Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެއަރޕޯޓުގެ މަގުތައް ތަރައްގީކުރުން

އެއަރޕޯޓް ހިމެނޭ ސަރަހައްދުގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަށް އާރްޑީސީއާ ހަވާލުކޮށްފި

މި އެއްބަސްވުމުގެ ދަށުން އެއަރޕޯޓްގެ މަގު ހެދުމާއި މަރާމާތުކުރުމާއި ރީސަރފޭސް ކުރުން ހިމެނޭ

އަމްނާ އިމާދު
އަމްނާ އިމާދު | 18 މާރިޗު 2024 | ހޯމަ 04:17
އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން

އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިމެނޭ ސަރަހައްދުގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކޮށްފިއެވެ.

އާރްޑީސީއާ މި މަސައްކަތް ހަވާލުކޮށް، އާދިއްތަ ދުވަހު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެމްއޭސީލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހެއިރުއެވެ.

އާރްޑީސީން ބުނީ މި އެއްބަސްވުމުގެ ދަށުން އެއަރޕޯޓްގެ މަގު ހެދުމާއި މަރާމާތުކުރުމާއި ރީސަރފޭސް ކުރުން ހިމެނޭ ކަމަށެވެ.

އާރްޑީސީން ބުނީ މަގުތައް ގަވާއިދުން ބެލެހެއްޓުމާއި މަގުގައި ހެދިފައި ހުންނަ ވަޅުގަނޑު ރަނގަޅު ކުރުމާއި އިމާރާތްތަކުގެ ރެނދުލާފައިވާ ތަންތަން ރަނގަޅު ކުރުން ފަދަ ކަންކަމުގެ އިތުރުން، މަގުތަކުގައި ލައިން މާކިންގ ދިނުން ހިމެނޭ ކަމަށެވެ. އަދި މަގުމަތީގެ ސަރަހައްދުތަކާއި ފެން ހިއްކުމުގެ ނިޒާމުތަކާއި އެއާ ގުޅުންހުރި އިންފްރާސްޓްރަކްޗަރ ސާފުކުރުމާއި، އެމްއޭސީއެލް އިން އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން އާންމު ތަންތަނާއި ސައިޑްވޯކްތަކާއި އަދި އެނޫން ވެސް ކަނޑައެޅިފައިވާ ތަންތަން ސާފުކުރާނެ ކަމަށެވެ. އަދި ކަނޑައެޅިފައިވާ ސަރަހައްދުތަކުން ކުނި އަދި އެހެނިހެން ކުނި ނައްތާލުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އާރްޑީސީން ބުނެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއު ކުރިއަށްދާއިރު، އެ ސަރަހައްދުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވޭނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ.

އެއަރޕޯޓް

އިތުރަށް ކިޔާލަން

21 އޮކްޓޯބަރު 2025

ލާމުގައި ދެވަނަ އެއާޕޯޓް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، އަޅާނެ ތަނެއް ކަނޑަނޭޅުނު

21 އޮކްޓޯބަރު 2025
ލާމުގައި ދެވަނަ އެއާޕޯޓް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، އަޅާނެ ތަނެއް ކަނޑަނޭޅުނު
14 އޮކްޓޯބަރު 2025

ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!

14 އޮކްޓޯބަރު 2025
ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!
03 ސެޕްޓެމްބަރު 2025

އަމިއްލަ ދަތުރުތަކަށް އެންމެ ގިނައިން ވީއައިޕީ ބޭނުންކުރީ މަޖިލިސް ނައިބްރައީސް ނާޒިމް

03 ސެޕްޓެމްބަރު 2025
އަމިއްލަ ދަތުރުތަކަށް އެންމެ ގިނައިން ވީއައިޕީ ބޭނުންކުރީ މަޖިލިސް ނައިބްރައީސް ނާޒިމް
19 އޯގަސްޓު 2025

މަތިވެރީ ގައި އެއަރޕޯޓެއް ތަރައްގީ ކުރަނީ

19 އޯގަސްޓު 2025
މަތިވެރީ ގައި އެއަރޕޯޓެއް ތަރައްގީ ކުރަނީ
10 ޖުލައި 2025

އޭވިއޭޝަން ސެކިއުރިޓީގެ ކަންކަން އޮތީ ވަރަށް ދޯދިޔާކޮށް، ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި: ފަޔާޒް

10 ޖުލައި 2025
އޭވިއޭޝަން ސެކިއުރިޓީގެ ކަންކަން އޮތީ ވަރަށް ދޯދިޔާކޮށް، ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި: ފަޔާޒް
07 ޖޫން 2025

އީދު ބަންދާ ދިމާކޮށް، ފުނަދޫ އެއަރޕޯޓް ބަންދުކޮށްފި

07 ޖޫން 2025
އީދު ބަންދާ ދިމާކޮށް، ފުނަދޫ އެއަރޕޯޓް ބަންދުކޮށްފި
07 މެއި 2024

އެއާޕޯޓުގައި މާރާމާރީ ހިންގި ބިދޭސީ މީހާ ހައްޔަރުކޮށްފި

07 މެއި 2024
އެއާޕޯޓުގައި މާރާމާރީ ހިންގި ބިދޭސީ މީހާ ހައްޔަރުކޮށްފި
01 އެޕްރީލު 2024

މަގޫދޫގެ އެއާޕޯޓުގެ މަސައްކަތް ހުއްޓާލާފައިވަނީ ރައީސްގެ ކޮއްކޯފުޅަށްޓަކާއެއް ނޫން: ޕީއެންސީ

01 އެޕްރީލު 2024
މަގޫދޫގެ އެއާޕޯޓުގެ މަސައްކަތް ހުއްޓާލާފައިވަނީ ރައީސްގެ ކޮއްކޯފުޅަށްޓަކާއެއް ނޫން: ޕީއެންސީ
10 ޖެނުއަރީ 2024

ޑޮމެސްޓިކް އެއާޕޯޓުތައް ތަރައްގީކުރަން ބޭނުންވާ ފައިސާ ދިނުމަށް ލިބިފައިވާ ހަތް ޕްރޮޕޯސަލް ބާތިލުކުރަން ނިންމައިފި

10 ޖެނުއަރީ 2024
ޑޮމެސްޓިކް އެއާޕޯޓުތައް ތަރައްގީކުރަން ބޭނުންވާ ފައިސާ ދިނުމަށް ލިބިފައިވާ ހަތް ޕްރޮޕޯސަލް ބާތިލުކުރަން ނިންމައިފި
21 ޑިސެމްބަރު 2023

ވީއައިއޭއަށް ފުރަން ދާ މީހުން ތިން ގަޑިއިރު ކުރިއަށް ދިއުމަށް އިލްތިމާސްކޮށްފި

21 ޑިސެމްބަރު 2023
ވީއައިއޭއަށް ފުރަން ދާ މީހުން ތިން ގަޑިއިރު ކުރިއަށް ދިއުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު