Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަޤްޞާ މިސްކިތަށް ވަނުމަށް ހުރަސްއެޅުން

‎‏އަލްއަޤްޞާ މިސްކިތަށް ވަންނަ މައި 3 ގޭޓެއްގައި އިސްރާއީލުން ހުރަސްތަކެއް އަޅައިފި‏‎

15 މާރިޗު 2024 | ހުކުރު 16:54

އުރުދުންގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުގެ މި ފިޔަވަޅަކީ ނުރައްކާތެރި އަދި ބަލައިގަނެވޭނެ ‎‎ފިޔަވަޅެއް ނޫން ކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 15 މާރިޗު 2024 | ހުކުރު 16:54
އަލްއަޤްޞާ މިސްކިތް ކޮމްޕައުންޑްގެ ކިންގް ފައިސަލް ގޭޓުގައި އިސްރާއީލު ސިފައިން ދަގަނޑު ކޭޖެއް ބަހައްޓާފައިވާ މަންޒަރެއް

އަލްއަޤްޞާ މިސްކިތް ކޮމްޕައުންޑްގެ ކިންގް ފައިސަލް ގޭޓުގައި އިސްރާއީލު ސިފައިން ދަގަނޑު ކޭޖެއް ބަހައްޓާފައިވާ މަންޒަރެއް

އިސްރާއީލުން ހިފާފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަލްއަޤްޞާ މިސްކިތަށް ވަންނަ މައި ތިން ގޭޓެއްގައި ‎‎ އިޒްރޭލު ފުލުހުން ހުރަސްތަކެއް އެޅުމުގެ ސަބަބުން މުސްލިމުން އެމިސްކިތަށް ވަނުމަށް އިތުރު ހުރަސްތަކެއް ‎‎ ކުރިމަތިވަމުންދާކަމަށް އަނަޑޯލޫ ނިއުސް އެޖެންސީން ބުނެއެވެ.‎

‎ހިފާފައިވާ ގުދުސް ސިޓީގެ އިސްލާމިކް އެންޑޯމަންޓްސް ޑިޕާޓްމަންޓް، ވަޤްފް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ދަގަނޑު ‎‎ހުރަސްތައް ބަހައްޓާފައިވަނީ ރަސްގެފާނު ފައިސަލް އާއި އަލްޣަވަންމެހް އަދި އަލްހާދީދުގެ ދޮރުމަތީގައި ކަމަށާއި އެއީ ނުރައްކާތެރި އަދިއެފަދަ ފިޔަވަޅެއް އަޅައިފާނެ ކަމަށް ‎‎ހީވެސް ނުކުރާވަރުގެ ފިޔަވަޅެއް ކަމަށެވެ.‎

‎އުރުދުން އާއި ފަލަސްތީނުން ވެސް ވަނީ އިޒްރޭލުން މިސްކިތަށް ވަނުމަށް ހުރަސް އެޅުމުން އެކަން ކުށްވެރިކޮށްފައެވެ.‎

‎އުރުދުންގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުގެ މި ފިޔަވަޅަކީ ނުރައްކާތެރި އަދި ބަލައިގަނެވޭނެ ‎‎ފިޔަވަޅެއް ނޫން ކަމަށެވެ.‎

‎ހިފާފައިވާ އިރުމަތީ ގުދުސްގެ މައްޗަށް އިސްރާއީލަށް އެއްވެސް ސިޔާދަތެއް ނޯންނާނެ ކަމަށާއި އަލްއަޤްޞާ މިސްކިތަށް ނަމާދަށް މީހުން ‎‎ވަނުމަށް އެއްވެސް ހުރަހެއް އެޅުމުގެ އިހްތިޔާރެއް ނޯންނާނެ ކަމަށާއި، އުރުދުންގެ ރަސްގެފާނަކީ ގުދުސްގައި މުސްލިމުންނާއި ‎‎ކްރިސްޓިއަނުންގެ މާތް ތަންތަން ބެލެހެއްޓުމުގެ ރަސްމީ އަދި ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ ބެލެނިވެރިއެއް ކަމަށް އެ ‎‎މިނިސްޓްރީން ބުންޏެވެ.‎

‎އަދި އިޒްރޭލުން ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ހިންގަމުންދާ އަމަލުތައް ހުއްޓުވުމުގެ ޒިންމާ އުފުލުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ‎‎ގޮވާލާފައިވެއެވެ.‎

‎ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ އިޒްރޭލުން ހުރަސްތައް ހަރުކޮށްފައިވާތީ އެކަން ކުށްވެރިކޮށް، މިއީ އަލްއަޤްޞާ މިސްކިތުގެ ‎‎ތާރީޚީ، ޤާނޫނީ އަދި ސިޔާސީ ޙަޤީޤަތް ބަދަލުކުރުމަށް އެޅި ފިޔަވަޅެއްކަމަށް ބުނެފައެވެ.‎

‎އަދި ހުރަސްތައް އެޅުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށާއި އިސްރާއީލުގެ އެ އަމަލުތަކަކީ އަޅުކަންކުރާ ‎‎ތަންތަނަށް ވެރިވެގަތުމުގެ ގޮތުން ހިންގަމުންދާ އަމަލުތަކެއް ކަމަށް އެ ޖަމިއްޔާއިން ދެކެއެވެ.‎

‎އެ ޖަމިއްޔާއިން ވަނީ ގުދުސް އާއި އެގައުމުގެ ކްރިސްޓިއަން އަދި މުސްލިމުންގެ ހިޔާވަހިކަމަށް އިސްރާއީލުން އަރައިގަތުން ހުއްޓުވުމަށް ‎‎ބައިނަލްއަގުވާމީ ނުފޫޒު ފޯރުވުމަށް ގޮވާލާފައެވެ.‎

‎ހަމާސް ޖަމާއަތުން އިސްރާއީލުގެ މި ފިޔަވަޅަށް ވަރަށް ބޮޑަށް ފާޑުކިޔައި ބުނީ މިއީ ރަމަޟާން މަހު އަލްއަޤްޞާ މިސްކިތަށް ނަމާދަށް ދާ ‎‎މީހުން ހުއްޓުވުމަށް ކުރާ ނުބައި މަސައްކަތެއް ކަމަށެވެ.‎

‎އިސްރާއީލުގެ އަސްކަރިއްޔާއިން މިދިޔަ ހޯމަ ދުވަހު ވަނީ ރަމަޟާން މަހު ހުކުރު ނަމާދު ކުރުމަށް، ހިފާފައިވާ ހުޅަނގު އައްސޭރިން އިރުމަތީ ‎‎ގުދުސްއަށް ފަލަސްތީނު މީހުން އެތެރެވުން ހުއްޓުވާފައިވާކަން އިއުލާނުކޮށްފައެވެ.‎

‎އެ އެންގުންތަކުގައިވާ ގޮތުން ރަމަޟާން މަހު ގުދުސްއަށް ވަދެވޭނީ އުމުރުން 55 އަހަރުން މަތީގެ ފިރިހެނުންނާއި 50 އަހަރުން މަތީގެ ‎‎އަންހެނުންގެ އިތުރުން ދިހަ އަހަރުން ދަށުގެ ކުޑަކުދިންނަށެވެ.‎

‎އަލްއަޤްޞާ އޮންނަ އިރުމަތީ ގުދުސް އިސްރާއީލުން ހިފާފައިވަނީ 1967 ވަނަ އަހަރުގެ ޢަރަބި-އިސްރާއީލު ހަނގުރާމައިގައެވެ.

ޣައްޒާއިޒްރޭލް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް