Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

އިސްރާއީލުގެ ބޮޑު ވަޒީރުގެ ވިސްނުމަކީ ޣައްޒާ ހިފުން ކަމަށް އެ ގައުމުގެ ޓީވީ އަކުން ބުނެފި

ޣައްޒާގެ ހަނގުރާމަ ނިންމުމަށް މުޅި ދުނިޔެއިން ގޮވަމުން ދާއިރު، އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އަމާޒުކުރަނީ ހަމަލާތައް އިތުރަށް ފުޅާކޮށް މުޅި ސަރަހައްދު ހިފުމަށެވެ. ފަލަސްތީނު މިނިވަން ނުވަނީސް ހަމާސް އިން ހަތިޔާރު ބެހެއްޓުަމަށް އިންކާރު ކުރަމުން ދިޔަ ނަމަވެސް، އެ ސަރަހައްދުގެ ވެރިކަން ދޫކޮށްލުމަށް ތައްޔާރަށް ތިބިކަމަށް މެދުވެރިންނަށް އަންގާފައިވެއެވެ.

ރާއްޖެ އެމްވީ | 5 އޯގަސްޓު 2025 | އަންގާރަ 02:13
ޖުލައި 29، 2025 ގައި ޣައްޒާ ސްޓްރިޕް އާއި އިސްރާއީލުގެ ބޯޑަރު ކައިރީގައި ޑިޕްލޮއި ކޮށްފައިވާ ހަނގުރާމަމަތީ ޓޭންކެއް.

ޖުލައި 29، 2025 ގައި ޣައްޒާ ސްޓްރިޕް އާއި އިސްރާއީލުގެ ބޯޑަރު ކައިރީގައި ޑިޕްލޮއި ކޮށްފައިވާ ހަނގުރާމަމަތީ ޓޭންކެއް.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގެ ވިސްނުމަކީ ޣައްޒާގައި ހިންގާ ހަމަލާތައް ފުޅާކޮށް، މުޅި ސަރަޙައްދު ހިފުން ކަމަށް، އޭނާގެ އޮފީހުގެ އިސް ވެރިއަކާ ހަވާލާދީ އިޒްރޭލުގެ ޗެނަލް 12 އިން ހޯމަ ދުވަހު ބުނެފިއެވެ.

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނަތަންޔާހޫ މި މައްސަލައާ މެދު ގޮތެއް ނިންމުމަށް އަންގާރަ ދުވަހު އޭނާގެ ކެބިނެޓް ބައްދަލު ކުރާނެއެވެ. ހޯމަ ދުވަހު ރޮއިޓަރސް އިން އިސްރާއީލުގެ އިސް ވެރިއަކާ ހަވާލާދީ ބުނެފައި ވަނީ އިތުރު ބާރުގެ ބޭނުން ކުރުން އެއީ އޮޕްޝަނެއް ކަމުގައެވެ.

މިދިޔަ ހޮނިހިރު ދުވަހު، އެ ޤައުމަށް ޒިޔާރަތްކުރި އެމެރިކާގެ މެދުއިރުމަތީގެ ސަފީރު ސްޓީވް ވިޓްކޮފް ވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އިސްރާއީލުގެ ސަރުކާރާ އެކު މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

ނަމަވެސް އިސްރާއީލުގެ އިސްވެރިން ވަނީ ޣައްޒާގައި ހިންގާ ހަމަލާތައް ފުޅާކުރުމާއި، ވީރާނާވެފައިވާ އެ ސަރަޙައްދުގެ ބައެއް ހިސޯރު ކުރުމާ ގުޅޭ ޚިޔާލުތައް އެމެރިކާގެ މަންދޫބަށް ހުށަހަޅާފައެވެ.

ދޯހާގައި ކުރިއަށްދިޔަ ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތަކުގެ މަޤްޞަދަކަށްވީ އެމެރިކާގެ އެހީތެރިކަމާއެކު 60 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ މެދުކަނޑާލުމެވެ. އަދި މި މުއްދަތުގައި ޣައްޒާ އަށް އެހީ ފޯރުކޮށްދީ، ހަމާސް އިން ހިފަހައްޓާފައިވާ ރަހީނުންގެ ދެބައިކުޅައެއްބައި ދޫކޮށްލުމާ އަދި އޭގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަލަސްޠީނު ޤައިދީން ދޫކޮށްލުމެވެ. އެހެން ނަމަވެސް އެ ވާހަކަތައް ކާމިޔާބު ނުވެ ހުއްޓުމަކަށް ވަނީ އައިސްފައެވެ.

ނަތަންޔާހޫ ބުރާސްފަތި ދުވަހު ވިޓްކޮފްއާ ބައްދަލު ކުރުމަށް ފަހު، އިސްރާއީލުގެ އިސް ވެރިއަކު ބުނެފައި ވަނީ "ވޮޝިންގްޓަނާއި އިސްރާއީލާ ދެމެދު އެއްބަސްވުމަކަށް އާދެވެމުންދާ" ކަމަށެވެ. އެއީ ހަމާސް އާއެކު ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުމަކަށް އައުމުގެ ބަދަލުގައި "ހުރިހާ ރަހީނުން މިނިވަންކޮށް، ހަމާސް ލައްވާ ހަތިޔާރު ބެހެއްޓުމާއި، ޣައްޒާ ސްޓްރިޕް ހަތިޔާރުން މިނިވަން ކުރުން" ހިމެނޭ ފުރިހަމަ އެއްބަސްވުމަކަށް އެމެރިކާ އާއި އިސްރާއީލުން ދިއުން ކަމުގައެވެ. މިއީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އިސްރާއީލުން ކަނޑައަޅާފައިވާ މައިގަނޑު ޝަރުޠުތަކެވެ.

މި މައްސަލައާ ގުޅޭގޮތުން މަޢުލޫމުލޫމާތު ލިބިފައިވާ މަޞްދަރެއް ރޮއިޓަރސް އަށް އާދީއްތަ ދުވަހު ބުނެފައި ވަނީ ސަފީރުގެ ޒިޔާރަތް އިސްރާއީލުން ދެކެެނީ "ވަރަށް މުހިންމު" ކަމެއްގެ ގޮތުގައި ކަމަށެވެ.

ނަމަވެސް އާދީއްތަ ދުވަހުގެ ފަހުން، އިސްރާއީލުގެ ބޮޑު ވަޒީރު ވަނީ އެއްބަސްވުމަކަށް ވާސިލުވުމަށް މަސައްކަތްކުރުމަކީ ބޭކާރު ކަމެއް ކަމަށް ބުނެ، އިތުރު ބާރުގެ ބޭނުން ކުރާނެ ކަމުގެ އިންޒާރު ދީފައެވެ: "ހަމާސް އިން އެއްބަސްވުމަކަށް ޝައުޤުވެރިކަމެއް ނުދައްކާކަން އެނގެމުންދާތީ، ބޮޑުވަޒީރު މިހާރު މަސައްކަތް ކުރަމުން ދަނީ ރަހީނުން މިނިވަން ކުރުމަށާއި އަސްކަރީ ގޮތުން [ހަމާސް] ބަލިކުރުމަށެވެ."

ނަމަވެސް ހަމާސް އަސްކަރީ ގޮތުން ބަލިކުރުމަކީ ކޮބައި ކަމާމެދު އިސްރާއީލުގެ ލީޑަރޝިޕްގެ ތެރޭގައި ބަހުސްކުރެވެމުންދެއެވެ. އިސްރާއީލުގެ ބައެއް އިސްވެރިން ހުށަހަޅާފައި ވަނީ ހަމާސް އަށް ފިއްތުން އިތުރު ކުރުމުގެ ގޮތުން ޣައްޒާގެ ބައެއް ސަރަޙައްދުތައް ހިސޯރު ކުރާ ކަމަށް އިޢުލާނު ކުރުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް އަދި ޤައުމީ ސަލާމަތީ ވަޒީރު އިތަމާރު ބެން-ގްވިރް ބޭނުން ވަނީ އިސްރާއީލުން ޣައްޒާ ގައި އިސްރާއީލު ސިފައިންގެ ވެރިކަން ޤާއިމުކޮށް، އެ ސަރަޙައްދު އަތުލުމަށްފަހު، 20 އަހަރު ކުރިން އެތަނުން ނެރެލި ޔަހޫދީ އާބާދީތައް އަލުން ޤާއިމު ކުރުމަށެވެ.

ސިޔާސީ ލީޑަރޝިޕްގެ ބައެއް މީހުން ހަމަލާތައް ފުޅާކުރުމަށް ބާރު އަޅަމުން ދާއިރު، އިސްރާއީލު ސިފައިން ކަންބޮޑުވަނީ ހަމަލާތައް ފުޅާ ކުރުމުން އަދިވެސް ދިރިތިބި ކަމަށް ބެލޭ 20 ރަހީނުންނަށް ނުރައްކާވެދާނެތީ ކަމަށް ވެއެވެ.

އިސްރާއީލުގެ އާމީ ރޭޑިއޯ އިން ހޯމަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، ސިފައިންގެ އިސްވެރިޔާ އެޔާލް ޒަމީރު ވަނީ ސިޔާސީ ލީޑަރޝިޕްގެ ފަރާތުން ސްޓްރެޓީޖިކް ސާފުކަމެއް ނެތްކަމަށް ބުނެ އިތުރަށް ހިތްހަމަނުޖެހުން ފާޅު ކޮށްފައެވެ. އޭނާ ކަންބޮޑުވަނީ ހަމާސްގެ ހަނގުރާމަވެރިންނާ އެކު ދިގުލައިގެންދާ ހަނގުރާމައަކަށް ވަންނަން ޖެހިދާނެ އަތީ ކަމަށް ވެއެވެ.

އަންގާރަ ދުވަހު، ޤަޠަރާއި މިޞްރުން ވަނީ ފަރަންސޭސިވިލާތާއި ސަޢޫދީ ޢަރަބިއްޔާ އިން އިސްރާއީލު-ފަލަސްޠީނު މައްސަލައިގައި ދެ ދައުލަތުގެ ހައްލެއް ހޯދުމުގެ ގޮތުން އިއުލާނު ކޮށްފައިވާ ފިޔަވަޅުތަކަށް ތާއީދު ކޮށްފައެވެ. މީގެ ތެރޭގައި ހަމާސް އިން އެ ޖަމާޢަތުގެ ހަތިޔާރު ފަލަސްޠީނު އޮތޯރިޓީ އާ ހަވާލު ކުރުމަށް ގޮވާލުން ހިމެނެއެވެ.

ހަމާސް އިން ތަކުރާރުކޮށް ބުނަމުން އައިސްފައި ވަނީ ފަލަސްތީނަށް މިނިވަންކަން ނުލިބެނީސް އެ ޖަމާޢަތުން ހަތިޔާރު ދޫކޮށް ނުލާނެ ކަމަށެވެ. ނަމަވެސް އެ ޖަމާޢަތުގެ ތިން އިސްވެރިއެއްގެ ބަހުން، ހަމާސް އިން މެދުވެރިންނަށް ބުނެފައި ވަނީ ޣައްޒާގެ ވެރިކަން ދޫކޮށްލުމަށް ތައްޔާރަށް ތިބިކަމަށެވެ. އެހެން ނަމަވެސް އެއީ ވަކި ފަރާތަކަށް ނުޖެހޭ ވެރިކަމެއް ޤާއިމުކުރުމުގެ ގޮތުން ކަމަށް ވެސް ބުނެފައި ވެއެވެ.

ހަމާސް އިން ބުނެފައި ވަނީ ހަނގުރާމައަށްފަހު ޣައްޒާގެ އިންތިޒާމުތައް ހަމަޖައްސަން ވާނީ ފަލަސްޠީނުގެ ރައްޔިތުންގެ މެދުގައި އެއްބަސްވެވިގެން ކަމަށާއި، ބޭރުގެ ބާރުތަކުން އެކަން ނިންމައިގެން ނުވާނެ ކަމަށެވެ.

އިސްރާއީލުގެ ޚާރިޖީ ވަޒީރު ގިޑިއަން ސާރު ހޯމަ ދުވަހު ހާމަކޮށްފައި ވަނީ ދެފަރާތުގެ ދެމެދުގައި ހުރި ތަފާތުތައް އަދިވެސް ވަރަށް ބޮޑުކަމަށެވެ.

"އަހަރެމެން ބޭނުން ވަނީ އަހަރެމެންގެ ހުރިހާ ރަހީނުން އަނބުރާ ގެނައުމަށެވެ. އަހަރެމެން ބޭނުން ވަނީ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށެވެ. އަހަރެމެން އަބަދުވެސް އިސްކަން ދެނީ އެކަން ކުރެވެން އޮތްނަމަ ޑިޕްލޮމެޓިކް ވަސީލަތްތަކުން ކުރުމަށެވެ. ނަމަވެސް ހަމަ ޔަޤީނުން ވެސް ބޮޑު ސުވާލަކީ، ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ޝަރުޠުތަކަކީ ކޮބައިހެއްޔެވެ؟" އޭނާ ޖެރޫސަލަމްގައި ނޫސްވެރިންނަށް ބުނެފައިވެއެވެ.

އިސްރާއީލް-ހަމާސްބެންޖަމިން ނަތަންޔާހޫޣައްޒާއެމެރިކާ-އިޒްރާއީލްރަހީނުންގެ މައްސަލަޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު