Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފްރާންސްގެ ޤައުމީ ޓީމު

އެމްބާޕޭ ބުނީ ޔޫރޯގެ ކުރިން ނިންމުން ހާމަ ކުރާނެ ކަމަށް!

އެއްބަސްވުން އިތުރަށް އައު ނުކުރާނެކަން އެމްބާޕޭ އޮތީ ޕީއެސްޖީ އަށް އަންގައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 މާރިޗު 2024 | ހޮނިހިރު 00:18
ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ އެމްބާޕޭ

ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ އެމްބާޕޭ

މިއަހަރުގެ ޖަރުމަނުގައި ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުރިން، މުސްތަޤުބަލާމެދު ނިންމާ ގޮތެއް ހާމަކުރާނެ ކަމަށް ފްރާންސްގެ ކީލިއަން އެމްބާޕޭ ބުނެފި އެވެ.

އެމްބާޕޭ މިހެން ބުނީ ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗުގައި ފްރާންސް އިން ޖަރުމަނާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އެމްބާޕޭ އެ ކުލަބާއެކު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި ސީޒަންގެ ނިޔަލަށެވެ. ނަމަވެސް އެއްބަސްވުން އިތުރަށް އައު ނުކުރާނެކަން އެމްބާޕޭ އޮތީ ޕީއެސްޖީ އަށް އަންގައިފަ އެވެ. ޕީއެސްޖީން ވަނީ އެމްބާޕޭގެ ނިންމުމަށް އިޙުރިރާމް ކުރާނެ ކަމަށް ވެސް ބުނެފަ އެވެ. އެއަށްފަހު އެމްބާޕޭ މަސައްކަތް ކުރަމުން އަންނަނީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާން ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެމްބާޕޭ ބުނީ، މުސްތަޤުބަލާމެދު އޭނާ ވަކި ގޮތެއް ނުނިންމާ ކަމަށާއި، އެހެންކަމުން ހާމަކުރަން ޖެހޭ ވަކި ނިންމުމެއް ވެސް ނެތް ކަމަށެވެ. އެމްބާޕޭ ބުނީ މުސްތަޤުބަލާމެދު އިއުލާން ކުރަން ޖެހޭ ކަމެއް އޮވެއްޖެ ނަަމަ، އެކަން އޭނާ ކުރާނެ ކަމަށާއި، އެކަން ކުރާނީ މީހުން އެކަން ކުރާ ގޮތަށް ކަމަށެވެ. އަދި އަބަދު ވެސް އެ ވާހަކަ ބުނަމުން އަންނަ ކަމުގައި އެމްބާޕޭ ވަނީ ބުނެފަ އެވެ. އިތުރަށް އެމްބާޕޭ ބުނީ، ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުރިން އޭނާގެ މުސްތަޤުބަލާމެދު ގޮތެއް ނިންމޭނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށާއި، އެ ހިސާބުން އެ ނިންމުމެއް ވެސް ހާމަ ކުރާނެ ކަމަށެވެ.

މޮނާކޯ ދޫކޮށް 2017 ވަނަ އަހަރު ޕީއެސްޖީ އަށް ބަދަލުވި އެމްބާޕޭ ވަނީ މިހާތަނަށް އެ ކުލަބަށް 297 މެޗު ކުޅެދީ 250 ލަނޑު ޖަހައިފަ އެވެ. އެމްބާޕޭ އަކީ ޕީއެސްޖީ އަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ.

ޕީއެސްޖީކީލިއަން އެމްބާޕޭ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑުން، ފަހަތުން އަރައި ރެއާލް މޮޅުވެއްޖެ

އެމްބާޕޭގެ ދެ ލަނޑުން، ފަހަތުން އަރައި ރެއާލް މޮޅުވެއްޖެ

17 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު