Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފެނުގެ ޝިޕްމަންޓް

ރައީސްގެ ރަސްމީ ގެކޮޅުގައި ބޭނުންކުރަން 30 މިލިއަން ޑޮލަރުގެ އަގުބޮޑު ފެން އިމްޕޯޓްކޮށްފި

ދެޝިޕްމަންޓްގަ 96 ކޮންޓެއިނަރ ހިމެނޭއިރު 189،000 ކޭސް ފެން ހިމެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 މާރިޗު 2024 | ހޯމަ 13:35
ރައީސްގެ ދެކަނބަލުން

ރައީސްގެ ދެކަނބަލުން

ޗައިނާގެ ބައެއް ކަމަށްވާ ޓިބެޓުން އުފައްދާ އަގުބޮޑު ފެނުގެ ބްރޭންޑެއްކަމަށްވާ 'ޓިބެޓް 5100' ގެ ފެންތަކެއް މުލިއާގޭގެ ބޭނުމަށް އެތެރެކޮށްފިކަން ކަށަވަރުވެއްޖެއެވެ.

2005 ވަނަ އަހަރު އުފައްދަން ފެށި 'ޓިބެޓް 5100' އަކީ ޓިބެޓުގެ ފަރުބަދަ މަތިން ނަގާ ފެނުން އުފައްދާފައިވާ ފެނުގެ ބްރޭންޑެކެވެ. އަދި ދުނިޔޭގެ އެންމެ އަގުބޮޑު އަދި ލަގްޒަރީ ބްރޭންޑްތަކުގެ ތެރޭގައި މިހާރު ގުނަމުން އަންނަ ބްރޭންޑެކެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް އިތުބާރުހުރު ގޮތަކަށް ކަސްޓަމްސްގެ ތެރެއިން މައުލޫމާތު ލިބިފައިވަނީ ޓިބެޓް ސްޕްރިންގ އަގުބޮޑު މިނަރަލް ވޯޓަރގެ ކޮންޓެއިނަރތަކެއް އެތެރެކޮށްފައިވާ ކަމަށެވެ. ކަސްޓަމްސްއިން މައުލޫމާތު ލިބުނުގޮތުގައި 2 ޝިޕްމަންޓެއް ގެންނަން ވަނީ ނިންމާފައެވެ. 46 ކޮންޓެއިނަރ އަކީ 1 ޝިޕްމަންޓްކަމަށާއި، ޖުމްލަ ދެޝިޕްމަންޓްގަ 96 ކޮންޓެއިނަރ ހިމެނޭއިރު 189،000 ކޭސް ފެން ހިމެނޭކަމަށް ކަސްޓަމްސްގެ ތެރެއިން ވަނީ މައުލޫމާތު ލިބިފައެެވެ.

މިފެނުގެ ބްރޭންޑަކީ ޒިޔާންގް ސްޕްރިންގ5100 އެވެ. 24 ފުޅީގެ ކޭހެއްގެ އަގު މާލެއާ ހަމައަށް ގާތްގަނޑަކަށް 160 ޑޮލަރު ޖެހޭއިރު މުޅި ޝިޕްމަންޓްގެ އަގު 30 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައެވެ. އަދި މި ޝިޕްމަންޓް ހުރީ ރައީސް އޮފީހުގެ ނަމުގައެވެ.

ރާއްޖެއެމްވީއަށް ލިބުނު މި މައުލޫމާތުގެ ސައްހަކަން އިތުރަށް ކަށަވަރުކުރުމަށް ރައީސް އޮފީސް މެދުވެރިކޮށް ހޯދަން އުޅުނު މައުލޫމާތު ލިބޭގޮތްވަނީ ނުވެފައެވެ. އަދި މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރ އިބްރާހިމް ހަލީލަށް މެސެޖްކޮށް ޖަވާބު ނުދެއްވުމުން ފޯނަށް ގުޅައިގެންވެސް ޖަވާބެއް ލިބޭގޮތަށް ވަނީ ނުވެފައެވެ.

ޗައިނާގެ ޓިބެޓުގައި އުފައްދާ ލަގްޒަރީ ފެން މުލީއާގޭގައި ބޭނުންކުރަން އިމްޕޯޓްކޮށްފައިވާއިރު، ދާދި ފަހުން ރައީސްގެ ދެކަނބަލުން ވަނީ ޗައިނާއަށް ދަތުރުފުޅެއްވެސް ކުރައްވާފައެވެ. އަދި މި ދަތުރުފުޅުގައި އަޑިނެނގޭ އެއްބަސްވުތަކެއް ހެދިކަމަށް ވެސް އަޑުފެތުރުނެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
31 ޖެނުއަރީ 2017

ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި

31 ޖެނުއަރީ 2017
ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު