Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީއެންސީގެ ބަޔާން

މިނިވަން މުއައްސަސާތަކުން އަދާ ކުރަމުން ދަނީ ގާނޫނުން މަތިކޮށްފައިވާ ޒިންމާ، އެކަން އެގޮތަށް ކުރުމަކީ ޝަރުއީ ނިޒާމުގެ ދާއިރާއަށް ނުފޫޒު ފޯރުވުމެއް ނޫން: ޕީއެންސީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާމެދު އަދި ފަނޑިޔާރު ސުއޫދާމެދު އަމަލުކުރެވެމުން ދަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި އެކަށައެޅިފައިވާ އޮނިގަނޑުގެ ތެރެއިން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 5 މާރިޗު 2025 | ބުދަ 13:59
ޕީއެންސީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބައެއް އިސް ބޭފުޅުން، ޕީއެންސީން ބޭއްވި ޖަލްސާއެއްގެ ތެރެއިން ވާހަކަ ދައްކަނީ

ޕީއެންސީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބައެއް އިސް ބޭފުޅުން، ޕީއެންސީން ބޭއްވި ޖަލްސާއެއްގެ ތެރެއިން ވާހަކަ ދައްކަނީ

މިނިވަން މުއައްސަސާތަކުން އަދާ ކުރަމުން ދަނީ ގާނޫނުން މަތިކޮށްފައިވާ ޒިންމާ ކަމަށާއި އެކަން އެގޮތަށް ކުރުމަކީ ޝަރުއީ ނިޒާމުގެ ދާއިރާއަށް ނުފޫޒު ފޯރުވުން ނޫން ކަމަށް ބުނެ ވެރިކަން ކުރާ ޕާޓީ ޕީއެންސީން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދިފާއުގައި ބަޔާނެއް ނެރެފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި މިނިވަން މުއައްސަސާތައް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވަމުންދާކަމަށް ބުނެ ކުރާ ތުހުމަތުގެ އަޑު ގަދަވުމުން ވެރިކަން ކުރާ ޕީއެންސީން ނެރުނު ބަޔާނުގައި ބުނީ ރައީސް މުއިއްޒު ވަނީ މިނިވަން މުއައްސަސާތަކަށް މުސްތަގިއްލުކަމާއެކު އެ މުއައްސަސާތަކާ މަތިކުރެވިފައިވާ ދުސްތޫރީ އަދި ގާނޫނީ ޒިންމާ އަދާ ކުރުމުގެ ފުރުސަތު ދެއްވައިފައި ކަމަށެވެ.

އަދި އެފަދަ މުއައްސަސާއަކުން އަދާ ކުރަންޖެހޭ ޒިންމާއެއް އަދާ ކުރުމަކީ ޝަރުއީ ދާއިރާގެ ތެރެއަށް ނުފޫޒު ފޯރުވުމެއް ނޫން ކަމަށާއި އެއީ ދުސްތޫރީ ގާނޫނީ ނިޒާމު ހިނގަންޖެހޭ ގޮތަށް ރަނގަޅަށް ހިނގަމުން ދިއުން ކަމަށް ރައީސްގެ ދިފާއުގައި ޕީއެންސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޕީއެންސީގެ ބަޔާނުގައި ބުނީ ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ބަލައި ގޮތެއް ނިންމުމުގައި ވަކި ކޯޓެއްގެ ފަނޑިޔާރަކަށް ވީތީ ނުވަތަ ވަކި މައްސަލައެއް ބަލަމުން ދާތީ ތަފާތު ނުކުރެވޭނެ ކަމަށެވެ.

އެގޮތުން ފަނޑިޔާރަކާމެދު ޝަކުވާއެއް ނުވަތަ މައްސަލައެއް މިނިވަން މުއައްސަސާއަކަށް ހުށަހެޅިއްޖެ ނަމަ އެ މައްސަލައެއް ބަލަމުން ދިޔުމަކީ އެ ކޮމިޝަންތަކުގެ މައްޗަށް އޮތް ގާނޫނީ ޒިންމާއެއް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

އެ ހަމައިން ބަލާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މެދު މިހާރު ކަން ކުރެވެމުން އެ ދަނީ ވެސް ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ވާގޮތުގެ މަތިން ކަމަށް އެ ޕާޓީން ބުންޏެވެ.

އެ ހަމައިން ބަލާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މެދު މިހާރު ކަން ކުރެވެމުން އެ ދަނީ ވެސް ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ވާގޮތުގެ މަތިން ކަމަށް އެ ޕާޓީން ބުންޏެވެ.

ޕީއެންސީގެ ބަޔާނުގައި ބުނީ ފަނޑިޔާރު ސުއޫދާމެދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާމެދު ވެސް އަމަލު ކުރެވެމުން ދަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި އެކަށައެޅިފައިވާ އޮނިގަނޑުގައި ބަޔާންކުރާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ބަލަމުން ދިޔުމުން ހާމަވަނީ ދުސްތޫރީ ނިޒާމު ހިނގަންޖެހޭ ގޮތަށް ރަނގަޅަށް ހިނގަމުން ދާކަން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޕީއެންސީގެ ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ ދުސްތޫރީ ނިޒާމު ހިނގަންޖެހޭ ގޮތަށް ހިނގަމުންދާކަން ކަށަވަރު ކުރެއްވުމަށް ރައީސް މުއިއްޒު ކުރައްވަނީ ނަމޫނާ މަސައްކަތެއް ކަމަށާއި އެކަމަށް އެ މަނިކުފާނަށް މަރުހަބާ ކިޔާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިނަވަން މުއައްސަސާތަކަށް މުސްތަގިއްލުކަމާއެކު އެ މުއައްސަސާތަކާ މަތިކުރެވިފައިވާ ދުސްތޫރީ އަދި ގާނޫނީ ޒިންމާ އަދާ ކުރުމުގެ ފުރުސަތު ދެއްވައިފަ އެވެ، އަދި އެފަދަ މުއައްސަސާއަކުން އަދާ ކުރަންޖެހޭ ޒިންމާއެއް އަދާ ކުރުމަކީ ޝަރުއީ ދާއިރާގެ ތެރެއަށް ނުފޫޒު ފޯރުވުމެއް ނޫނެވެ، އެއީ ދުސްތޫރީ ގާނޫނީ ނިޒާމު ހިނގަންޖެހޭ ގޮތަށް ރަނގަޅަށް ހިނގަމުން ދިޔުމެވެ.
ޕީއެންސީ ބަޔާން

ރައީސްގެ ދިފާއުގައި ޕީއެންސީން ބަޔާނެއް ނެރުނުއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން މަޖިލީހުން ބިލެއް ފާސްކުރުމާއި އެ ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ އިތުރުން ގާނޫނުއަސާސީ ބަދަލު ކުރުމުން ގިނަ ބަޔަކު އަންނަނީ ރައީސް މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ސުޕްރީމް ކޯޓުގައި ތިއްބެވި ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވެރިކަން ކުރާ ޕީއެންސީން ހުށަހެޅި ބިލު ދެ ދުވަހުގެ މަސައްކަތުން ފާސްކޮށްފައިވީ ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ބިލު އަދި ތަސްދީގު ނުކުރައްވައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމުގެ ބިލު މިދިޔަ އަންގާރަ ދުވަހު މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު