Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
13 އަހަރުގެ ކުއްޖާގެ މަރު

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ދެން އޮންނާނީ އޭނާގެ މައްޗަށް އަދަބު ކަނޑައެޅުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 19 މާރިޗު 2024 | އަންގާރަ 07:06
ޖުވެނައިލް ކޯޓް

ޖުވެނައިލް ކޯޓް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އުމުރުން 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގައި މަރުގެ ދައުވާ އުފުލާފައިވާ ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ.

އުމުރުން 13 އަހަރުގެ ކުއްޖާގެ މަރާ ގުޅިގެން ދައުވާ އުފުލީ ނ. ލަންދޫ، ބަގީޗާގޭ އިބްރާހީމް ޒިހާންގެ އިތުރުން 17 އަހަރުގެ ފިރިހެން ކުއްޖެއްގެ މައްޗަށެވެ.

ޕީޖީ އޮފީހުން ކުރި ދައުވާގައި ބުނެފައިވަނީ 13 އަހަރުގެ ކުއްޖާ ރަހީނުކުރުމަށްފަހު އޭނާއަށް ޖިސްމާނީ އަނިޔާދީ މަރާލުމަށްފަހު ފޮއްޓެއްގެތެރެއައްލައި ހުޅުމާލެ ފޭސް 2 ގެ އިރު އުތުރު ފަޅުތެރެއަށް އެއްލާލާފައިވާ ކަމަށް މި މައްސަލައިގައި ތުހުމަތުކުރެވޭ ކަމަށެވެ.

އޭގެ ތެެރެެއިން 17 އަހަރުގެ ކުއްޖާގެ މައްޗަށް 3 ދައުވާއެއް އުފުލާފައިވެއެވެ. އެއީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ، ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ ދައުވާ އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާއެވެ.

17 އަހަރުގެ ކުއްޖާގެ ބައި ޖުވެނައިލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ޖުވެނައިލް ކޯޓުން ވަނީ ނިންމާފައެވެ.

ދެން އޮންނާނީ އޭނާގެ މައްޗަށް އަދަބު ކަނޑައެޅުމެވެ. މިވަގުތު އޭނާ ހުރީ ގޭބަންދުގައެވެ.

ޖުވެނައިލް ކޯޓުގައި މައްސަލަ ބައްލަވައި ޙުކުމް ކުރެއްވީ ޖުވެނައިލް ކޯޓުގެ ޤާޟީ މަރްޔަމް ތާއިފާއެވެ.

ޒިހާންގެ މައްޗަށް 7 ބާވަތެއްގެ 13 ދައުވާއެއް އުފުލާފައިވާއިރު މި ދައުވާތައް ސާބިތު ވެއްޖެނަމަ 100 ވަރަކަށް އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އޭގެ ތެރޭގައި ޤަސްދުގައި މީހަކުމެރުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ 5 ދަޢުވާ، ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ކުށުގެ 3 ދަޢުވާ، ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުން، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުން، ކުޑަކުއްޖަކަށް މަސްތުވާއެއްޗެއް ދީގެން، އެ ކުއްޖާއާއެކު، މީހަކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.

އޭނާގެ މައްޗަށް ކުރާ ދައުވާތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. އެ މައްސަލަ މިހާރު އޮތީ ހެކިބަސް ނެގުމުގެ މަރުޙަލާގައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި، މީހުން ވަނުން މަނާކޮށްފައިވާ ސަރަހައްދުގެ މޫދު ތެރޭގައި ދަގަނޑެއްޖަހައި އޭގައި އައްސާފައި އޮތް ފޮއްޓެއްގެ ތެރެއަށް އެ ކުއްޖާގެ ހަށިގަނޑު ލާފައި އޮއްވާ ފުލުހުން އެ ކުއްޖާ ނެގީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ.

އެނގިފައިވާ ގޮތުގައި ކުއްޖާގެ ހަށިގަނޑު އެތަނުން ނެގީ ކުއްޖާ މަރާލިކަމަށް ތުހުމަތުކުރެވޭ މީހުންގެ ހާޒިރުގައެވެ.

މި މައްސަލައިގެ ދައުވާ އުފުލާފައިވަނީ 2021 ވަނަ އަހަރު އޮގަސްޓު މަހުގެ 19 ވަނަ ދުވަހުއެވެ.

މި މަރާ ބެހޭ ގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވެފައިވަނީ މިމައްސަލައިގައި މިހާރު ލިބިފައިވާ ހެކިތަކުން މައްސަލަ ސާބިތުކުރެވޭނެ ކަމަށެވެ. މިހާދިސާއާ ގުޅިގެން ފުލުހުން ސީސީޓީވީ ފޫޓޭޖުގެ އިތުރުން ގިނަ ކަންތައްތަކެއް ބަލާ ތަހުގީގުކޮށްފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އަދި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށްފައި ވަނީ އެކަން ކުރުމަށްފަހު ފިލަން ގޮސް މާލޭގެ ގެސްޓް ހައުސްއެއްގައި ތިއްބައެވެ.

ކްރިމިނަލް ކޯޓްމޯލްޑިވްސް ޕޮލިސް ސަރވިސްރަހީނުކޮށްގެން ގެންގުޅުނު ކުއްޖަކު މަރާލުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު