Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގދ ތިނަދޫ

ހުވަދު އަތޮޅު ރައީސް ޔާމީނާ ދެކޮޅަށް ތެދުވެ ބޮޑު މުޒާހަރާއެއް ކޮށްފި

މުޒާހަރާގައި ޕީޕީއެމްގެ އިސްމީހުން ބައިވެރިވި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 4 އޯގަސްޓު 2017 | ހުކުރު 22:54
ގދ ތިނަދޫގައި ހުކުރު ދުވަހު ބޭއްވި ބޮޑު މުޒާހަރާގެ ތެރެއިން

ގދ ތިނަދޫގައި ހުކުރު ދުވަހު ބޭއްވި ބޮޑު މުޒާހަރާގެ ތެރެއިން

ސަރުކާރުގެ އަނިޔާވެރިކަން ހުއްޓާލައި، ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާ ސިޔާސީ ލީޑަރުންނާއި މަޖިލީހުގެ މެމްބަރުން ދޫކޮށްލުމަށް ގޮވާލައި ހުވަދު އަތޮޅުގެ ބައެެއް ރަށްރަށުގައި ބޮޑު މުޒާހަރާއެއް ކޮށްފި އެވެ.

މުޒާހަރާތައް ބޭއްވި ރަށްތަކަކީ ގދ. ތިނަދޫ އާއި ގައްދު އާއި، ގއ. ވިލިނގިލި އަދި ކޮލަމާފުއްޓެވެ.

މި މުޒާހަރާތަކުގެ ބޯޑުތަކުގައި ފާޅުކޮށްފައިވާ ޝުއޫރު ތަކުގެ ތެރޭގައި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދޫކޮށާއި ސަރުކާރުން އަނިޔާ ކުރަމުންދާ ކަމަށާއި ކޮރަޕްޝަން އިންތިހާއަށް ގޮސްފައިވާ ކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އިސްތިއުފާ ދިނުމަށް ގޮވާލާފައިވެ އެވެ. ރައީސް އަބްދުﷲ ޔާމީނަށް ރައްޔިތުންގެ ތާއީދެއް ނެތްކަމަށާއި މަޖިލީހާއި ޖުޑީޝަރީ ހިސޯރުކޮށްފައިވާ ކަމަށް ބުނެ އެތަންތަން މިނިވަން ކުރުމަށް ވެސް ގޮވާލާފައި ވެއެވެ. ރައީސް ޔާމީން އިސްތިއުފާ އަށްވެސް ގޮވާލި އެވެ.

ތިނަދޫގައި ބޭއްވި މުޒާހަރާގައި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ ހުވަދު އަތޮޅު މިވަނީ ރައީސ ޔާމީނާ ދެކޮޅަށް ތެދުވެފައި ކަމަށާއި މިސަަރުކާރު ހަމަމަގަށް އަޅުވާފައި ނޫނީ ހުވަދު އަތޮޅުން ހުއްޓާ ނުލާނެ ކަމަށެވެ. އަދި ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް ރައީސް ޔާމީންގެ ތާއީދު ނެތްކަން ވަރަށް ސާފުކޮށް ތިނަދޫން ވާނީ ބުނެދީފައި ކަމަށާއި ރާއްޖޭގެ ޤާނޫން އަސާސީއާ ޤާނޫންތަކަށް ބޯ ނުލަނބާނަމަ ރައީސް ޔާމީންގެ ސަރުކާރު ބަދަލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވާހަކަ ދެއްކެވި އެހެން ބޭފުޅުންވެސް ވަނީ ހުވަދު އަތޮޅު މިސަރުކާރާއި ރައީސް ޔާމީންއާ ދެކޮޅަށް ތެދުވެފައި ކަމަށާއި ހަވަރު މިވަނީ އެއްވެފައި ކަމަށެވެ. ހައްޔަރުކޮށްފައިވަނީ ހުވަދު އޮތޮޅުގެ ދަރިންގެ ގޮތުގައި ތިބި މެންބަރުން ތަކެއް ކަމަށާއި އެމެންބަރުންނަށް ނުހައްޤުން އަނިޔާކުރުން ހުއްޓާލަން ޖެހޭ ކަމަށް މުޒާހަރާގައި ގޮވާލި އެވެ.

ހުވަދު އަތޮޅުގެ ރަށްތަކުގައި ބޭއްވި މުޒާހަރާތަކުގައި ރައީސް ޔާމީނަށާއި ޕީޕީއެމަށް ތާއީދުކުރި އިސްފަރާތްތައް ވެސް ބައިވެރިވި އެވެ. އެފަރާތްތަކުން ބުނީ ސަރުކާރުން ކަންކުރާގޮތުން މިސަރުކާރަށް މިހާރު ތާއީދު ނުކުރާ ކަމަށާއި ކުރިއަށްއޮތްތަނުގައިވެސް ސަރުކާރާ ދެކޮޅަށް ހިންގޭ ހުރިހާ ހަރަކާތެއްގައިވެސް ބައިވެރިވާނެ ކަމަށެވެ.

ދާދިއަވަހަށް މުޅި ހުވަދު އަތޮޅުން އެއްތަނެއްގައި މުޒާހަރާ ކުރުމަށް ވިސްނަމުންދާ ކަމަށް ތިނަދީގައި ބޭއްވި މުޒާހަރާގައި އިއުލާނުކުރި އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު