Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިންވެރިޔާ ސްކީމު

ގުޅީފަޅު ގޯތީގެ އެގްރީމެންޓްތައް ބާތިލްކުރި މައްސަލަ - ކުއްލި މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލައިފި

މަޖިލީހުން އެކަމާއި މެދު ޖަވާބުދާރީކުރުވުމަށް އެ މައްސަލަ ހުށަހަޅުއްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 8 ޖުލައި 2025 | އަންގާރަ 05:09
މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އާސަންދައާއި ގުޅޭގޮތުން ހުށަހެޅި ކުއްލި މައްސަލަ ވަނީ ބޭރުކޮށްލާފައި

މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އާސަންދައާއި ގުޅޭގޮތުން ހުށަހެޅި ކުއްލި މައްސަލަ ވަނީ ބޭރުކޮށްލާފައި

ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެކުލަވާލި، "ބިންވެރިޔާ" ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންނާއެކު ކުރީން ހެދި އެއްބަސްވުންތައް އުވާލައި، އައު އެއްބަސްމެއްގައި ސޮއިކުރުމަށް ސަރުކާރުން މަޖުބޫރުކޮށްފައިވާ މައްސަލަ އާއި މެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރުމަށް ކުއްލި މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުުހައްމަދު އިބްރާހިމް (ކުޑޫ)އެވެ. އެ މައްސަލަ ބަލައިގަތުމަށް 12 މެމްބަރުން ވޯޓުދެއްވި އިރު މައްސަލަ ބަލައިނުގަންނަން 34 މެމްބަރުން ވޯޓުދެއްވިއެވެ.

Advertisement - newsAdvertisement

އެ މައްސަލައިގައި ކުޑޫ ވަނީ މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، އެމްޑީޕީގެ ސަރުކާރުން ފެށި "ގެދޮރުވެރިން" ޕްރޮގްރާމުގެ ތެރެއިން، މާލޭގެ ރައްޔިތުންނަށް، ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން، ކ. ގުޅީފަޅުން ގޯތި ދޫކޮށްފައިވާ ގޯތިތަކުގެ ބައެއް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން ގޯތިތައް ލިބޭނެ މީހުން ކަނޑައަޅައި، އެ ލިސްޓުތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި އިޢުލާނުކޮށް، ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުން އެ ފަރާތްތަކާއެކު ސޮއިކޮށްފައިވީ ނަމަވެސް، އެ ގޯތިތައް ހަވާލުކުރުމަށް ކުރީގެ ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލްކޮށްފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އެ އެއްބަސްވުން ހަދައިފައިވަނީ ޤާނޫނާ ފުށުއަރާގޮތަށް ކަމަށް ބުނެ، އެ އެއްބަސްވުން ބަދަލުކުރުމަށް ނިންމައިފައިވާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ހާމަކޮށްފައިވާކަން އެ މައްސަލައިގައި ފާހަގަކޮށްފައެވެ.

"ކުރީގެ އެއްބަސްވުން މި ސަރުކާރުން އުވާލައި، ގޯތި ދިނުމުގެ އުސޫލަށް ބަދަލު ގެނައުމަށްފަހު، އަލަށް ހެދި އުސޫލުގެ ދަށުން އެކުލަވާލި އެއްބަސްވުމުގައި ސޮއިކުރުމަށް، ގޯތި ލިބުނު މީހުންނަށް މަޖުބޫރުވާގޮތަށް ސަރުކާރުން އަންގަވަމުން ގެންދޭ" އޭނާ ވިދާޅުވިއެވެ.

ސަރުކާރުން އަމިއްލަ ފަރުދުންނާއެކު ހިންގައި ނިމިފައިވާ މުއާމަލާތެއްގެ އެއްބަސްވުން، ސަރުކާރުން އަމިއްލައަށް އުވައިލައި، އެއްބަސްވުމުގެ ޝަރުތުތަކާއި ދެފަރާތުގެ ދެމެދުގައި އެއްބަސްވާ ކަންކަން އަމިއްލައަމިއްލައަށް ކަނޑައެޅުމަށްފަހު، އެފަދަ ލިޔުމެއްގައި ސޮއިކުރުމަށް މަޖުބޫރު ނުކުރެވޭނެ ކަމަށް ކުޑޫ ވިދާޅުވިއެވެ. ހަމައެހެންމެ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާ ކަނޑައެޅިގެން ޚިލާފަށް އަދި އެ އެމީހުންގެ ހައްޤުތަކަށް އުނިކަންލިބޭ ގޮތަށް ސަރުކާރުން ކުރާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ކުޑޫ ވަނީ ބޯހިޔާވަހިކަމަކީ ވަރަށް ގިނަ ރައްޔިތުންތަކެއްގެ ދިރިއުޅުމާ ނުހަނު ބޮޑަށް ގުޅިފައިވާ އަދި އިޖުތިމާއީ ހާލަތާ ސީދާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށް ފާހަގަކުރައްވާފައެވެ. އެހެންކަމުން ބިންވެރިޔާގެ ގޯތީގެ އެއްބަސްވުންތައް ބާތިލްކުރުމަކީ ރައްޔިތުންގެ ބައެއްގެ ކަންބޮޑުވުން ނުހަނު ބޮޑަށް އޮތް ކަމެއް ކަމަށް ވެފައި، މުޖުތަމައުގެ އާއްމު މަސްލަހަތާ ސީދާ ގުޅިފައިވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މަޖިލީހުން އެކަމާއި މެދު ޖަވާބުދާރީކުރުވުމަށް އެ މައްސަލަ ހުށަހަޅުއްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 18 ވަނަ މާއްދާގައި، ޤާނޫނުއަސާސީއާ އެއްގޮތަށް ޢަމަލުކުރުމާއި، ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންވެގެންވާ ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމުގުޅީފަޅުމުހައްމަދު އިބްރާހިމްރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
09 ޑިސެމްބަރު 2025

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
06 ޑިސެމްބަރު 2025

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު