Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަނަސް މަރުގެ މައްސަލަ

އަނަސް މަރުގެ މައްސަލައިގެ ހުކުމް އިސްތިއުނާފް ކުރަން ނިންމައިފި

އަނަސްގެ މަރުގެ ހުކުމް އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވާ ކަމަށް ނިންމާފައިވަނީ 25 ފެބްރުއަރީގައި

އަމްނާ އިމާދު
އަމްނާ އިމާދު | 15 މާރިޗު 2024 | ހުކުރު 12:15
ރ މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް

ރ މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް

ރ.މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރުގެ މައްސަލައިގެ ހުކުމް އިސްތިއުނާފް ކުރަން ނިންމައިފިއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ރ.މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގެ ހުކުމް އިސްތިއުނާފް ކުރަން ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުން ވަނީ ނިންމާފައެވެ.

6 އަހަރަށްފަހު އަނަސްގެ މަރުގެ ހުކުމް އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ 25 ފެބްރުއަރީ 2024 ވީ އާދިއްތަ ދުވަހެވެ.

އަނަސް މަރުގެ މައްސަލައިގައި ދައުލަތުން 9 ސިއްރު ހެއްކެއް ހުށަހަޅާފައިވީނަމަވެސް، އެއިން އެއްވެސް ހެއްކެއް ހާޒިރު ކުރެވިފައެއް ނުވެއެވެ. އެހެންކަމުން މައްސަލަ ނިންމަވާއިރު، ތަހުގީގުގައި ހެކިން ދީފައިވާ ބަޔާނަށް ރިއާޔަތް ކުރެއްވުމަށް ދައުލަތުން އެދިފައިވެއެވެ. ނަމަވެސް ދިފާއުން ވަނީ ހަމައެކަނި ތަހުޤީޤީ ބަޔާނަށް ރިއާޔަތްކޮށް މައްސަލަ ނިންމުމަކީ ދައުވާލިބޭ ފަރާތްތަކުގެ ހައްޤު ގެއްލިގެންދާނެ ކަމެއްކަމަށް ބުނެފައެވެ.

އަދި ދައުލަތަށް ގިނަ ފުރުސަތުތަކެއް ދެވި ހެކިން ހާޒިރު ކުރެވިފައިނުވާއިރު، އެ 9 ހެކިންނަކީ ނެތް ހެކިންކަމަށް ބަލައި މައްސަލަ ކުރިއަށް ގެންދިއުމަށް މި މައްސަލަ ކުރިއަށް ދިޔައިރު ދިފާއުން އެދިފައިވެއެވެ. އެކަމާ ގުޅޭގޮތުން ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ އޭރު ވަނީ މި މައްސަލައިގައި ހިމެނޭ 9 ސިއްރު ހެކިންގެ ހެކިބަސް ނުނެގުމަށް ނިންމަވައި މައްސަލަ ކުރިއަށް ގެންދެވިއެވެ.

އަނަސް މަރާލާފައިވަނީ، 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެރެއެވެ. އަނަސް މަރާލާފައިވަނީ އޭނާ ފަހާ ދުވަމުން ގޮސް، ލިޓަސް ސަރވިސް ސެންޓަރު ތެރެއަށް އޭނާ ވަނުމުން، ފަހަތުން ގޮސް ހަމަލާދީގެންނެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން އަނަސްގެ ހަށިގަނޑުގެ އެކި ތަންތަނަކަށް ހަމަލާދީފައިވާއިރު، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައެވެ.

އަނަސްގެ މަރުކްރިމިނަލް ކޯޓްޕީޖީ އޮފީސް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު