Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީން އިސްރާއީލް ހަނގުރާމަ

"ޣައްޒާގައި މިހާރު "ނޯމަލް ސައިޒުގެ" ކުއްޖަކު އުފަނެއް ނުވޭ"

ޣައްޒާގައި މިހާރު އުފަންވާ ތުއްތު ކުދިންގެ ތެރޭގައި، ޢުމުރާ އެކަށީގެންވާ މިންވަރަށް ބޮޑުވެފައި ވާ ކުދިންނެއް ނުފެނޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 21 މާރިޗު 2024 | ބުރާސްފަތި 17:32
ޤަތުލުއާންމުގައި 5 މަސް ދުވަސް ފާއިތުވެ، 6 ވަނަ މަހަކާ ގާތް ވަމުން ދާ އިރު، ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް 1.35 ޕަސެންޓް މީހުންގެ ފުރާނަ ވަނީ ގެއްލިފައި

ޤަތުލުއާންމުގައި 5 މަސް ދުވަސް ފާއިތުވެ، 6 ވަނަ މަހަކާ ގާތް ވަމުން ދާ އިރު، ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް 1.35 ޕަސެންޓް މީހުންގެ ފުރާނަ ވަނީ ގެއްލިފައި

ނިރުބަވެރި ޔަހޫދީންގެ ވަކިތަކުގެ ޝިކާރައަކަށް ވެފައި އޮތް ފަލަސްޠީނުގެ ޣައްޒާގެ ރަށްވެހިން މިއަދު ތިބި ޙާލަތު ވަޒަންކޮށްލަންވެސް ދައްޗެވެ. ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލާން ކަމަށް ބުނެ، އިޒްރޭލުން ހިންގަމުން ގެންދާ ޤަތުލުޢާންމާއެކު އުފެދިފައި އޮތް އިންސާނީ އަދި ޞިއްޙީ ކާރިޘާގައި އެންމެ ބޮޑު ތަކުލީފެއް އުފުލަމުން ދާ އެއް ބަޔަކީ ޣައްޒާގައި ތިބި މާބަނޑު މީހުންނެވެ. އެޔެއް މިޔެއް ބެލުމެއް ނެތި، އެއްގަމާއި، ކަނޑާއި، ވައިގެ މަގުން ދެމުންދާ ގެންދާ ޢުދުވާނީ ޙަމަލާތަކުގެ ސަބަބުން އެކަންޏެއް ނޫނެވެ. ދިރިއުޅުން ވެއްޓިފައި އޮތް އަނދަވަޅުގެ ތެރޭގައި، ދަރިއަކު މި ދުނިޔެއަށް އުފަން ކުރުމުގެ އިންތިހާ ބިރެވެ.

އާބާދީއާ ބެހޭ އދގެ ޖަމިއްޔާ (ޔޫއެންއެފްޕީއޭ)ގެ ފަރާތުން ފަލަސްޠީނަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު، ޑޮމިނީކް އެލެން ވިދާޅުވި ގޮތުގައި، ޣައްޒާގައި މިހާރު އުފަންވާ ތުއްތު ކުދިންގެ ތެރޭގައި، ޢުމުރާ އެކަށީގެންވާ މިންވަރަށް ބޮޑުވެފައި ވާ ކުދިންނެއް ނުފެނެއެވެ. ސަބަބަކީ އިޒްރޭލުން ދެމުންދާ ޙަމަލާތައް ކަމަށްވެސް އެލެން ވަނީ ވިދާޅުވެފައެވެ. އދގެ އޮފިޝަލަކު މިފަދައިން ވިދާޅުވެފައި މި ވަނީ، ޣައްޒާގައި ދުވަސްތަކެއް ހޭދަ ކުރެއްވުމަށްފަހު ޤުދުސްއަށް ވަޑައިގެން، ވީޑިއޯ މެދުވެރިކުރައްވާ، ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލުން ޤަތުލުއާންމު ހިންގަން ފެށި ޣައްޒާއަކީ ގާތްގަނޑަކަށް 2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ރަށެކެވެ. ޤަތުލުއާންމުގައި 5 މަސް ދުވަސް ފާއިތުވެ، 6 ވަނަ މަހަކާ ގާތް ވަމުން ދާ އިރު، ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް 1.35 ޕަސެންޓް މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. ބާކީ ތިބި އެންމެންހެން ދެކުނުގެ ރަފަޙަށް ބަދަލުވެފައި ވާ އިރު، ޣައްޒާގައި މިހާރު ތިބި މިލިއަނެއްހާ އަންހެނުންނާއި އަންހެން ކުދިންނާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އެލެން ވަނީ ވިދާޅުވެފައެވެ. ކޮންމެ ދުވަހަކީވެސް ޣައްޒާގައި 180 ވަރަކަށް މީހުން ވިހާ ދުވަހަކަށް ވާ އިރު، ވަކިން ޚާއްޞަ އެ މީހުންނާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އެލެން ވިދާޅުވިއެވެ.

ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފް)އިން ދާދި ފަހުން ޢާންމު ކުރި ރިޕޯޓެއްގައި، މި ހިނގާ މަރޗް މަހު ޣައްޒާގައި ވިހާނެ ކަމަށް ލަފާ ކުރާ 5500 އެއްހާ އަންހެނުންނަށް ލިބޭ ދަރިންގެ ފުރާނައަށް ނުރައްކާވެ، މަރުވުމުގެ ފުރުޞަތު ބޮޑު ވެފައި ވާ ކަމުގެ އިންޒާރު ވަނީ ދީފައެވެ. އެއީ އިޒްރޭލުގެ ޤަތުލުއާންމުގެ ޢުދުވާންތަކުގެ ސަބަބުން އެކަށީގެންވާ ޞިއްޙީ ފަރުވާ ނުލިބުމުގެ ސަބަބުންނެވެ. މާބަނޑު ދުވަސްވަރާއި ވިހައިގެން ދޭންޖެހޭ ފަރުވާތައް ނުލިބުމުގެ ސަބަބުންނެވެ. އޭގެ އިތުރަށް، ސަލާމަތް ހޯދުމުގެ ނިޔަތުގައި އެއްތަނުން އަނެއް ތަނަށް ހިޖުރަ ކުރަން މަޖުބޫރު ވުމާއި، އެކަމުގެ ސަބަބުން ކުރިމަތިލާން ޖެހޭ އިންތިހާ ހާސްކަމާއި ނުތަނަވަސްކަމާ ހެދި ދުވަސް ނުފުރާ ވިހަންޖެހުންވެސް ހިމެނޭ ކަމަށް ޔޫއެންއެފްޕީއޭއިން ވަނީ ފާހަގަ ކޮށްފައެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

07 ޖޫން 2025
ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

16 މެއި 2025
ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

15 މެއި 2025
އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

20 މާރިޗު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު