Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ރައީސް އުޅުއްވަނީ ނޫސްވެރިންނަށް ފިއްލަވައިގެން، ބައްދަލުނުކުރައްވާތާ 100 ދުވަސް ހަމަވެއްޖެ!

ރައްޔިތުންނަށް ފޮރުވައިގެން އެއްވެސް ކަމެއް ނުކުރައްވާނެކަމަށާއި، ނޫސްވެރިންނަށް ކަމެއް ނޭނގިގެން އުޅެން ޖެހުނަ ނުދެއްވާނެ ކަމަށް ވިދާޅުވެފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 މާރިޗު 2024 | ހޮނިހިރު 07:08
ރައީސް މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި

ރައީސް މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި

އަނެއްކާ ވެސް ދައްކާލަން މި ޖެހެނީ އައު ވާހަކަ އެކެވެ. ސަރުކާރަށް 100 ދުވަސް ހަމަވެގެން، އެކަމުގެ ކާމިޔާބީ، ސަރުކާރާާއި ސަރުކާރުގައި ތިއްބެވި ވެރިން ދަނީ ފާހަގަކުރައްވަމުންނެވެ. އެހެން ނަމަވެސް، މި ސަރުކާރަށް އަލަށް ކުރެވުނު މާބޮޑު ކަމެއް ފެންނާކަށް ނެތެވެ. ސަރުކާރުގައި ތިއްބެވި ފަރާތްތަކަށް މާބޮޑު ކަމެއް ކުރެއްވިގެން އުޅޭކަމުގެ އިހުސާސް ކުރެވުނުނަމަވެސް، އާންމު ރައްޔިތުންނަށް އެ އިހުސާސެއް ނުކުރެވެއެވެ. ސަބަބުތައް ވެސް އެހާމެ ގިނައެވެ.

އެކަމަކު، މިފަހަރު ދައްކާލަން މި އުޅެނީ އެ ވާހަކަތަކާ ތަފާތު އެހެން ވާހަކައެކެވެ. އެހެންނަމަވެސް، ވަރަށް މުހިންމު ވާހަކައެކެވެ. އިންތިޚާބުގެ ކެމްޕެއިނުގެ ތެރޭގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައި އޮތީ، ނޫސްވެރިންނާ ގާތުން މަސައްކަތް ކުރައްވާނެ ކަމަށެވެ. ރައްޔިތުންނަށް ފޮރުވައިގެން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި، ނޫސްވެރިންނަށް ކަމެއް ނޭނގިގެން އުޅެން ޖެހުނަ ނުދެއްވާނެ ކަމަށެވެ. އެހެން ނަމަވެސް، ވެރިކަަމަށް 100 ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މަންޒަރު ފެންނަނީ ދިމާ އިދިކޮޅަށެވެ.

ވެރިކަމަށް ވަޑައިގަތްފަހުން، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް އެމަނިކުފާނު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވީ އެންމެ ދެ ފަހަރުއެވެ. އޭގެތެރެއިން ފުރަތަމަ ބައްދަލުވުމަކީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު ރައީސް ތުރުކީ އަދި ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގަައި ބޭއްވެވި ބައްދަލުވުމެވެ. ދެވަނަ ބައްދަލުވުމަކީ، އޭގެ ދެ ދުވަސް ފަހުން އޮތް ވަޒީރުގެ މަޖިލީހުގެ ޖަލްސާއަށްފަހު ނިންމުންތައް ހިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމެވެ.

އޭގެ ފަހުންް މިހާރު ސަތޭކަ ދުވަހަށްވުރެ ގިނަވެފައިވާއިރު، ރައީސް އުޅުއްވަނީ ނޫސްވެރިންނަށް ފިއްލަވައިގެންނެވެ. އާންމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވަައި، ރައީސް މޮޅެތި ވީޑިއޯތައް އެބަ ކުޅުއްވައެވެ. އެހެން ނަމަވެސް ނޫސްވެރިންނާ ބައްދަލެއްނުކުރައްވައެވެ.

ޤައުމުގައި ކަންކަން ހިނގަމުންދާ ގޮތުން، ނޫސްވެރިން ޖަވާބު ހޯދަން ބޭނުންވާ އެތައް ސުވާލުތަކެއް ހުންނާނެއެވެ. މިކަމުގެ ސަބަބެއް އަމުދުން ސާފުވާގޮތެއް ނުވެއެވެ. ފަހަރުގައި މިއީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މީޑިއާ ބައި ހިންގަވަން ތިއްބެވި ބޭފުޅުންގެ މޮޅު އުކުޅަކަށް ވުންވެސް ވަރަށް ގާތެވެ.

އެހެނީ އެމަނިކުފާނު ނޫސްވެރިންނާ ބައްދަލު ކުރައްވައިފިނަމަ، އެމަނިކުފާނަށް އެޅުއްވޭނެ ޅަ އެއްޗެހި އެބޭފުޅުންނަށް އިހުސާސްކުރެއްވޭތީ ކަމަށްވެސް ވެދާނެއެވެ. ނޫންނަމަ، އެމަނިކުފާނާއި ސަރުކާރު އިތުރަށް ފަޟީޙަތް ވެދާނެކަމުގެ ބިރު އެވެރިންނަށް އޮތަތީ ކަމަށްވެސް ވެދާނެއެވެ.

މި ސަރުކާރުން ކުރަމުން އަންނަ ކަންތައްތަކުގެ މަޢުލޫމާތު ހޯދުމަކީ ވެސް ނޫސްވެރިންނަށް ބޮޑު ބުރައަކަށް ވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ތަރުޖަމާނަކު ނެތި 73 ދުވަހަށްވުރެ ގިނަވެއްޖެއެވެ. އެންމެ ފަހުން އެ މަޤާމުގައި ހުންނެވި މުޙައްމަދު ޝަހީބު މަޤާމުން ވަކިކުރެއްވިފަހުން، އިތުރު ބޭފުޅަކު ޢައްޔަނެއް ނުކުރައްވައެވެ. ކެބިނެޓު ބައްދަލުވުންތަކުގެ ތަފްސީލު ހިއްސާކުރެއްވުމަށް ބާއްވަވަމުން އައި ނޫސްވެރިންގެ ބައްދަލުވުންވެސް، މިހާރު އޮތީ "ޕާކު ކޮށްފަ"އެވެ.

އަނެއްކާ ރައީސްގެ ވާހަކަފުޅު ހުންނަ ގޮތަށް ބަލާއިރު، އެކަން ކުރައްވަން ވެސް މަޖިލީހުގެ މެޖޯރިޓީ ދޭންވީތޯއެވެ؟ މިހެން މި ދެންނެވީ، މިހާރު ކޮންމެ ކަމެއް ވެސް ކުރެވެނީ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށް ރައީސް ވިދާޅުވަމުން ގެންދަވާތީއެވެ.

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެސް ރައީސް މުޢިއްޒަކީ ނޫސްވެރިންނާ ބީރައްޓެހި ބޭފުޅެކެވެ. އެމަނިކުފާނުގެ މުޅި ސިޔާސީ ޙަޔާތްޕުޅުން ވެސް ފެންނަން އޮތީ އެކަމެވެ. ދެން އަދި ވެރިކަމަށް ވަޑައިގަތްނަމަވެސް، ނޫސްވެރިންނާ ގާތްކަމެއް ބާއްވަވާނީ ކިހިނަކުންތޯއެވެ؟

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުރައީސް އޮފީސްރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންމަގޭ ރިޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު