Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވާނުވާގައި ތިބޭ ބަންދު މީހުން

ޝަރީއަތް ނިމެންދެން ގާތްގަނޑަކަށް 300 ވަރަކަށް މީހުން އަބަދުވެސް ބަންދުގައި ތިބޭ: ޕީޖީ ޝަމީމް

އެއީ 4 ބާވަތެއްގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުން

އަމްނާ އިމާދު
އަމްނާ އިމާދު | 2 ޑިސެމްބަރު 2023 | ހޮނިހިރު 07:49
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވާހަކަދައްކަވަނީ

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވާހަކަދައްކަވަނީ

ޝަރީއަތް ނިމެންދެން ގާތްގަނޑަކަށް 300 ވަރަކަށް މީހުން އަބަދުވެސް ބަންދުގައި ތިބޭ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ ވާނުވާއަކީ ޖަލުގައި ތިބޭ މީހުން ކިޔަން ފެށި އެއްޗެއް ކަމަށާއި، ދައުވާއެއް ކޯޓަށް ހުށަަހެޅުމަށްފަހު ޖިނާއީ އިޖުއާރަތުގެ ގާނޫނުގެ 161 ވަނަ މާއްދާގައި ތާވަލެއް ދޭން ބުނެފައިވާ ކަމަށެވެ. އެހެންކަމުން ޝަރީއަތް އޮތް ދުވަސް އެނގޭނެ ކަމަށާއި، އަޑުއެހުމަށްފަހު ދެން އޮންނަނީ ކޮންކަމަކާއި ގުޅޭ އަޑު އެހުމެއްކަން ވެސް އެނގޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ގާނޫނުގައި ވާނުވާއެއް ނޯންނާނެ ކަމަށެވެ.

ގާތްގަނޑަކަށް 300 ވަރަކަށް މީހުން އަބަދުވެސް ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ އެއީ 4 ބާވަތެއްގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުން ކަމަށެވެ. ޝަމީމް ވިދާޅުވީ ކޮންމެ ދުވަހަކު ވެސް އެމީހުން މޮނިޓަރ ކުރާ ކަމަށާއި، ބަންދުގައި ތިބީ ކޮންބައެއްކަން ވެސް އެނގޭ ކަމަށެވެ.

4 ބާވަތުގެ ކުށަށް އިޝާރާތް ކުރައްވައި ޝަމީމް ވިދާޅުވީ އެއީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ކަމަށް ތުހުމަތުކުރެވޭ މީހުންނާއި، ޓެރަރިޒަމްގެ ކުށެއްގެ ތުހުމަތުގައި ތިބޭ މީހުންނާއި، މީހުން މެރުމުގެ ދައުވާކޮށްފައި ތިބި މީހުން އަދި ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި ވިއްކާ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށެވެ. މިފަދަ މީހުން މުޖުތަމައުއަށް ދޫކޮށްލުމުން ބައެއް ފަހަރު ކުށް ތަކުރާރުވެފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މައްސަލަތައް ހައްލުނުވާތީ އެކަމަށް އިޝާރާތް ކުރައްވައި ޝަމީމް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މި ދައުރުގައި ދެފަހަރަކު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނެވިފައިވާ ކަމަށާއި، އެގާނޫނަށް އިސްލާހު ގެނެސްގެން ބޭނުންވާ ނަތީޖާ ނުނެރެވޭ ކަމަށެވެ.

މީގެ އިތުރުން ޝަމީމް ވިދާޅުވީ ފަނޑިޔާރުންނަށް އިތުބާރު ކުރާ ކަމަށާއި، އެއީ ގާބިލް ބޭފުޅުން ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގައި ޖާގައެއް ނެތް ކަމަށާއި، ވަސީލަތެއްވެސް ނެތް ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ވާނުވާގެ މައްސަލަތައް ހައްލުކުރެވެން އޮތީ ކޯޓަށް ވަސީލަތްތައް ދެވިގެން ކަމަށެވެ

އެހެންކަމުން ކޯޓުގައި ހުރި މައްސަލަތައް އަވަހަށް ނިންމުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް މި ސަރުކާރަށް ދަންނަވާފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ.

ހުސައިން ޝަމީމްޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް

29 ސެޕްޓެމްބަރު 2025
ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް
03 އޮކްޓޯބަރު 2024

ޝަމީމަށް ޙަމަލާދިން މައްސަލަ: ދައުވާތައް ސާފުކޮށްދިނުމާއި ދައުވާތަކަށް ޖަވާބުދާރީވުން ދެން އޮންނަ އަޑުއެހުމެއްގައި

03 އޮކްޓޯބަރު 2024
ޝަމީމަށް ޙަމަލާދިން މައްސަލަ: ދައުވާތައް ސާފުކޮށްދިނުމާއި ދައުވާތަކަށް ޖަވާބުދާރީވުން ދެން އޮންނަ އަޑުއެހުމެއްގައި
01 އޮކްޓޯބަރު 2024

ކުރީގެ ޕީޖީ ޝަމީމްގެ މަސައްކަތަށް، އައު ޕީޖީ އައްބާސްގެ ތައުރީފު

01 އޮކްޓޯބަރު 2024
ކުރީގެ ޕީޖީ ޝަމީމްގެ މަސައްކަތަށް، އައު ޕީޖީ އައްބާސްގެ ތައުރީފު
27 އޯގަސްޓު 2024

ބޭންކުން ބަޣާވަތް ކުރިިިކަމަށް ބުނާ މައްސަލައިގައި އަސްލު ތުހުމަތު ރައްދުވާ ފަރާތް ސާފުވާން ޖެހޭނެ: ޝަމީމް

27 އޯގަސްޓު 2024
ބޭންކުން ބަޣާވަތް ކުރިިިކަމަށް ބުނާ މައްސަލައިގައި އަސްލު ތުހުމަތު ރައްދުވާ ފަރާތް ސާފުވާން ޖެހޭނެ: ޝަމީމް
23 ޖުލައި 2024

ރައީސް އޮފީހުގެ މައްސަލައެއް ޕީޖީ ފުލުހަށް ހުށަހެޅިތަނާ "އިއްތިފާޤަކުން" ސަރުކާރު މެމްބަރުން ޕީޖީ ބޭރު ކުރައްވާނެކަމުގެ އިންޒާރުދީފި

23 ޖުލައި 2024
ރައީސް އޮފީހުގެ މައްސަލައެއް ޕީޖީ ފުލުހަށް ހުށަހެޅިތަނާ "އިއްތިފާޤަކުން" ސަރުކާރު މެމްބަރުން ޕީޖީ ބޭރު ކުރައްވާނެކަމުގެ އިންޒާރުދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު