފުލުހުންނާއި އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މައްސަލައިގައި ޝާމިލުވާ ހުރިހާ ފަރާތްތަކުގެ މައްޗަށް ކުރި ދައުވާތައް ވަނީ އަނބުރާ ގެންގޮސްފައެވެ. ދައުވާތައް އަނބުރާ ގެންގޮސްފައިވާއިރު، މި މައްސަލައާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކަށް އެއްވެސް ހުކުމެއް ކޮށްފައި ނުވާކަން ފާހަގަކޮށްލާނަމެވެ. އަދި މިހާތަނަށް މި މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބެއްވެސް އަދި މިހާރު މި ތަހުގީގު ކުރިޔަށްދޭތޯވެސް ބަޔަކަށް ނޭނގެއެވެ. މިއީ ހަގީގަތުގައި ރައްޔިތުންނަށް އެނގެން ޖެހޭ މައުލޫމާތެވެ.

ބޮޑެތި ކުށްތަކަށް އަރައިގަނެ، ބޮޑެތި ޖަރީމާތައް ހިންގަން ރޭވިއިރު، އޭރުވެސް އެމްއެންޑީއެފްގެ އިސް މަގާމުތަކުގައި ތިއްބެވި އެތައް ބަޔަކު އަދިވެސް ތިއްބެވީ އެ މަގާމުތަކުގައެވެ. ސީދާ އެއިން ކަމެއް ރޭވުމުގައި ބައިވެރިނުވިއަސް، އަދި ޝާމިލް ނުވިޔަސް، އެމްއެންޑީއެފްގެ ބަޑި ގުދަނުން ހަތިޔާރު ގެއްލި، ރާއްޖެއަށް ގިނަ އަދަދެއްގެ އަސްކަރީ ގިންތީގެ ގޮވާތަކެއްޗާއި ބަޑި އަދި ވަޒަން އެތެރެވީ އެވެރިން އެތަނުގައި ތިއްބައެވެ. ހަތިޔާރުތައް ބޭރު ވެގެން ދިޔައީ، ސިފައިންގެ ބައިވެރިވުމާއެކީގައިކަން ކަށަވަރެވެ.

މިއީ މިހާ ފަސޭހައިން އެއްގޮތަކަށްވެސް ދޫކޮށްލައިގެން ވާނެ ކަންތައްތަކެއް ނޫނެވެ. ތަހުގީގެއް ކުރިޔަށް ދާނަމަ އެތަހުގީގަކާއި ބެހޭ މައުލޫމާތާއި، ދައުވާއެއް ކުރިނަމަ އެ ދައުވާ ކުރި ބަޔަކުވެސް ރައްޔިތުންނަށް އެނގެން ޖެހެއެވެ. ނަމަވެސް، އެއިން ވާހަކައެއް މިއަދު ދައްކާލާނެ އިދާރާއެއްވެސް ނުވަތަ މުއައްސަސާއެއްވެސް ނެތެވެ. ގައުމީ ސަލާމަތައް ނުރައްކާތެރި ވާނީ މިވަރަކަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުކްރެއިން ހިފުމަށް ރަޝިޔާއިން ކަންތައްކުރި ގޮތުން، ޖަޕާނުފަދަ ގައުމުތަކުންވެސް ނިއުކްލިއަރ ހަތިޔާރު ހޯދުމަށް ވިސްނަނީބާ؟

ޔުކްރެއިން ހިފުމަށް ރަޝިޔާއިން ކަންތައްކުރި ގޮތުން، ޖަޕާނުފަދަ ގައުމުތަކުންވެސް ނިއުކްލިއަރ ހަތިޔާރު ހޯދުމަށް ވިސްނަނީބާ؟

26 މާރިޗު 2022
"އޮޅުމެއް އަރާ ކޮންމެ ފަހަރަކު ހަތިޔާރު އުފުލުމަކީ ތަހުޒީބީ ޒަމާން ދަންނަ ސިފައެއް ނޫން"

"އޮޅުމެއް އަރާ ކޮންމެ ފަހަރަކު ހަތިޔާރު އުފުލުމަކީ ތަހުޒީބީ ޒަމާން ދަންނަ ސިފައެއް ނޫން"

16 ނޮވެމްބަރު 2021
ވެކްސިނަކީ ވަރުގަދަ ހަތިޔާރެއް، މުސްތަގުބަލް އޮތީ އެ ހަތިޔާރުގެ ބޭނުން ހިފައިގެން

ވެކްސިނަކީ ވަރުގަދަ ހަތިޔާރެއް، މުސްތަގުބަލް އޮތީ އެ ހަތިޔާރުގެ ބޭނުން ހިފައިގެން

03 ފެބުރުއަރީ 2021
ޕާޕާއެވެ! ހަތިޔާރު ހުންނަން ޖެހެނީ ހިބަޅިދޫ ފަޅު ތެރޭގަތޯއެވެ؟

ޕާޕާއެވެ! ހަތިޔާރު ހުންނަން ޖެހެނީ ހިބަޅިދޫ ފަޅު ތެރޭގަތޯއެވެ؟

12 ސެޕްޓެމްބަރު 2020
ސަޕޯޓަރުންނަކީ ދިވެހި ޓީމުގެ ހަތިޔާރު

ސަޕޯޓަރުންނަކީ ދިވެހި ޓީމުގެ ހަތިޔާރު

14 ނޮވެމްބަރު 2019

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު