Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޔާން މިއުނިކް

އެބާލް ވިދާޅުވީ ހިލޭ ކުޅުންތެރިން ދޫކޮށްލަން ބޭނުން ނުވާ ކަމަށް

އޭނާ ވިދާޅުވީ، ބަޔާންގައި ތިބެން ކުޅުންތެރިން ބޭނުންނުވާ ނަމަ، ކުރީ ބައިގެ ތެރޭގައި ނިންމުމެއް ނިންމަން ވެސް ޖެހޭނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 މާރިޗު 2024 | ބުރާސްފަތި 00:36
ބަޔާންގެ ޑައިރެކްޓަރު އެބާލް

ބަޔާންގެ ޑައިރެކްޓަރު އެބާލް

އެއްވެސް ކުޅުންތެރިޔަކު، ހިލޭ ދޫކޮށްލަން ބޭނުން ނުވާ ކަަމަށް ބަޔާން މިއުނިކްގެ ޑައިރެކްޓަރު މެކްސް އެބާލް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ބަޔާންގައި ތިބި ކުޅުންތެރިންގެ ތެރެއިން، އެއްބަސްވުމުގެ މުއްދަތު ހަމަވާން ކައިރިވެފައިވާ ކުޅުންތެރިންނާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ބަޔާނަށް ކުޅެމުން އަންނަ ކެނެޑާގެ ޑިފެންޑަރު އަލްފަންސޯ ޑޭވިސް، ޖަރުމަނުގެ ލެރޯއީ ސާނޭ، ޔޯޝުއާ ކިިމިކް، ތޯމަސް މުލާ އަދި މެނުއަލް ނޯޔާ ފަދަ ކުޅުންތެރިން ހިމެނެ އެވެ. ބަޔާނާއެކު މި ކުޅުންތެރިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މީގެ ތެރެއިން ބައެއް ކުޅުންތެރިންނަށް ބަޔާނުން ވަނީ އައު އެއްބަސްވުމެއް ވެސް ހުށަހަޅައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެބާލް ވިދާޅުވީ، އެއްބަސްވުން އައު ކުރަން ކުޅުންތެރިން ދެކޮޅު ހަދާ ނަމަ، އެ ކުޅުންތެރިން ހިލޭ ދޫކޮށްލަން އެއްވެސް ކުލަބަކުން ބޭނުން ނުވާނެ ކަމަށެވެ. އެކަން ފާހަގަކޮށް އޭނާ ވިދާޅުވީ، ބަޔާންގައި ތިބެން ކުޅުންތެރިން ބޭނުންނުވާ ނަމަ، ކުރީ ބައިގެ ތެރޭގައި ނިންމުމެއް ނިންމަން ވެސް ޖެހޭނެ ކަމަށެވެ.

އަބަދު ވެސް ކުލަބުން މަސައްކަތް ކުރާނީ ކުޅުންތެރިންގެ ކުރިއެރުމާއި، ކުލަބުގެ ވެސް ކުރިއެރުމަށް ކަމަށް އެބާލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބަޔާންގެ އަމާޒަކީ މުހިންމު ކުޅުންތެރިން ޓީމުގައި ބޭތިއްބުން ކަމަށާއި، އެކަމަށްޓަކައި ކުލަބުގެ ފަރާތުން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން ގެންދާނެ ކަމަށެވެ. ނަމަވެސް އެއީ ހަަމައެކަނި ކުލަބުން ބޭނުންވާ ގޮތަށް ނިމޭނެ ކަންކަމެއް ނޫން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އިތުރަށް އެބާލް ވިދާޅުވީ ބަޔާނުން މަސައްކަތް ކުރަމުން އަންނަނީ ޕްލޭނަަކަށް މަޝްވަރާ ކުރުމަށްފަހު، އެކަމުގެ ދަށުން ކަމަށެވެ. އަދި ކުލަބުން ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލު ކުރުމަށް އަބަދުމެ މަސައްކަތް ކުރަމުން ދާނެ ކަމުގައި ވެސް އެބާލް ވިދާޅުވި އެވެ. އެކަމަށްޓަކައި އައު ކުޅުންތެރިން ހޯދަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެކަން ފާހަގަކޮށް އެބާލް ވިދާޅުވީ، އަބަދު މޮޅެތި ކުޅުންތެރިން ހޯދުމަކީ ވެސް އެންމެ ފުރިހަމަ ޙައްލު ނޫން ކަމަށެވެ.

ބަޔާން މިއުނިކްމެކްސް އެބާލް

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު