Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހޮލީވުޑް އަދި ބޮލީވުޑް

އަންހެނުންނަކީ ބޮކްސް އޮފީހުގައި \'ވިހައެއް\' ނޫންކަން \'ވީރޭ ދި ވެޑިން\' އަދި އޯޝަންސް 8\' އިން ދައްކާލައިފި!

ބޮލީވުޑްގެ 'ވީރެ ދި ވެޑިންގ' އާއި ހޮލީވުޑްގެ 'އޯޝަންސް 8'ގައި ކުރީ ސަފުގައި އަންހެނުންތަކެއް ފެންނަ އިރު، ދެ ފިލްމް ވެސް ވަނީ ބޮކްސް އޮފީހުގައި ކާމިޔާބީ ހޯދާފައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 17 ޖޫން 2018 | އާދީއްތަ 07:23
އޯޝަންސް 8 ގެ ޕޯސްޓަރ- (ކަނާތުން ވާއަތަށް) ސޭރާ ޕޯލްސަން، މިންޑީ ކޭލިން، ރިހާނާ، ކޭޓް ބްލޭންޗެޓް، ސޭންޑްރާ ބުލޮކް، އޭން ހެތަވޭ، ހެލޭނާ ބޮނަމް ކާޓަރ އަދި އަކުއަފީނާ

އޯޝަންސް 8 ގެ ޕޯސްޓަރ- (ކަނާތުން ވާއަތަށް) ސޭރާ ޕޯލްސަން، މިންޑީ ކޭލިން، ރިހާނާ، ކޭޓް ބްލޭންޗެޓް، ސޭންޑްރާ ބުލޮކް، އޭން ހެތަވޭ، ހެލޭނާ ބޮނަމް ކާޓަރ އަދި އަކުއަފީނާ

ހޮލީވުޑް އަދި ބޮލީވުޑްގައިި އަންހެނުން އިސް ސަފުގައި އުޅޭ ފިލްމްތަކަށް ތަރްހީބު އޮންނަ ވަރު މި މަހު ހާމަ ވެގެން ހިނގައްޖެއެވެ.

އަންހެނުންނަށް ކުރާ ޖިންސީ ފުރައްސާރަތަކާއި ތަފާތު ކުރުންތަކާ ދެކޮޅަށް ހޮލީވުޑްގައި 'ޓައިމްސް އަޕް' އަދި 'މީޓޫ' ފަދަ މޫވްމަންޓްތައް ކުރިއަށްދާ ދަނޑިވަޅެއްގައި ހޮލީވުޑް އަދި ބޮލީވުޑްގައި ވެސް މި މަހު މިވަނީ އަންހެނުން ތަކެއް އިސް ސަފުގައި ފިލްމެއް މި މަހު ރިލީޒް ކޮށްފައެވެ.

އެގޮތުން، އިންޑިއާގެ "ވީރޭ ދި ވެޑިންގ" އާއި ހޮލީވުޑްގެ "އޯޝަންސް 8" އަށް ބެލުންތެރިންގެ ފަރާތުން ވަނީ ހޫނު ތަރުހީބެއް ލިބިފައެވެ.

މޭ މަހުގެ 31 ވަނަ ދުވަހު ރިލީޒް ކުރި "ވީރޭ ދި ވެޑިންގ" އިން ބޮލީވުޑްގެ ސުޕަރސްޓާސްކަމަށްވާ ކަރީނާ ކަޕޫރާއި ސޯނަމް ކަޕޫރުގެ އިތުރުން ޝިކާ ޓަލްސާނިއާ އަދި ސްވާރާ ބްކަޝަރް ފެނިގެން ދެއެވެ. ޝަޝަންކާ ގޯޝް ޑައިރެކްޓް ކޮށްފައިވާ މި ފިިލްމް ޕްރޮޑިއުސް ކޮށްފައިވަނީ ވެސް ދެ އަންހެނުންނެވެ. އެއީ އެކްތާ ކަޕޫރާއި ރިއާ ކަޕޫރެވެ.

ހަތަރު އަންހެނެއްގެ ގުޅުމަށް ތައްޔާރުކޮށްފައިވާ "ވީރޭ ދި ވެޑިންގ" އަށް ފުރަތަމަ ހަފްތާގައި 54.46 ކްރޯޑް ރުޕީސް ލިބިފައިވާ އިރު، މިހާރު މި ފިލްމް ވަނީ 100 ކްރޯރްގެ ކްލަބަށް ވަދެފައެވެ. އެއީ 12 ދުވަސް ތެރޭގައެވެ. އަދި ފިލަމް ރިލީޒް ކުރިތާ މަހެއް ނުވާ އިރު، އިންޑިއާގެ ފިލްމް އިންޑަސްޓްރީއަށް ނިސްބަތްވާ ގިނަ ފަރާތްތަކެއް ދަނީ ފިިިލްމްގެ ސީކުއެލް ހެދުމަށް ނަސޭހަތްތެރި ވަމުންނެވެ.

ނަމަވެސް، ކާމިޔާބީއާ އެއްވަރަށް "ވީރޭ ދި ވެޑިންގ" އަށް އިންޑިއާއިން ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒުވިއެވެ. އެއީ "މާ ސޯޝަލް" ކޮށް އުޅޭ އަންހެނުންތަކެއް ފެނިގެންދާ ފިލްމަކަށް ވާތީއެވެ. އެހެން ނަމަވެސް، އިންޑިއާއިން އެކަނިވެސް ، 13 ދުވަސް ތެރޭގައި، 75 ކްރޯޑް ރުޕީސްއަށް ވަރަށް ގިނައިން ލިބިފައިވެއެވެ.

ދެން، ހޮލީވުޑްގެ ބޮޑެތި އަށް އަންހެން ތަރި ހިމެނޭ "އޯޝަންސް 8" އަށް ބަލާލަން ހިނގާށެވެ.

މި ފިލްމުން ފެނިގެން ދަނީ، ސޭންޑްރާ ބްލޮކް، ކޭޓް ބްލޭންޗެޓް، ސޭރާ ޕޯލްސަން، މިންޑީ ކޭލިން، ހެލެނާ ބޮނަމް ކާޓަރ، އެކުއަފީނާ، އޭން ހެތަވޭ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާ އެވެ. ޖޯޖް ކްލޫނީގެ "އޯޝަންސް" ފިލްމް ސީރީޒްގެ އެންމެ ފަހުގެ އިންސްޓޯލްމަންޓްކަމަށްވާ "އޯޝަންސް 8" ގައި ސޭންޑްރާ ބްލޮކް ކުޅެނީ ކްލޫނީގެ ކޮއްކޮގެ ރޯލެވެ. ނަމަވެސް ފިލްމްގައި ކްލޫނީއެއް ނޫޅެއެވެ.

ފިލްމް ޖޫން 5 ގައި ރިލީޒް ކޮށްފައިވާ އިރު އެ ހަފްތާ ބަންދުގެ ނިޔަލަށް ކްލޫނީ އާއި ގިނަ މަޝްހޫރު ފިރިހެން ތަރިންތަކެއް ފެންނަ 'އޯޝަންސް11، 12 އަދި 13' ފިލްމްތަކަށް ވުރެ ބޮޑު ކާމިޔާބީއެއް އަންހެން ކާސްޓް ހިމެނޭ "އޯޝަންސްސ 8" އިން ވަނީ ހޯދާފައެވެ. އެގޮތުން، ފުރަތަމަ ތިން ދުވަހުގެ ތެރޭގައި 41.5 މިލިއަން ޑޮލަރު ފިލްމަށް ވަނީ ލިބިފައެވެ. އެއީ ހަމައެކަނި އުތުރު އެމެރިކާއިންނެވެ. އަދި ވޯލްޑްވައިޑްކޮށް މިހާތަނަށް 76.3 މިލިއަން ޑޮލަރު "އޯޝަންސް 8" އަށް ލިބިފައިވާ އިރު، ފިލްމް އިނގިރޭސިވިލާތުގައި އަޅުވަން ހަމަޖެހިފައިވަނީ ޖޫން 18ގައެވެ.

"ވީރޭ ދި ވެޑިންގ" އަދި "އޯޝަންސް 8" އިން ދޭހަވެގެން ދަނީ އަންހެނުން ކުރީ ސަފުގައި ހިމެނޭ ފިލްމްތަކަކީ "ބޮކްސް އޮފީސް ވިހައެއް ނޫން" ކަމަށާއި އެފަދަ ފިލްމްތައް ކޮންމެ ތަނެއްގައި ވެސް ހިނގާނެކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމު އޮތީ ރައީސް މުއިއްޒު ކުރެއްސެވި މަންޒަރާ އެއްގޮތައް ނޫންކަން އަމީރު ދެއްކެވީ ތިލަ ބަހުން ހެތްކާ އެކު

ގައުމު އޮތީ ރައީސް މުއިއްޒު ކުރެއްސެވި މަންޒަރާ އެއްގޮތައް ނޫންކަން އަމީރު ދެއްކެވީ ތިލަ ބަހުން ހެތްކާ އެކު

07 ފެބުރުއަރީ 2025
ބާރާއި ނުފޫޒަކީ އިންސާނާ ހަލާކުކޮށްލާ ވިހައެއް!

ބާރާއި ނުފޫޒަކީ އިންސާނާ ހަލާކުކޮށްލާ ވިހައެއް!

01 އޮކްޓޯބަރު 2024
ބާ ފޯނުގަނޑު އެއްލާލާ ހިސާބުން އަދި އެ ނިމުނީ ނޫންކަން އެނގޭތަ؟

ބާ ފޯނުގަނޑު އެއްލާލާ ހިސާބުން އަދި އެ ނިމުނީ ނޫންކަން އެނގޭތަ؟

26 މާރިޗު 2024
ބައްޕަގެ ފަހަތުން ދަރިފުޅުވެސް ކޮމެންޓްރީ ބޮކްސްގެ ތެރެއަށް!

ބައްޕަގެ ފަހަތުން ދަރިފުޅުވެސް ކޮމެންޓްރީ ބޮކްސްގެ ތެރެއަށް!

15 އޮކްޓޯބަރު 2021
ފުރަބަންދުގައި އޮފީހުގައި ހުއްޓައި ބެލަރުސްގައި ހުރި އެންމެ ގާތް އެކުވެރިޔާގެ ފަރާތުން ލިބުނު ތަފާތު ސަޕްރައިޒް!

ފުރަބަންދުގައި އޮފީހުގައި ހުއްޓައި ބެލަރުސްގައި ހުރި އެންމެ ގާތް އެކުވެރިޔާގެ ފަރާތުން ލިބުނު ތަފާތު ސަޕްރައިޒް!

25 މެއި 2020

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު