Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ނަޕޯލީ ކައިރިން އިންޓަ އެއްވަރު

މިހާތަނަށް ކުޅުނު 29 މެޗުން އިންޓަ އަށް ލިބެނީ 76 ޕޮއިންޓު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މާރިޗު 2024 | ހޯމަ 08:21
އިޓާލިއަން ލީގުގައި އިންޓަ އަދި ނަޕޯލީ ކުޅުނު މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި އިންޓަ އަދި ނަޕޯލީ ކުޅުނު މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗުން އިންޓަ މިލާން އެއްވަރުވެއްޖެ އެވެ.

އިންޓަ މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އިންޓަ އިންނެވެ. ނަމަވެސް ނަޕޯލީން ވަނީ ލަނޑު ޖަަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، އިންޓަ އަށް ލީޑު ނަގައިދިނީ މެތެއޯ ޑާމިއަން އެވެ. އޭނާ އެ ލަނޑު ޖެހީ އެލެސާންޑްރޯ ބަސްޓޮނީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ނަޕޯލީން ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 81 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ހުއާން ޖީސޫސް އެވެ.

މެޗުން ލިބުނު އެއް ޕޮއިންޓާއެކު އިންޓަ އޮތީ އެއް ވަނައިގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު 29 މެޗުން 76 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ހަތް ވަނައިގައި ނަޕޯލީ އޮތީ 45 ޕޮއިންޓާއެކު އެވެ. މި ސީޒަންގެ އިޓާލިއަން ލީގުގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރެމުން އަންނަނީ އިންޓަ އެވެ. މި ސީޒަންގެ ލީގުގައި މިހާތަނަށް އެ ޓީމު ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ.

އިޓާލިއަން ލީގުއިންޓަރ މިލާންނަޕޯލީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
01 ޖުލައި 2025

އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް

01 ޖުލައި 2025
އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް
26 ޖޫން 2025

ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް

26 ޖޫން 2025
ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް
04 ޖޫން 2025

އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި

04 ޖޫން 2025
އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު