Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫއެފާ ޗެމްޕިއަންސް ލީގު

ފަހު ވަގުތު އިންޓަރ މިލާނުން ބަޔާން މިއުނިކް ބަލިކޮށްފި

9 އެޕްރީލު 2025 | ބުދަ 14:00

ބަޔާން މި މެޗުން ބަލިވުމުން ޔޫއެފާ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ބަޔާން މިއުނިކް މެޗަކުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ވަނީ 22 މެޗަށްފަހު ނިމުމަކަށް އައިސްފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 9 އެޕްރީލު 2025 | ބުދަ 14:00
ބަޔާން އާއި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން: އިންޓަގެ ކުޅުންތެރިން ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ

ބަޔާން އާއި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން: އިންޓަގެ ކުޅުންތެރިން ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި އަންގާރަ ދުވަހުގެ ރޭ އިންޓަރ މިލާނާ ދެކޮޅަށް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ބަޔާން މިއުނިކް ބަލިވެއްޖެ އެވެ.

ޖަރުމަނުގެ އެލިއަންޒް އެރީނާގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ބަޔާން މިއުނިކް އިން ވަނީ ރަގަޅަށް ކުޅެ އިންޓަރ މިލާނުގެ ގޯލަށް ނުރައްކާތެރި ހަމަލަތަކެއް ފޮނުވާލާފަ އެވެ. އެގޮތުން އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެ އެވެ.

ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި އިންޓާރ މިލާނުން ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލައިން އެ ޓީމުން ވަނީ ލަނޑެއް ޖަހާ މެޗުގައި ލީޑު ނަގާފަ އެވެ. މި ލަނޑު މެޗުގެ 38 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ލައުޓާރޯ މާޓިނޭޒް އެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނީ 1-0 ގެ ނަތީޖާއަކުން އިންޓަރ މިލާން ކުރީގައި އޮވެގެންނެވެ.

ފަހު ހާފުގައި ނަތީޖާ ބަދަލުކުރުމަށް ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީ ވަނީ ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން މެޗުގެ 74 ވަނަ މިނިޓުގައި ލެރޮއި ސާނޭ އާއި ރަފައެލް ގެރޭރޯގެ ބަދަލުގައި ތޯމަސް މުލާ އާއި ނަބްރީ ވަނީ ކުޅެން އަރުވާފަ އެވެ. މި ބަދަލުތަކާއިއެކު ބަޔާން މިއުނިކް އިންވަނީ އެ ޓީމުން އެޓޭކްތައް އިތުރަށް ވަރުގަދަކޮށްފަ އެވެ.

ބަޔާން މިއުނިކް އިން ވަނީ މެޗުގެ 85 ވަނަ މިނިޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ތޯމަސް މުލާ އެވެ.

ނަމަވެސް އޭގެ ތިން މިނިޓު ފަހުން އިންޓަރ މިލާނުގެ ކައުންޓަރ އެޓޭކެއްގައި ކާލޯސް އޮގަސްޓޯ ނަގައިދިން ހުރަހަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޑޭވިޑް ފްރަޓޭސީ ވަނީ ލަނޑެއް ޖަހާ އިންޓަރ މިލާނަށް މި މެޗުން ކުރި ހޯދަދީފަ އެވެ.

މި ނަތީޖާ އާއިއެކު ޔޫއެފާ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ބަޔާން މިއުނިކް މެޗަކުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ވަނީ 22 މެޗަށްފަހު ނިމުމަކަށް އައިސްފަ އެވެ. ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ބަޔާން މިއުނިކް އަމިއްލަ ދަނޑުގައި ބަލިވެފައިވަނީ 2021 ވަނަ އަހަރު އެވެ.

މި ދެ ޓީމުގެ ދެވަނަ ކުރިމަތިލުން އޮންނާނީ އަންނަ ބުދަ ދުވަހުގެރޭ އިޓަލީގެ ސެންސީރޯ ސްޓޭޑިއަމްގަ އެވެ. މި މެޗުން މޮޅުވާ ޓީމެއް މުބާރާތުގެ ސެމީ ފައިނަލުގައި ބައްދަލުކުރާނީ ބާސެލޯނާ އާއި ބޮރޫޝިޔާ ޑޯޓްމަންޑް އާއި ބައްދަލުކޮށް މޮޅުވާ ޓީމަކާއެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް