Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހުރިހާ ބާރުތަކެއް ވެސް އޮތީ ރައީސް މުއިއްޒުގެ މުށުތެރޭގަ އެވެ.!؟

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެރިކަމަށް އައުމަށް ޓަކައި ރައްޔިތުންގެ ވޯޓުތަށް މަކަރާއި ހީލަތުން އަތުލައިގަތުމުގެ ކުރިން އެތަކެއް ފޮނި ވައުދުތަކެއް ވެލެއްވި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 29 މާރިޗު 2025 | ހޮނިހިރު 07:44
ރައީސް ޑރ. މުޙައްމަދު މުއިއްޒު

ރައީސް ޑރ. މުޙައްމަދު މުއިއްޒު

އެކެއްގެ މުށުތެރެއަށް ދައުލަތުގެ ހުރިހާ ބާރުތައް ޖަމާކޮށްގެން ހުރެ ކުރާ ވެރިކަމަށް ކިޔަނީ އޮޓޮކްރަސީ އެވެ. އެއީ ޑިމޮކްރަސީއެއް ނޫނެވެ. އެފަދަ ވެރިކަމެއްގައި އަދުލުވެރިކަމާއި އިންސާފު ފެންނާނީ ކަރުދާހުން އެކަންޏެވެ. އެޒާތުގެ ވެރިކަމެއްގައި ރައްޔިތުންގެ އިހުސާސްތަކާއި ވިންދަށް ބެލުމެއް ނޯންނާނެ އެވެ. ޖައްބާރުކަމާއި އަނިޔާވެރިކަން ފާޅުކުރުމަކީ މިދެންނެވި ކަހަލަ ވެރީންގެ ތަބީއަތުގައި ހުންނަކަމެކެވެ. ދުނިޔޭގެ ތާރީޚަަށް ބަލައިލީމާ މިކަންކަން ވަރަށް ރީއްޗަށް ފެންނާނެ އެވެ.

މާ ދުރަށް ފީނާ ބެލުމުގެ ބޭނުމެއް ނެތެވެ. މާދުރަށް ވިސްނުމުގެ ބޭނުމެއްވެސް ނެތެވެ. މި ދިވެހިރާއްޖޭގައި މިހާރު ގާއިމުވެފައިވާ ސަރުކާރާއި ދޭތެރޭ ވިސްނައިލާށެވެ. ބާރުތައް ޖަމާވެފައިވާ ގޮތާއި ދޭތެރޭ ފިކުރު ހިންގައިލާށެވެ. ދައުލަތުގެ ބާރުތަކޭ އާއްމުކޮށް ކިޔައި އުޅެނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ ވެރިކަން ހިންގުމުގެ ބާރާއި އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރާއި ގާނޫނުތައް ހެދުމުގެ ބާރެވެ. އެއަށްވުރެ ތިލަކޮށް ކިޔާނަމަ އެއީ ސަރުކާރާއި ފަނޑިޔާރުގެ އާއި ރައްޔިތުންގެ މަޖިލީހެވެ.

ރައްޔިތުން ތުހުމަތު ކުރާ ގޮތުގައި މި ތިންބާރުވެސް މިހާރު ޖަމާވެފައިވަނީ އެކެއްގެ މުށުތެރެއަށެވެ. އެމީހަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެރިކަމަށް އައުމަށް ޓަކައި ރައްޔިތުންގެ ވޯޓުތަށް މަކަރާއި ހީލަތުން އަތުލައިގަތުމުގެ ކުރިން އެތަކެއް ފޮނި ވައުދުތަކެއް ވެލެއްވި އެވެ. ކޯޓުތަކަށް އަތް ނުބާނާނެ ކަމަށާއި އަދުލުއިންސާފު ޤާއިމް ކުރައްވާނޭ ކަމަށާއި މިނިވަން މުއައްސަސާތަކަށް އަތް ނުބާނާނެ ކަމަސާއި މިހެން ގޮސް އެތަކެއް ވައުދަކާއި އަހުދެކެވެ. އެހެން ނަމަވެސް ވެރިކަމަށް ވަޑައިގަތުމާއި އެކު، ވެވަޑައިގަތް އެންމެ ހާ ވައުދުތަކެއްގެ މަތިން ހަނދުމަފުޅެއް ނުވިއެވެ.

އަޅުގަނޑު އަދުލުވެރިވާނަން. ބޭއިންސާފެއް ނުވާނަން... ހީލަތްތެރިއެއް ނުވާނެ. ސަރުކާރުން، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން މި ހިނދުން މި ހިނދަށް ނިމުން. އެކަން މި ނިންމީ
ރައީސް މުއިއްޒު

މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ، ރައީސް މުއިއްޒު ކުރެއްވުމަށް ފަހު، ގައުމާ މުހާތަބު ކުރައްވައި ވިދާޅުވި ވާހަކަފުޅެވެ.

އަޑަށް ބާރުލައްވާފައި ޝަރުޢީ ދާއިރާ އަށް ނުފޫޒު ނުފޯރުވާނެ ކަމަށް ތަކުރާރުކޮށް ރައީސް މުއިއްޒު ވިދާޅުވެލެއްވި އެވެ. އަދުލުވެރިކަމާއި އިންސާފު ގާއިމުކުރުމަށް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބު އަދާކުރައްވާނެ ކަމަށް ވިދާޅުވެ ލެއްވި އެވެ. އަދި ކުރީގެ ސަރުކާރުތަކުން ޝަރުއީ ދާއިރާ އަށް ފޯރުވާފައި އޮތް ނުފޫޒު އެ މަނިކުފާނު މަގާމާ ހަވާލުވެވަޑައިގެން ހިނދުން ފެށިގެން ފިލައި ދިޔައީ ކަމުގެ ޔަގީންކަން ވެސް ރައްޔިތުންނަށް ދެއްވި އެވެ.

ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމަށާއި އެފަދަ ނުފޫޒެއް ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ފޯރުވާކަން އެނގިއްޖެނަމަ، ވަގުތުން އެފަރާތަކާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް އަޑަށް ބާރުލައްވާފައި ވިދާޅުވިއެވެ. އެހެން ނަމަވެސް މިހާރު ކަންތައް ފެންނަނީ އެހެން ހެއްޔެވެ.؟ ނޫނެކެވެ. މުޅިން ކުލަވަރު ބަދަލުވެ ނިމިއްޖެނޫން ތޯއެވެ.؟

ރައީސް މުއިއްޒު ވެވަޑައިގަތް ވައުދުތަކުގެ ތެދުކަން މިއަދު ދިވެހި ރައްޔިތުންނަށް އެނގި ހާމަވެއްޖެ އެވެ. ދުވަހެއް ދުވަހަކަށް ދައުލަތުގެ ބާރުތައް އަމިއްލަ މުށުތެރެއަށް ލައްވަމުން ގޮސް މިއަދު ހުރިހާ ބާރެއް ނަންގަވައިފި އެވެ.

ރައީސްގެ މުށުތެރެއަށް ބާރުތައް ލައްވަން އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ރައްޔިތުންގެ މަޖިލިސް އަތްދަށުލެއްވުމެވެ. އެގޮތުން މަޖިލިސް މެމްބަރަކު ޕާޓީ ބަދަލުކުރުމުން، ނުވަތަ ޕާޓީން ވަކިވުމުން ގޮނޑިގެއްލޭ ގޮތަށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ބަދަލު ގެނައުމެވެ. މި ބަދަލުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކިކުރުމުގެ ފުރުސަތު ޚުދު އެމަނިކުފާނުގެ ކޮންޓްރޯލުގެ ދަށަށް ގެންނެވިއެވެ.

މިހާރު ރައްޔިތުންގެ މަޖިލީސް އެ ހިނގަނީ އެ މަނިކުފާނު އެދިލެއްވި ގޮތަކަށެވެ. މެންބަރުން އެ ތިއްބެވީ ލަގަން ދޫކޮށްލައްވައިގެންނެވެ. ޝަރުއީ ދާއިރާއަށް ކަން އެވާ ގޮތް އެ ފެންނަނީ އެވެ. ސުޕްރީމް ކޯޓުގައި އެ އޮތީ މަރުތަޅެއް އަޅުވައިފަ އެވެ.

ކޮންމެއަކަސް މި ރާއްޖޭގެ ހުރިހާ ވެސް ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާއެވެ. އެ މަނިކުފާނު ހިތްޕުޅާނުވާ މޭރުމަކުން މިނިވަން މުއައްސަސާއެއް ވެސް ނުހިނގަ އެވެ. ކޯޓަކުން އަމުރެއް ވެސް ނުނެރެވެ އެވެ. މުޅި އޮޑީގައި ހަސަނުގެ ދެފައޭ ބުނާހެން، މުޅި ސަރުކާރުގެ ނުވަތަ މުޅި ދައުލަތުގެ ހުރިހާ ބާރަކީވެސް ރައީސް މުއިއްޒެވެ.

އެގޮތުން ކޯޓުތަކަށް ފަނޑިޔާރުން ލެއްވުމުގެ ބާރާއި މިނިވަން މުއައްސަސާތަކަށް ވެރިން އައްޔަންކުރުމުގެ ބާރުވެސް މިހާރު އޮތީ ރައީސް މުއިއްޒުގެ އަތްމަތީގަ އެވެ. އެ މަނިކުފާނު ހިތްޕުޅާވާ ބޭފުޅަކު ނޫނީ ނުލައްވައެވެ. ނުވެސް ލެވޭނެ އެވެ. ސަބަބަކީ އެކަނިކުފާނު ބޭނުން ފުޅުވާ ނަންތަކެއް ހުށަހަޅައި، ފާސްކުރަން އޮންނަ ރައްޔިތުންގެ މަޖިލީސް އޮތީ ރައީސްގެ މުށުތެރޭގައެވެ. ކަން މިހެން އޮތް އިރު، ރައީސް ބޭނުންފުޅުވާ ގޮތަކަށް ނޫނީ ހަމަ އެއްވެސް ކަމެއް ނިމޭނެ އިތުރު ގޮތެއް މި ގައުމުގައި މިހާރު ނެތެވެ.

ކޮންމެ އަކަސް ރައްޔިތުން ނުދޭ ބާރެއް ރައީސް މުއިއްޒަށް ލިބުނީ އެވެ. މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް ސަރުކާރަށް ލިބުނީމާ ދެންވާ ގޮތަކީ ވެރިމީހާގެ ނިންމެވުންތަކުގައި ތައްގަނޑު ޖަހައިލުން ފިޔަވައި އެހެން ކަމެއް ނުކުރެވުމެވެ. މިއަދުގެ މަޖިލީހުން ފެންނަނީ މި މަންޒަރެވެ. މިނިވަން މުވައްސަސާތަކަށް މީހުން އައްޔަންކުރަނީ މަޖިލީހުން ކަމަށްވެފައި މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް ސަރުކާރަށް އޮތުމުގެ މާނައަކީ މަގާމުގައި ދެމިތިބެން ބޭނުންނަމަ ސަރުކާރުން ކުރާކަން ނުފެންނަ ކަމަށް ހަދައިގެން ދެލޯ މަރާލައިގެން ތިބުމެވެ.

މިދެންނެވި ބާރުތައް މިބީދައިން ވެރިމީހާގެ މުށުތެރެއަށް ޖަމާވެ އެ ވެރިމީހާގެ ނަންފުޅުގައި ސަރުކާރުގެ އެކި ގިންތީގެ އެކިއެކި ވެރިން ހިންގަވާ ކަންތައްތަކާއި މެދު ރައްޔިތުން ޝަކުވާކުރަން ފެށީމާ ތިޔަކަންކަން މިނިވަން މުވައްސަސާތަކަށް ހުށައަޅާށޭ ނުވަތަ ޝަރީއަތުން އިންސާފު ހޯދާށޭ ބުނެ ސަރުކާރުން ޖަވާބު އެބަދެއެވެ.

ކޮންމެއަކަސް މިއަދު ސަރުކާރުގެ ތެރެއިން މިކުރާ ހުރިހާ ކަމެއް ކުރުމުގެ ފުރިހަމަ އިހްތިޔާރާއި ބާރު ރައީސް މުއިއްޒަށް ލިބިގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް އެމަނިކުފާނަށް ލިބިވަޑައިގަތުމުންނެވެ.

ރަށްރަށުގެ ކުދިކުދި ވަޒީފާތައް ވެސް ކޮންޓްރޯލްކުރައްވަނީ ސީދާ ރައީސެވެ. އެ ތަންތަނަށް ލައްވަނީ އެ މަނިކުފާނުގެ ހިތްޕުޅާވާ ބޭފުޅުންނެވެ. ސިޔާސީ ގޮތުން ފިކުރު ދިމާވާ، ކެމްޕޭން ކޮށްދޭނެ މިތުރުންނެވެ. ފަނޑިޔާރު ގެއަށް ވެސް ލައްވަނީ އެ ގޮތް ބައްލަވާފައެވެ. މިނިވަންކަމާ އެކު މަސައްކަތްކުރެވެނީ ކޮން ބަޔަކަށް ހެއްޔެވެ؟ ކިތަންމެ ފަށުއި އިބާރާތަކުން، މާ މޮޅު އިދާރާތަކަށް ހަދާފައި ހުއްޓަސް މިނިވަނީ ކޮން ތަނެއްހެއްޔެވެ؟

އެއްވެސް ތަނެއް މިނިވަނެއް ނޫނެވެ. މި ގައުމުގައި އޮތީ ބޮޑު އެއް ބާރެވެ. އެއީ، ގައުމުގެ ވެރިއަކަށް ހުންނަވާ ރައީސުލްޖުމްޙޫރިއްޔާގެ ބޮޑު އަތްޕުޅެވެ. ބާރުތައް އޮތީ އެމަނިކުފާނުގެ މުށުތެރޭގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު