Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންގްލެންޑުގެ ޤައުމީ ޓީމު

އަނިޔާގެ ސަބަބުން ދެ މެޗުގައި ވެސް ކޭން އަށް ނުކުޅެވި ދާނެ!

މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ކޭން އަށް އަނިޔާވީ ޖަރުމަނު ލީގުގައި އެންމެ ފަހުން ބަޔާން މިއުނިކް ކުޅުނު މެޗުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 މާރިޗު 2024 | ހުކުރު 23:57
ލިބުނު އަނިޔާގެ ސަބަބުން ކޭން ދަނޑު މަތީގައި

ލިބުނު އަނިޔާގެ ސަބަބުން ކޭން ދަނޑު މަތީގައި

އަނިޔާގެ ސަބަބުން، އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އަށް ކުރިއަަށް އޮތް ދެ މެޗުގައި ވެސް ނުކުޅެވިދާނެ ކަމަަށް އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ކޭން އަށް އަނިޔާވީ ޖަރުމަނު ލީގުގައި އެންމެ ފަހުން ބަޔާން މިއުނިކް ކުޅުނު މެޗުގަ އެވެ. އެ މެޗުގައި ކޭންގެ ކަކުލަށް އަނިޔާވީ، ގޯލުގެ ދާގަނޑުގައި ފައި އަޅައިގަނެގެންނެވެ. އެ އަނިޔާގެ ސަބަބުން ކޭން އަށް ޤައުމީ ޓީމުގައި ނުކުޅެވި ދާނެ ކަމުގެ ބިރު އޮތެވެ.

ބައިނަލްއަޤުވާމީ ރަޙުަމަތްތެރިކަމުގައި އިންގްލެންޑުން ބްރެޒިލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސައުތުގޭޓް ބުނީ، ހޮނިހިރު ދުވަހުގެ ރޭ ބްރެޒިލާ ދެކޮޅަށް ކުޅޭ މެޗުގައި ޔަގީނުން ވެސް ކޭން އަށް ނުކުޅެވޭނެ ކަމަށެވެ. އަދި އޭގެ ފަހުން ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ ދެ ވަނަ މެޗުގައި ވެސް ކޭން އަށް ނުކުޅެވޭނެ ކަމުގެ ބިރު ވަރަށް ބޮޑު ކަމަށް އޭނާ ބުންޏެވެ. ސައުތުގޭޓް ބުނީ، ލިބުނު އަނިޔާ އިން ކޭން އެއްކޮށް ރަނގަޅު ނުވާ ކަމަށާއި، އެންމެ ފުރިހަމަ އަށް ކޭން ފިޓު ނުވަނީސް އޭނާ ލައްވާ ކުޅުވަން ބޭނުން ނުވާ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ އެންމެ ބޮޑަށް ވިސްނަނީ މިއަހަރު އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ކަމަށެވެ. އެ މުބާރާތުގައި އޭނާ ބޭނުން ވަނީ އިންގްލެންޑުގެ ހުރިހާ ކުޅުންތެރިން ވެސް އެންމެ ފުރިހަމަ އަށް ތިބެ ކުޅުން ކަމަށާއި، އެހެންކަމުން މިވަގުތު ނިންމުމެއް ނިންމާނީ ވަރަށް ވިސްނުންތެރިކަމާއެކު ކަމަަށް ވެސް ސައުތުގޭޓް ވަނީ ބުނެފަ އެވެ.

މި ސީޒަންގައި ބަޔާނަށް ބަދަލުވެ އޭނާ އަންނަނީ އެ ކުލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ސީޒަންގެ މިހާތަނަށް އޭނާ ވަނީ ބަޔާނަށް 37 ލަނޑު ޖަހައިދީފަ އެވެ. އޭގެ ތެރެއިން 31 ލަނޑަކީ އޭނާ ޖަރުމަނު ލީގުގަައި ޖަހާފައިވާ ލަނޑުތަކެވެ. މި ސީޒަންގެ ޖަރުމަނު ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެއް ވަަނައިގައި މިވަގުތު އޮތީ ވެސް ކޭން އެވެ.

އިންގްލެންޑުގެ ގައުމީ ޓީމުހެރީ ކޭން

ކޮމެންޓް

އިތުރަށް ކިޔާލަން

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

15 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ސާބިއާ ބަލިކޮށް، އިންގްލެންޑުގެ މޮޅުވުން ކުރިއަށް

ސާބިއާ ބަލިކޮށް، އިންގްލެންޑުގެ މޮޅުވުން ކުރިއަށް

10 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު