Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންގްލެންޑުގެ ޤައުމީ ޓީމު

ފަރުވާ ހޯދުމަށް ކޭން އެނބުރި ބަޔާނަށް!

އަންގާރަ ދުވަހު އިންގްލެންޑުން ބެލްޖިއަމާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް އޭނާ އަށް ނުކުޅެވޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 މާރިޗު 2024 | އާދީއްތަ 00:27
އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން

އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން

ފައިގެ ކަކުލަށް ލިބިފައިވާ އަނިޔާ އަށް ފަރުވާ ހޯދުމަށް، އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އެނބުރި ބަޔާން މިއުނިކަށް ދާނެ ކަމަށް އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ކޭން އަށް އަނިޔާވީ ޖަރުމަނު ލީގުގައި އެންމެ ފަހުން ބަޔާން މިއުނިކް ކުޅުނު މެޗުގަ އެވެ. އެ މެޗުގައި ކޭންގެ ކަކުލަށް އަނިޔާވީ، ގޯލުގެ ދާގަނޑުގައި ފައި އަޅައިގަނެގެންނެވެ. އެ އަނިޔާގެ ސަބަބުން ކޭން އަށް ޤައުމީ ޓީމުގައި ނުކުޅެވިދާނެ ކަމުގެ ބިރު އޮތެވެ. އިންގްލެންޑުން ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗުގައި ކޭން ނުކުޅެ އެވެ.

ބްރެޒިލް އަތުން އިންގްލެންޑު ބަލިވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ސައުތުގޭޓް ބުނީ، ކަކުލަށް ލިބިފައިވާ އަނިޔާ އަށް ފަރުވާ ހޯދުމަށްޓަކައި ކޭން އެނބުރި ޖަރުމަނަށް ދާނެ ކަމަށެވެ. އެހެންކަމުން އަންގާރަ ދުވަހު އިންގްލެންޑުން ބެލްޖިއަމާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް އޭނާ އަށް ނުކުޅެވޭނެ ކަމަށް ސައުތުގޭޓް ވަނީ ބުނެފަ އެވެ. އޭނާ ބުނީ ޖަރުމަނަށް ދިޔުމަށްފަހު، ކޭން އެންމެ ބޮޑު ސަމާލުކަމެއް ދޭނީ އަނިޔާ އިން ރަނގަޅުވުމަށް ކަމަށެވެ. އަދި އެއަށްފަހު ޔޫރޯ މުބާރާތަށް އެންމެ ފިޓުކޮށް ހުރެ، ދިޔުން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ބްރެޒިލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސައުތުގޭޓް ބުނީ، އެންމެ ބޮޑަށް ވިސްނަނީ މިއަހަރު އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ކަމަށެވެ. އެ މުބާރާތުގައި އޭނާ ބޭނުން ވަނީ އިންގްލެންޑުގެ ހުރިހާ ކުޅުންތެރިން ވެސް އެންމެ ފުރިހަމަ އަށް ތިބެ ކުޅުން ކަމަށާއި، އެހެންކަމުން މިވަގުތު ނިންމުމެއް ނިންމާނީ ވަރަށް ވިސްނުންތެރިކަމާއެކު ކަމަަށް ވެސް ސައުތުގޭޓް ވަނީ ބުނެފަ އެވެ.

މި ސީޒަންގައި ބަޔާނަށް ބަދަލުވެ އޭނާ އަންނަނީ އެ ކުލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ސީޒަންގެ މިހާތަނަށް އޭނާ ވަނީ ބަޔާނަށް 37 ލަނޑު ޖަހައިދީފަ އެވެ. އޭގެ ތެރެއިން 31 ލަނޑަކީ އޭނާ ޖަރުމަނު ލީގުގަައި ޖަހާފައިވާ ލަނޑުތަކެވެ. މި ސީޒަންގެ ޖަރުމަނު ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެއް ވަަނައިގައި މިވަގުތު އޮތީ ވެސް ކޭން އެވެ.

އިންގްލެންޑުގެ ގައުމީ ޓީމުހެރީ ކޭންގެރެތު ސައުތުގޭޓް

އިތުރަށް ކިޔާލަން

04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
15 އޮކްޓޯބަރު 2025

ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

15 އޮކްޓޯބަރު 2025
ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
10 ސެޕްޓެމްބަރު 2025

ސާބިއާ ބަލިކޮށް، އިންގްލެންޑުގެ މޮޅުވުން ކުރިއަށް

10 ސެޕްޓެމްބަރު 2025
ސާބިއާ ބަލިކޮށް، އިންގްލެންޑުގެ މޮޅުވުން ކުރިއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު