Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ޔުނައިޓެޑު

ރަޝްފޯޑު ޕީއެސްޖީ އަށް ބަދަލުވާ ވާހަކަތަކާ ގުޅިގެން، ޓެން ހާގް ހިތްހަމަ ނުޖެހިއްޖެ

ޔުނައިޓެޑުން 2015 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި ރަޝްފޯޑު ވަނީ، އެ ކުލަބުގެ އެއްބަސްވުން އައު ކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 މާރިޗު 2024 | ހޮނިހިރު 00:41
ޔުނައިޓެޑުގެ ކޯޗު ޓެން ހާގް އަދި ރަޝްފޯޑު

ޔުނައިޓެޑުގެ ކޯޗު ޓެން ހާގް އަދި ރަޝްފޯޑު

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ މާކަސް ރަޝްފޯޑު، ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ބަދަލުވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން، އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ހިތްހަމަ ނުޖެހިއްޖެ އެވެ.

ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޕީއެސްޖީން އަންނަނީ ރަޝްފޯޑު ހޯދުމުގެ ޝައުޤުވެރިކަން ފާޅުކުރަމުންނެވެ. އެއީ މި ސީޒަނަށްފަހު ޕީއެސްޖީގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، ފްރާންސްގެ ކީލިއަން އެމްބާޕޭ އެ ކުލަބު ދޫކޮށްލަން ނިންމާފައިވާތީ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އެހެންކަމުން އެމްބާޕޭގެ ބަދަަލަށް ޕީއެސްޖީން ގެންނަން ބޭނުން ވަނީ ރަޝްފޯޑު ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޓެން ހާގް ބުނީ، މިހާރު މިވަގުތު ރަޝްފޯޑު ވިއްކާލުމުގެ އެއްވެސް ވިސްނުމެއް ޔުނައިޓެޑުން ގެން ގުޅޭ ނަމަ، މިދިޔަ ސީޒަނުގައި އޭނާގެ އެއްބަސްވުން އައު ކުރަންވީ ސަބަބެއް ނެތް ކަމަށެވެ. ހަމައެހެންމެ ޔުނައިޓެޑުން މުސްތަޤުބަލަށް ކުރަމުން އަންނަ މަސައްކަތުގަައި ރަޝްފޯޑަކީ ވަރަށް މުހިންމު ކުޅުންތެރިޔަކަށް ވާން ޖެހޭނެ ކަމަށާއި، އެއީ ޔުނައިޓެޑުން ނުދައްކާ ބާއްވާނެ ވާހަކައެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

ޔުނައިޓެޑުން 2015 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި ރަޝްފޯޑު ވަނީ، އެ ކުލަބުގެ އެއްބަސްވުން އައު ކޮށްފަ އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކުރި އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ރަޝްފޯޑު ވަނީ މިހާތަނަށް ޔުނައިޓެޑަށް ކުޅެދިން 393 މެޗުގައި 130 ލަނޑު ޖަހައިފަ އެވެ. އޭނާ އަކީ ޔުނައިޓެޑުގައި ޓެން ހާގް އެންމެ އިސްކަން ދެމުން އަންނަ އެއް ކުޅުންތެރިޔާ އެވެ.

މެންޗެސްޓަރ ޔުނައިޓެޑްމާކަސް ރެޝްފޯޑްއެރިކް ޓެން ހާގް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

16 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު