Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަން ލީގު

ސެއިންޓް ޕައުލީ ބަލިކޮށް ބަޔާނުން ލީޑު ފުޅާކޮށްފި

މި ކާމިޔާބީއާ އެކު ބަޔާން މިހާރު އެއްވަނައިގައި އޮތީ 27 މެޗުން ލިބިފައިވާ 65 ޕޮއިންޓާ އެކު ހަ ޕޮއިންޓުގެ ލީޑެއްގަ، ބާކީ ހަތް މެޗު އޮތްއިރު 34 ވަނަ ފަހަރަށް ބުންޑެސްލީގާ ކާމިޔާބުކުރުމުގެ ފުރުސަތު ބަޔާނަށް ވަނީ ބޮޑުވެފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 31 މާރިޗު 2025 | ހޯމަ 13:26
ބަޔާން އާއި ސެއިންޓް ޕައުލީ ބައްދަލުކުރި މެޗުގެ ތެރެއިން، ބަޔާންގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާކުރަނީ

ބަޔާން އާއި ސެއިންޓް ޕައުލީ ބައްދަލުކުރި މެޗުގެ ތެރެއިން، ބަޔާންގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާކުރަނީ

ޖަރުމަނު ބުންޑެސްލީގާގެ އެއްވަނައިގައި އޮތް ބަޔާން މިޔުނިކުން ސެއިންޓް ޕައުލީ ބަލިކޮށް،ލީޑު ފުޅާކޮށްފިއެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 3-2 އިންނެވެ.

މެޗުގެ ކުޅުން ފެށިގެން ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ބަޔާނުންނެވެ. އެޓީމަށް މެޗުގެ 17 ވަނަ މިނެޓުގައި ލީޑުނަގައި ދިނީ ހެރީ ކޭންއެވެ. މިއީ މިސީޒަންގައި ކޭން ބަޔާން އަށް ލީގުގައި ކާމިޔާބު ކޮށްދިން 22 ވަނަ ލަނޑެވެ.

ނަމަވެސް، މި ލަނޑު ޖެހިތާ 10 މިނެޓް ފަހުން ސެއިންޓް ޕައުލީން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އެލިއަސް ސާޑެވެ.

މެޗުގެ ފުރަތަމަ ހާފު ދެ ޓީމުން އެއްވަރެއްގައި އޮވެ ނިމުނުއިރު، ދެވަނަ ހާފަށް ކުޅެން އަރައި ބަޔާނުން ދެވަނަ ފަހަރަށް ލީޑު ނެގީ 53 ވަނަ މިނެޓުގައި ލިރޯއި ސާނޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި، 71 ވަނަ މިނެޓްގައި ސާނޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ބަޔާންގެ ލީޑު ފުޅާކޮށް ދީފައެވެ.

ސެއިންޓް ޕައުލީގެ ފަހު ލަނޑު އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލާސް ރިޓްޒްކާއެވެ.

މި ކާމިޔާބީއާ އެކު ބަޔާން މިހާރު އެއްވަނައިގައި އޮތީ 27 މެޗުން ލިބިފައިވާ 65 ޕޮއިންޓާ އެކު ހަ ޕޮއިންޓުގެ ލީޑެއްގައެވެ. ބާކީ ހަތް މެޗު އޮތްއިރު 34 ވަނަ ފަހަރަށް ބުންޑެސްލީގާ ކާމިޔާބުކުރުމުގެ ފުރުސަތު ބަޔާނަށް ވަރަށް ބޮޑެވެ.

މި މުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ބޮރޫޝިއާ މުންޗެންގްލަޑްބެކުން ވަނީ 1-0 އިން އާރްބީ ލެއިޕްޒިގް ބަލިކޮށްފައެވެ. އަދި، އެއިންޓްރެކްޓް ފްރޭންކްފާޓުން ވަނީ 1-0 އިން ސްޓުޓްގާޓް ބަލިކޮށްފައެވެ.

ވާޑާ ބްރޭމަންއާއި ހޯލްސްޓެއިން ބައްދަލުކުރި މެޗު 3-0 އިން ބްރޭމަންއިން ކާމިޔާބުކުރިއިރު ހެއިޑެންހެއިމްއާއި ވުލްފްސްބާގް ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކޮށްފައިވަނީ ހެއިޑެންހެއިމުންނެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު