Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑީޖޭއޭ

ރޯދަމަހުގެ ފަހު ދިހައެއްގައި ޑީޖޭއޭއިން ދެ ޚިދުމަތެއް ފޯރުކޮށްދެނީ

ކޯޓުތަކުގެ ޙުކުމްތަކާ ގުޅިގެން ކޯޓުތަކަށް ދައްކާ ފައިސާ އޭގެ ޙައްގުވެރިންނަށް ރައްދުކުރުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވޭ

މުޙައްމަދު އަރީޖް ޢާމިރު
މުޙައްމަދު އަރީޖް ޢާމިރު, ރާއްޖެ އެމްވީ | 19 މާރިޗު 2024 | އަންގާރަ 11:58
ޑީޖޭއޭ

ޑީޖޭއޭ

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ރަމަޟާން މަހުގެ ފަހު ދިހައެއްގައި ދެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

ޑީޖޭއޭއިން އަންގާރަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި އަހަރުގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަސް ނިމުމާ ހަމައަށް ދެ ޚިދުމަތެއް ވަކި އިންތިޒާމުތަކެއްގެ ދަށުން މި ޑިޕާޓްމަންޓުން ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ. އެގޮތުން، ޑީޖޭއޭއިން ފޯރުކޮށްދޭން ހަމަޖެހިފައިވަނީ ކުށާއި ދަރަނީގެ ރިކޯޑް ސާފުކޮށްދިނުމުގެ ޚިދުމަތުގެ އިތުރުން ކޯޓުތަކުގެ ޙުކުމްތަކާ ގުޅިގެން ކޯޓުތަކަށް ދައްކާ ފައިސާ އޭގެ ޙައްގުވެރިންނަށް ރައްދުކުރުމުގެ ޚިދުމަތްކަމަށް ވަނީ ބުނެފައެވެ.

ޑީޖޭއޭއިން މި ނިންމުން މިގޮތަށް ނިންމަން ޖެހުނީ ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކަށްވެފައި އޭގެ ފަހުން އީދު ބަންދާވެސް ދިމާވާނެތީ، ކުށާއި ދަރަނީގެ ރެކޯޑް ސާފުކުރުމަށް ގިނަ އަދަދެއްގެ ރައްޔިތުން އެދެމުން ދާތީކަމަށް ވަނީ ބުނެފައެވެ. އަދި މީގެ އިތުރުން ރަމަޟާން މަހުގެ ފަހު 10 ގައިވެސް ދަރިންގެ ޚަރަދުގެ ގޮތުގައި ދައްކާ ފައިސާ އޭގެ ހައްގުވެރިންނަށް ކޮންމެހެންވެސް ލިބޭނެ ގޮތެއް ހަމަޖެއްސުމަކީ މުހިންމު ކަމެއްކަމުގައި ދެކޭތީކަމަށްވެސް ޑީޖޭއޭއިން ވަނީ ބުނެފައެވެ.

ޑީޖޭއޭއިން މިގޮތަށް މި ނިންމުން ނިންމާފައިވަނީ ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ރަމަޟާން މަހުގެ ފަހު ދިހައެއްގައި ލިބޭނޭ އިންތިޒާމު ހަމަޖެއްސެވުމަށް ރައީސުލްުޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2024/4 ދެންނެވުމުގައި ބަޔާންކޮށްފައިވުމާ ގުޅިގެންނެވެ.

މި ދުވަސްތަކުގައިވެސް ވީހާވެސް މަދު އަދަދެއްގެ މުވައްޒަފުން އޮފީހަށް ހާޒިރުވެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިސްކަންދޭނެ ކަމަށް ޑީޖޭއޭއިން ވަނީ ބުނެފައެވެ. އަދި މި މުވައްޒަފުންނަށް ރަސްމީ ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތައް ދޭ ނިސްބަތުން އިތުރު ގަޑީގެ ފައިސާ ދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށްވެސް ޑީޖޭއޭއިން ވަނީ ބުނެފައެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
ސުޕްރީމްކޯޓުންނާއި ހައިކޯޓުން ފެންކަނޑާލާތާ މަހަކަށް ވުރެ ގިނަ ދުވަސް، މުވައްޒަފުންނަށް ގިނަ ދަތިތަކެއް

ސުޕްރީމްކޯޓުންނާއި ހައިކޯޓުން ފެންކަނޑާލާތާ މަހަކަށް ވުރެ ގިނަ ދުވަސް، މުވައްޒަފުންނަށް ގިނަ ދަތިތަކެއް

03 ފެބުރުއަރީ 2025
ކޭސް މެނޭޖްމަންޓް ސިސްޓަމާއެކު އަވަސްކަމާއެކު އަދުލު އިންސާފު ލިބިގެންދާނެ - ރިޒްނާ

ކޭސް މެނޭޖްމަންޓް ސިސްޓަމާއެކު އަވަސްކަމާއެކު އަދުލު އިންސާފު ލިބިގެންދާނެ - ރިޒްނާ

27 އެޕްރީލު 2024
ކްރިމިނަލް ކޯޓުގެ ހިންގުން ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރުމަށް އަދި ހަތަރު މަހެއްހާ ދުވަސް ނަގާނެ: ޑީޖޭއޭ

ކްރިމިނަލް ކޯޓުގެ ހިންގުން ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރުމަށް އަދި ހަތަރު މަހެއްހާ ދުވަސް ނަގާނެ: ޑީޖޭއޭ

04 އެޕްރީލު 2024
މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ އަންނަ މަހު 8ގައި

މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ އަންނަ މަހު 8ގައި

21 މާރިޗު 2024

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު