Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގުޅީފަޅުގެ މަސައްކަތް

ގުޅީފަޅުން 127 ހެކްޓަރުގެ ބިން މިހާތަނަށް ހިއްކިފައިވޭ: މިިނިސްޓަރު

20 މާރިޗު 2024 | ބުދަ 11:31

ބާކީ 1.3 މިލިއަން ހެކްޓަރުގެ ބިން އަދިވެސް ހިއްކަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 20 މާރިޗު 2024 | ބުދަ 11:31
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ގުޅީފަޅުން 127 ހެކްޓަރުގެ ބިން މިހާތަނަށް ހިއްކިފައިވާކަމަށް، ކޮންސްޓްރަކްޝަން މިިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގުޅީފަޅު މަޝްރޫއާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، މާޗު 17 2024ގެ ނިޔަލަށް 16.7 މިލިއަން ކިއުބިކް މީޓަރުގެ ވެލި އެޅިފައިވާ ކަމަށެވެ. އަންދާޒާކުރެވޭ ގޮތުގައި އެއީ 127.9 ހެކްޓަރުގެ ބިންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ބާކީ 1.3 މިލިއަން ހެކްޓަރުގެ ބިން އަދިވެސް ހިއްކަންޖެހޭ ކަމަށެވެ. ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި، ބޮސްކާލިސްއާ މިހާރު ހަވާލުކުރެވިފައި އޮތް މިންވަރަށް ބިން ހިއްކޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ގުޅީފަޅުން އިތުރަށް 85 ހެކްޓަރު އަދި ހިއްކަވާނެކަމަށް ވިދާޅުވެފައެވެ. އެ މަސައްކަތް މިހާރުގެ ކޮންޓްރެކްޓުގައި ހިމެނޭ ބައި ނިމުމުން ކުރިއަށްދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މާލެއާ ގާތްގަނޑަކަށް ހަތަރު ކިލޯމީޓަރު ދުރުގައި އޮތް ގުޅީފަޅު ތަރައްގީކުރުމުގެ މަސައްކަތަކީ މިދިޔަ ސަރުކާރުގެ ސްޓްރެޓީޖިކް ޕްލޭންގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ނެދަލެންޑްސްގެ ބޮސްކާލިސްއާ ހަވާލުކޮށްފައިވަނީ ގުޅީފަޅުން 6 މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމަށެވެ. އަދި 53 މިލިއަން ޑޮލަރަށް އެ މަޝްރޫއު ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި ހިއްކުމަށެވެ.

ބޮސްކާލިސްއަކީ ފާއިތުވި އަހަރުތަކުގައި މިފަދަ މަސައްކަތްތައް ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮށްފައިވާ ކުންފުންޏެކެވެ. އެގޮތުން 2004 ވަނަ އަހަރު ސުނާމީއަށްފަހު ވިލުފުއްޓާއި ވިލިނގިލީގެ ރީކޮންސްޓްރަކްޝަންގެ މަސައްކަތާއި، 2010ން ފެށިގެން ގުޅީފަޅުގެ މަސައްކަތްތައް އެ ކުންފުނިން ވަނީ ކޮށްފައެވެ.

ގުޅީފަޅު

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
12 އޮކްޓޯބަރު 2025

ގިރާވަރުގެ ބައެއް ގޯތި ރަސްމާލެއަށް ބަދަލު ކުރާނެ ކަމުގެ އިޝާރާތެއް ސަރުކާރުންދީފި

12 އޮކްޓޯބަރު 2025
ގިރާވަރުގެ ބައެއް ގޯތި ރަސްމާލެއަށް ބަދަލު ކުރާނެ ކަމުގެ އިޝާރާތެއް ސަރުކާރުންދީފި
12 އޮކްޓޯބަރު 2025

މި ސަރުކާރަށް ޗޮއިސް އެއް ލިބުނު ނަމަ ގުޅީފަޅު ވެސް ހިއްކުން ހުއްޓާލާނެ: އަސްލަމް

12 އޮކްޓޯބަރު 2025
މި ސަރުކާރަށް ޗޮއިސް އެއް ލިބުނު ނަމަ ގުޅީފަޅު ވެސް ހިއްކުން ހުއްޓާލާނެ: އަސްލަމް
17 ސެޕްޓެމްބަރު 2025

އަމިއްލަ ފަރުދުންގެ ދިރިއުޅުން ހަނާވެ، ވިޔަފާރިތައް ބަނގުރޫޓްވާ އިރުވެސް ސައީދުގެ ކަމަކީ ފޮނި ބައިސާ ކެނޑުން: އަމީރު

17 ސެޕްޓެމްބަރު 2025
އަމިއްލަ ފަރުދުންގެ ދިރިއުޅުން ހަނާވެ، ވިޔަފާރިތައް ބަނގުރޫޓްވާ އިރުވެސް ސައީދުގެ ކަމަކީ ފޮނި ބައިސާ ކެނޑުން: އަމީރު
22 އޯގަސްޓު 2025

ސަރުކާރަށް ނުކުރެވޭ ކަންކަމުގެ ވާހަކަ ދެއްކީމަ، އެއީ ސިޔާސީ ވާހަކަތަކެއްގެ ގޮތުގައި ދެކުމަކީ ވަރަށް ކޮށި ވިސްނުމެއް: މޭޔަރ އާޒިމް

22 އޯގަސްޓު 2025
ސަރުކާރަށް ނުކުރެވޭ ކަންކަމުގެ ވާހަކަ ދެއްކީމަ، އެއީ ސިޔާސީ ވާހަކަތަކެއްގެ ގޮތުގައި ދެކުމަކީ ވަރަށް ކޮށި ވިސްނުމެއް: މޭޔަރ އާޒިމް
09 ޖުލައި 2025

ގުޅީފަޅު ގޯތީގެ އެގްރީމެންޓު މައްސަލައިގައި ސަރުކާރުން ޔޫޓާރން އެއް ނަގައި، ކުރިން އޮތް އެއް ބަސްވުމާ އެއް ގޮތައް ކުރިއަށް ދާން ނިންމައިފި

09 ޖުލައި 2025
ގުޅީފަޅު ގޯތީގެ އެގްރީމެންޓު މައްސަލައިގައި ސަރުކާރުން ޔޫޓާރން އެއް ނަގައި، ކުރިން އޮތް އެއް ބަސްވުމާ އެއް ގޮތައް ކުރިއަށް ދާން ނިންމައިފި
08 ޖުލައި 2025

ގުޅީފަޅު ގޯތީގެ އެގްރީމެންޓްތައް ބާތިލްކުރި މައްސަލަ - ކުއްލި މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލައިފި

08 ޖުލައި 2025
ގުޅީފަޅު ގޯތީގެ އެގްރީމެންޓްތައް ބާތިލްކުރި މައްސަލަ - ކުއްލި މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލައިފި
07 ޖުލައި 2025

ކުރީގެ ސަރުކާރުން ކޮށް ނިންމާފައިވާ ޤާނޫނީ މުޢާމަލާތެއް ރޫޅާލުމަކީ ތަހްޒީބު މުޖްތަމަޢެއްގައި ކަންހިނގައިގެން ވާނެ ގޮތެއް ނޫން: ޑރ. އަބްދުﷲ ދީދީ

07 ޖުލައި 2025
ކުރީގެ ސަރުކާރުން ކޮށް ނިންމާފައިވާ ޤާނޫނީ މުޢާމަލާތެއް ރޫޅާލުމަކީ ތަހްޒީބު މުޖްތަމަޢެއްގައި ކަންހިނގައިގެން ވާނެ ގޮތެއް ނޫން: ޑރ. އަބްދުﷲ ދީދީ
30 އޮކްޓޯބަރު 2024

ގުޅީފަޅު ގޯތިތަކުގެ ގުރުއަތު ސަރުކާރު އޮފިޝަލުން ނަގާތީއާއި ގޯއްޗާއި ފުލެޓް ހަވާލުކުރުން ލަސްވާތީ ހުށަހެޅި ކުއްލި މައްސަލަ ސަރުކާރު މެންބަރުން ބޭރުކޮށްލައިފި

30 އޮކްޓޯބަރު 2024
ގުޅީފަޅު ގޯތިތަކުގެ ގުރުއަތު ސަރުކާރު އޮފިޝަލުން ނަގާތީއާއި ގޯއްޗާއި ފުލެޓް ހަވާލުކުރުން ލަސްވާތީ ހުށަހެޅި ކުއްލި މައްސަލަ ސަރުކާރު މެންބަރުން ބޭރުކޮށްލައިފި
29 އޮކްޓޯބަރު 2024

ގުޅީފަޅުގެ ނުހިއްކައި އޮތް ފަޅުން 1،300 ގޯތި ދޫކުރުން - ގުރު ލުމާއި މެދު ކަންބޮޑުވުންތައް އިންތިހާ

29 އޮކްޓޯބަރު 2024
ގުޅީފަޅުގެ ނުހިއްކައި އޮތް ފަޅުން 1،300 ގޯތި ދޫކުރުން - ގުރު ލުމާއި މެދު ކަންބޮޑުވުންތައް އިންތިހާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް