Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކަރަން-ކަންގަނާ

ކަރަން އާއި ކަންގަނާގެ ކޯޅުން ނިމުނީތަ؟

އައިފާ އެވޯޑްގައި ވެސް ކަރަން ވަނީ ކަންގަނާއާއި ދިމާކޮށްފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 26 ޖުލައި 2017 | ބުދަ 07:27
ކަރަން އާއި ކަންގަނާ

ކަރަން އާއި ކަންގަނާ

ހިންދީ ފިލްމު ޑައިރެކްޓަރ ކަރަން ޖޯހަރާއި ބޮލީވުޑްގެ ތަރި ކަންގަނާ ރަނާވަތުގެ ކޯޅުމަކީ މަޝްހޫރު ކޯޅުމެކެވެ. އެ ދެ ތަރިން ވަނީ ދެމީހުން ވަނީ އެކި ޝޯ ތަކުގަ އާއި އެކި އިންޓަވިއުތަކުގައި ވެސް ދެމީހުން ދެމީހުނަށް ބަހުގެ ހަމަލާތައް ދީފައެވެ.

މި ކުޅިގަނޑު ފެށުނީ ކަރަންގެ ޝޯ ކަމަށްވާ "ކޮފީ ވިތު ކަރަން" ގައި ކަރަން އާއި ދިމާލަށް ކަންގަނާ އެއްޗެހި ކީ ހިސާބުންނެވެ. އެ ޝޯގައި ކަންގަނާ ބުނެފައި ވަނީ ކަރަންއަކީ ވަރަށް އަމިއްލަ އެދުން ބޮޑޫ މީހެއް ކަމަށާއި ބާރުގެ ބޭނުން ކޮށްގެން ނަމަވެސް އޭނާ ބޭނުންވާނެ ކަމެއް ހާސިލްކޮށްފާނެ ކަމަށެވެ. ކަންގަނާ ވަނީ އެޝޯގައި ކަރަންއަކީ ހަމައެކަނި ފިލްމީ ތަރިންގެ ދަރިން ނުވަތަ އިންޑަސްޓްރީ އަށް ނިސްބަތްވާ މީހުންގެ ދަރިން ޕްރޮމޯޓްކޮށް އެމީހުންނަށް އެ ދާއިރާއިން ފުރުސަތުތައް ހޯދައިދޭން މަސައްކަތްކުރާ މީހެއް ކަމަށް ބުނެފަ އެވެ.

"ކޮފީ ވިތު ކަރަން"ގައި ކަންގަނާއާ އެކު އެފަހަރު ބައިވެރިވެފައި ވަނީ ޝާހިދު ކަޕޫރާއި ސައިފް އަލީ ޚާންއެވެ. ކަންގަނާ ބުނީ ކަރަންއަކީ ބޮލީވުޑްގެ ހުރިހާ ކަމަކަށް އެންމެ ނުފޫޒު ފޯރުވާ މީހާ ކަމަށެވެ. ނަމަވެސް ކަރަން އެކަމާ ގުޅޭ ގޮތުން އެ ޝޯގައި ކަންގަނާއަށް އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ.

އެހެން ނަމަވެސް ކަރަން ވަނީ ފަހުން ކަންގަނާ އެ ދެއްކި ވާޙަކަތަކަށް ރައްދު ދީފައެވެ. ކަރަން ބުނެފައިވަނީ ޝޯގެ ތެރެއިން އޭނާ އެއްވެސް އެއްޗެކޭ ކަންގަނާއާ ދިމާއަށް ބުނެފައި ނުވަނީ ޝޯގެ މެހެމާނަކަށް ވާތީ ކަމަށެވެ.

ކަރަން ބުނީ ކަންގަނާ ދައްކާ ވާހަކަ އެއްވެސް ވަރަކަށް ހަމަނުޖެހޭ ކަމަށާއި އޭނާއަށް ވެސް އެ ކިޔެނީ ކީކޭ ކަން އިނގޭހެން ހީނުވާ ކަމަށެވެ. ކަރަން ބުނީ އޭނާ ބޭނުން ނަމަ ޝޯ އިން ކަންގަނާ ދެއްކި ވާހަކަ ކަނޑާ ލެވެން ވެސް އޮތް ކަމަށާއި އެކަމަކު އެގޮތަށް ކަންތައް ނުކުރާ ކަމަށެވެ. އަދި ކަންގަނާ އަށް އަބަދު މީހުން ދެރަދީ އަނިޔާދޭ ވާހަކަ އިވިއިވި އޭނާ ފޫހިވެއްޖެ ކަމަށް ވެސް ކަރަން ބުންޏެވެ.

މީގެ އިތުރުން ބޮލީވުޑްގެ މާފިޔާގެ ގޮތުގައި ކަންގަނާ އޭނާ ސިފަކުރާއިރު މިހާތަނަށް އޭނާ ބޮލީވުޑަށް ނެރެފައި ވަނީ އެންމެ ތިން ތަރިން ކަމަށް ކަރަން ބުންޏެވެ. ބޮލީވުޑަށް ނިސްބަތްނުވާ ކުދިން ވެސް އެހެން ފިލްމު އުފައްދާ ފަރާތްތަކުން މި ދާއިރާ އަށް ނެރޭއިރު އެމީހުންގެ ވާހަކަ ކަންގަނާ ނުދެއްކީ ކީއްވެގެންތޯ ބުނެފައި ވެއެވެ.

އަދި މިހިސާބުން ކަންގަނާއާ ދިމާއަށް ކަރަން އެއްޗެހި ކިއުން ނިމުނީކީ ނޫނެވެ. ދާދިފަހުން ބޭއްވި "އައިފާ އެވޯޑް" ގައި ވެސް ކަރަން ވަނީ ކަންގަނާއާ ދިމާއަށް ނުސީދާކޮށް އެއްޗެހި ކިޔާފައެވެ.

ކަރަން އާއި ސައިފް އަލީ ޚާން ހޯސްޓްކުރި"އައިފާ އެވޯޑް" ޝޯ ކުރިއަށް ދިޔަ ވަގުތު އެ ސްޓޭޖް މަތީގައި ހުރި ވަރުން ވެސް ވަނީ އެ ދިމާކުރުމުގައި ބައިވެރިވެފައެވެ.

ވަރުން އަށް އެންމެ މޮޅު ކޮމެޑީ އެކްޓަރުގެ އެވޯޑް ހަވާލުކުރި ވަގުތު ސައިފް ބުނެފައި ވަނީ ވަރުންއަށް ފިލްމީ ދާއިރާއަށް ވަދެވުނީ އޭނާގެ ބައްޕަގެ ނުފޫޒުން ކަމަށެވެ. އެއާ ވިއްދައިގެން ވަރުން ބުނީ ސައިފަށް ފިލްމީދާއިރާއަށް ވަދެވުނީ އޭނާގެ މަންމަގެ ސަބަބުން ކަމަށެވެ.

ކަރަން ވަނީ އޭނާއަށް ފިލްމީ ދާއިރާއަށް ވަދެވުނީ އޭނާގެ ބައްޕަގެ ސަބަބުން ކަމަށް ބުނެފައެވެ. އަދި ތިން މީހުން "ނެޕޯޓިޒަމް ރޮކްސް" އޭ ބުންޏެވެ. އެއާއެކު ސައިފް އާއި ވަރުންވަނީ "ކަބީ ޚުޝީ ކަބީ ޣަމް"ގެ ލަވައެއް ކަމަށްވާ "ބޯލެ ޗޫޅިޔާ ބޯލެ ކަންގަނާ" ލަވަ ކިޔާފައެވެ. މި ލަވަ އެމީހުން ކީ ލަވައިގައި ކަންގަނާގެ ނަން އަންނާތީ އެވެ. އެއާއެކު ކަންގަނާގެ ނަން ނުކިއުމަށް ކަރަން ވަނީ ސައިފް އާއި ވަރުންގެ ކިބައިން އެދިފަ އެވެ.

ފަހުން ކަރަން އާއި ވަރުން ވަނީ އައިފާ އެވޯޑްގައި ކަންގަނާއާ ދިމާކުރެވުނީތީ މާފަށް އެދިފައެވެ. މާފަށް އެދުނީ ގިނަބަޔަކު އެވާހަކަތަކަށް ފާޑު ކިޔައި ހިތްހަމަ ނުޖެހުން ފާޅުކުރަން ފެށުމުންނެވެ.

ވަރުން ބުނެފައިވަނީ އެއްވެސް މީހަކު ދެރަވެ ހިތްހަމަ ނުޖެހޭ ވާހަކައެއް އައިފާ އެވޯޑުގައި ދެއްކުނު ނަމަ މާފަށް އެދޭ ކަމަށެވެ. އަދި ކަރަން ބުނެފައިވަނީ އެވާހަކަތަކަށް މާފަށް އެދޭކަމަށާއި އެކަމުގެ ޒިންމާ އޭނާ ނަގާ ކަމަށެވެ.

އައިފާ އެވޯޑްގައި މިތިން ތަރިންގެ ދިމާކުރުމާ އެކު ވެސް އަދި މިހާތަނަށް ކަންގަނާ އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

18 މެއި 2017

މިފަަހަރު އެމެެރިކާ އިން ސީރިޔާ އާއި ދޭތެރޭ ކަންކުރާނީ ކިހިނެއްބާ؟

18 މެއި 2017
މިފަަހަރު އެމެެރިކާ އިން ސީރިޔާ އާއި ދޭތެރޭ ކަންކުރާނީ ކިހިނެއްބާ؟
15 މެއި 2017

ތަން ތަގެ ރަޓާ ލެބީގެން ނުން މަން މަގެ ރަޓާ އާއި ދާއިރާ ލެބެންނާ

15 މެއި 2017
ތަން ތަގެ ރަޓާ ލެބީގެން ނުން މަން މަގެ ރަޓާ އާއި ދާއިރާ ލެބެންނާ
06 މެއި 2017

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟
26 އެޕްރީލު 2017

ފުރާނައާއި ފުރާނަފުޅު!

26 އެޕްރީލު 2017
ފުރާނައާއި ފުރާނަފުޅު!
24 އެޕްރީލު 2017

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

24 އެޕްރީލު 2017
އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު