Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ފަލަސްތީން އިސްރާއީލް ހަނގުރާމަ

ޣައްޒާގެ ޚަބަރުތައް ތިލަކޮށްދިނުމުގެ އެންމެ ކުރީގައި ކުޑަކުޑަ ސުމައްޔާ: އެވޯޑް ޙައްޤު ނޫސްވެރިންނަކީ އެއީއެއް ނޫންތަ؟

ހަނގުރާމައިގެ މައިދާނަށް ނުކުމެ، އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު ގެނެސްދެމުން ދަނީ ފިސާރި ސާބިތުކަމާއެކު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 19 މާރިޗު 2024 | އަންގާރަ 11:26
ނޫސްވެރިއެއްގެ ގޮތުގައި ޣައްޒާގައި މި ދުވަސްވަރު މަސައްކަތް ކުރުމަކީ، މުޅި ދުނިޔޭގެ ނިސްބަތުން ބެލި ކަމުގައި ވީ ނަމަވެސް، އެންމެ ނުރައްކާތެރި މަސައްކަތް ކަމުގައި ދެންނެވިދާނެ

ނޫސްވެރިއެއްގެ ގޮތުގައި ޣައްޒާގައި މި ދުވަސްވަރު މަސައްކަތް ކުރުމަކީ، މުޅި ދުނިޔޭގެ ނިސްބަތުން ބެލި ކަމުގައި ވީ ނަމަވެސް، އެންމެ ނުރައްކާތެރި މަސައްކަތް ކަމުގައި ދެންނެވިދާނެ

ނިރުބަވެރި ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކުން ޣައްޒާ ހަފުސް ކުރަން ފެށުމާއެކުގައި ހެން އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުމެހެން އަވަސްވެގަތީ ޣައްޒާގެ މަސްރަޙުން އެންމެ ފަހުގެ ޚަބަރުތަކާއި މަޢުލޫމާތު ހޯދުމަށޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ޣައްޒާއިން ކަރަންޓާއި، މުޢާޞަލާތީ ޚިދުމަތްތައް ކަނޑާލާ، މުޅި ދުނިޔެއާ ޣައްޒާ ވަކި ކުރި ކަމުގައި ވީ ނަމަވެސް، ޣައްޒާގައި ތިބި ހިތްވަރުގަދަ ފަހުލަވާނުން ދަނީ އެކި ގޮތް ގޮތުން ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދެމުންނެވެ. ޣައްޒާގައި ހިންގަމުން ގެންދާ ޤަތުލުޢާންމުގައި ސަލާމަތްތެރިކަން ލިބޭނެ ހަމަ އެންމެ ތަންފުކެއްވެސް ނެތް ކަން އެނގި ހުރެ، ފުރާނަ އަތްމައްޗަށްލައިގެން ނޫސްވެރިން ކުރަމުންދާ ބުރަ މަސައްކަތުގެ އަގު، ޙައްޤު މިންވަރާ ގާތަށްވެސް އަހަރެމެންނަށް ވަޒަނެއް ނުކުރެވެއެވެ.

ހުރިހާ ދިމާއަކުންވެސް ކުރިމަތިލާންޖެހެނީ ނުރައްކަލާއެވެ. ނޫސްވެރިންނަކީ މި ދެންނެވި ފަދަ ނުރައްކާތަކާ އެންމެ ކުރީ ސަފުގައި ކުރިމަތިލާން މަޖުބޫރުވެފައިތިބި ބައެކެވެ. ކަން އެހެން އޮތް ނަމަވެސް، ޣައްޒާގައި ތިބި ނޫސްވެރިންގެ ސާބިތު ކަމަކަށް ބަދަލެއް ނާދެއެވެ. އަންހެނެއް ފިރިހެނެއް ތަފާތެއް ނެތެވެ. ނުވިތާކަށް ބޮޑެއް ކުޑައެއް ކިޔާނެކަމެއްވެސް ނެތެވެ. ސުމައްޔާ ވިޝާޙް، މިސާލަކަށް ފުދެއެވެ. ޔަހޫދީ އިޒްރޭލުގެ މުޑުދާރު ޖަރީމާތަކާއި ޤަތުލުޢާންމުތައް ރިޕޯޓް ކުރަމުން ދާ ސުމައްޔާގެ ޢުމުރުން އަދި މި ވީ އެންމެ 11 އަހަރެވެ. ހަނގުރާމައިގެ މައިދާނަށް ނުކުމެ، އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު ގެނެސްދެމުން ދަނީ ފިސާރި ސާބިތުކަމާއެކުގައެވެ. އޭނާގެ އަތުގައި އޮތްހައިވެސް އެއްޗަކީ، ފަލަސްޠީނުގެ ވާހަކަތައް ހިއްސާކުރުމަށް، އޭނާގެ ހިތުގައި އޮތް ނުގުޑާ ފަދަ ވަރުގަދަ ޢަޒުމެވެ.

ނޫސްވެރިއެއްގެ ގޮތުގައި ޣައްޒާގައި މި ދުވަސްވަރު މަސައްކަތް ކުރުމަކީ، މުޅި ދުނިޔޭގެ ނިސްބަތުން ބެލި ކަމުގައި ވީ ނަމަވެސް، އެންމެ ނުރައްކާތެރި މަސައްކަތް ކަމުގައި ދެންނެވިދާނެއެވެ. ނޫސްވެރިންގެ ޙައްޤުގައި މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖަރލަނިސްޓްސްގެ ރެކޯޑްތަކަށް ބަލާއިރު 2023 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 99 ނޫސްވެރިއަކު މަރާލާފައި ވާ އިރު، އޭގެ ތެރެއިން 72 ނޫސްވެރިންނަކީ އިޒްރޭލުން ޣައްޒާގައި ހިންގަމުން ގެންދާ ޤަތުލުޢާންމުގެ މަންޒަރާއި އަޑު، ސީދާ އެ ފަސްގަނޑުގައި ހުރެގެން، ޚަބަރާއި މަޢުލޫމާތުގެ ގޮތުގައި ދުނިޔެއަށް ފޯރުކޮށްދެމުން ދިޔަ ނޫސްވެރިންނެވެ.

ނޫސްވެރިންނަށް ކުރިމަތިލާންޖެހިފައި އޮތް ނުރައްކާ ކިތަންމެ ބޮޑު ވި ނަމަވެސް، ޣައްޒާއިން ރިޕޯޓް ކުރުމުގެ ޒިންމާ، ސުމައްޔާ އުފުލަން ފެށިއެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު ހޭލާ ގޮތަށް، ދުވަހުގެ ރިޕޯޓް ތައްޔާރު ކުރުމުގެ މަސައްކަތް ފަށެވެ. ނުރައްކާތެރި މައިދާންތަކުގައި ނޫސްވެރިން ބޭނުންކުރާ "ޕްރެސް" ޖެހި ޖެކެޓްލައިގެން ސީދާ މައިދާނަށް ނުކުމެއެވެ. ހޮސްޕިޓަލުތަކަށް ދެއެވެ. އިޒްރޭލުން ސުންނާފަތިކޮށް، ހަފުސްކޮށްފައިވާ ސަރަޙައްދުތަކަށްވެސް ދެއެވެ.

ސުމައްޔާއަކީ ޣައްޒާގެ އެންމެ ހަގު ނޫސްވެރިންގެ ތެރޭގައި ގުނާލެވޭ ކުއްޖެކެވެ. ސުމައްޔާ ބުނާ ގޮތުގައި، އޭނާ ނަމޫނާއަކަށް ބަލަނީ އަލްޖަޒީރާގައި މަސައްކަތް ކުރަމުން ދިޔަ ތަޖުރިބާކާރު ނޫސްވެރިޔާ ޝީރީން އަބޫ އަޚްލީއެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ޝީރީން މަރާލީ 2022 ވަނަ އަހަރުގެ މެއި މަހުއެވެ. އޭރު އޭނާ ދިޔައީ އިޒްރޭލުން ޖެނީން ރެފިއުޖީ ކޭމްޕުގައި ހިންގަމުން ދިޔަ ރެއިޑެއްގެ ޚަބަރުތައް ކަވަރު ކުރަމުންނެވެ. ސުމައްޔާގެ ބައްޕަވެސް މަސައްކަތް ކުރަނީ ޓީވީ ކޮރަސްޕޯންޑަންޓެއްގެ ގޮތުގައެވެ. ސުމައްޔާގެ ޚަބަރުތަކުގެ ދެލިކޮޕީތައް ތައްޔާރު ކުރުމުގައި ބައްޕަވެސް އެހީތެރިވެދެއެވެ.

މުޢާޞަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ކުރިމަތިކޮށްފައި ވާ ފިއްތުންތަކާ އެކުގައިވެސް، ޣައްޒާގައި ތިބި ނޫސްވެރިން ދަނީ އެ އިރެއްގައި ލިބެން ހުރި ވަޞީލަތްތަކަކާއި ޢާލާތްތަކެއްގެ ބޭނުން ހިފާ، ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަމުންނެވެ.

ޚަބަރުގައި ގެނެސްދޭ ރިޕޯޓްތަކުގެ ވަކި ހިސާބަކުން ނޫސްވެރިޔާ ފެންނަ މަންޒަރު ނުވަތަ ޕީސް ޓު ކެމެރާ ރެކޯޑް ކުރުމަށް، ސުމައްޔާއަށް އެހީތެރިކަން ފޯރުކޮށްދެނީ ކެމެރާމަނެއް ކަމަށްވާ މުޢުމިން އަލް-ޤާރީނާވީއެވެ. އެއީ އެންމެ ފުރަތަމަ ދުވަހުން ފަށައިގެންވެސް ސުމައްޔާގެ ސަޕޯޓަރެކެވެ. ކެމެރާ ކުރިމަތީގައި ހުއްޓެވެންވީ ގޮތާއި، ދާއިރާގެ ތަޖުރިބާކާރެއް ފަދައިން ރިޕޯޓްތައް ހުށަހަޅައިދިނުމަށް ސުމައްޔާއަށް އެންމެ ގާތުން އިރުޝާދު ދޭ މީހަކީވެސް މުޢުމިންއެވެ.

ހަމަނުޖެހުން ހިންގާ ސަރަޙައްދުތަކުގައި ނޫސްވެރިން ހިމާޔަތްކުރާ ބައިނަލްއަގްވާމީ ޤާނޫނާ ޚިލާފަށް، މީޑިއާއަށް ޢަމާޒު ކޮށްގެން ޙަމަލާތައް ދޭ ކަމަށް، އިސްރާއީލުގެ މައްޗަށް ފަލަސްތީނުގެ ނޫސްވެރިން ވަނީ ތަކުރާރުކޮށް ތުހުމަތުކޮށްފަ އެވެ. ޙަމާސް ޖަމާޢަތުން ކޮންޓްރޯލް ކުރާ ޣައްޒާގެ މީޑިއާ އޮފީހުން ޚަބަރު ދޭ ގޮތުގައި، އޮކްޓޯބަރ 7، 2023 ވަނަ ދުވަހުން ފަށައިގެން އަދާ ކެހުނު އިރު، މީޑިއާގައި މަސައްކަތް ކުރާ 130 މީހަކު ވަނީ، އިޒްރޭލުގެ ނިރުބަވެރި ވަކިތަކުގެ ޝިކާރައަކަށްވެ، މި ދުނިޔެ ދޫކޮށްފައެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންޣައްޒާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު