Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގައި ޓިކްޓޮކް މަނާކުރުން

‎‏ޓިކްޓޮކް މަނާކުރަން ހުށަހެޅި ހުށަހެޅުމަށް އެމެރިކާގެ ބޮޑު ޔަހޫދީ ޖަމާއަތަކުން މަރުހަބާ ކިޔައިފި‏‎

އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު 170 ‎‎މިލިއަނަށް އަރާ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 15 މާރިޗު 2024 | ހުކުރު 10:52
އެމެރިކާއިން ޓިކްޓޮކް މަނާކުރުމަށް ކުރަމުންދާ މަސައްކަތް ދުވަހެއް ދުވަހަކަށް ދަނީ އިތުރުކުރަމުން

އެމެރިކާއިން ޓިކްޓޮކް މަނާކުރުމަށް ކުރަމުންދާ މަސައްކަތް ދުވަހެއް ދުވަހަކަށް ދަނީ އިތުރުކުރަމުން

އެމެރިކާގައި ޓިކްޓޮކް މަނާކުރަން ހުށަހެޅި ހުށަހެޅުމަށް އެމެރިކާގެ ބޮޑު ޔަހޫދީ ޖަމާއަތަކުން މަރުހަބާ ކިޔައިފި‎އެވެ.

ޗައިނާގެ ހިއްސާ އޮންނަ ޓިކްޓޮކް މަނާކުރަން އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން ހުށަހެޅި ބިލު ދުނިޔޭގެ އެކި ‎‎ކަންކޮޅުތަކުގައި ސުރުހީތަކަށް އަރާފައިވާއިރު، އިޒްރޭލަށް ތާއީދުކުރާ ފަރާތްތަކުން އެ ހުށަހެޅުއްވުމަށް މަރުހަބާ ކިޔަމުން ދަނީ އެ ‎‎ޕްލެޓްފޯމްގައި "އެންޓިސެމިޓިކް ކޮންޓެންޓް" އުފެދިފައިވާ ކަމަށް ބުނެއެވެ. ‎

‎އެ ގައުމުގެ މިނިވަން ޔަހޫދީ ޖަމާއަތްތަކުގެ 350 އަށް ވުރެ ގިނަ ޖަމާއަތް ތަމްސީލުކުރާ އެމެރިކާގެ ޔަހޫދީ އަމްބްރެލާ ޖަމިއްޔާއެއް ކަމަށްވާ ‎‎ޔަހޫދީ ފެޑެރޭޝަންސް އޮފް ނޯތު އެމެރިކާ (ޖޭއެފްއެންއޭ) އިން ބުދަ ދުވަހު ނެރުނު ރަސްމީ ބަޔާނެއްގައި ވަނީ އެ ކަމަށް ތައުރީފުކޮށްފަ ‎‎އެވެ.‎

‎އެ ޖަމާއަތުން ބުނީ ޔަހޫދީ މުޖުތަމައުތަކަށް މިއަދު ދިމާވެފައިވާ އެންމެ މުހިންމު އެއް މައްސަލައަކީ އެންޓިސެމިޓިޒަމް ވަރަށް ބޮޑަށް ‎‎އިތުރުވުން ކަމަށާއި، އެންޓިސެމިޓިޒަމްގައި މިހާތަނަށް އެންމެ ބޮޑު ކުށްވެރިއަކީ ޓިކްޓޮކް ކަމަށެވެ.‎

‎ސީއީއޯ އެރިކް ފިންގާހަޓް ވިދާޅުވި މިއަދުގެ ވޯޓުން ފެނިގެން ދިޔައީ ޓިކްޓޮކްގެ ސަބަބުން ޔަހޫދީ މުޖުތަމައުތަކަށް ނަފުރަތު އުފެދޭ މެސެޖުތައް ނުފޯރުވޭނެ ‎‎ކަން ކަށަވަރު ކުރުމަށް އޮތް ވަރުގަދަ، ބައިޕާޓިޝަން ތާއީދުކަމަށެވެ. އަދި މި ގާނޫނު އަވަހަށް ބަލައިގަނެ ފާސްކުރުމަށް ސެނެޓުން އިލްތިމާސް ‎‎ކުރާކަމަށްވެސް އޭނާ ވިދާޅުވިއެވެ.‎

‎ފެޑެރޭޝަންސް ގްރޫޕުން މަސައްކަތް ކުރަނީ ޓިކްޓޮކްގެ ވެރިޔާ ބައިޓްޑާންސަށް އެ އެޕްލިކޭޝަންގެ އެމެރިކާގެ އެސެޓްތައް ވިއްކާލަން ‎‎ނުވަތަ އެ ގައުމުގައި މުޅިން މަނާކުރުމަށް މަޖުބޫރު ކުރުމަށެވެ.

އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު 170 ‎‎މިލިއަނަށް އަރާއިރު، އޭގެ ތެރެއިން ގިނަ ބަޔަކު ދިރިއުޅުމަށް މި އެޕްލިކޭޝަން ބޭނުންކުރާއިރު، އެ އެޕްލިކޭޝަން މަނާކުރުމާ ދެކޮޅަށްވެސް އެތަބަޔަކު ދަނީ އަޑުއުފުލަމުންނެވެ. އެގޮތުން އެމެރިކާގެ ގާނޫނު ހަދާ މަޖިސްގެ މެމްބަރުންގެ ފޯނުތަކަށް ކެނޑިނޭޅި ފޯނުކޯލްތައް އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާޓިކްޓޮކް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
10 ޑިސެމްބަރު 2025

އިނގިރޭސި ސަރުކާރުގެ ޑިވައިސްތަކުން ޓިކްޓޮކް މަނާ ކޮށްފައި ވަނިކޮށް، ބޮޑު ވަޒީރު ސްޓާމާ ޓިކްޓޮކް ބޭނުން ކުރައްވަން ފައްޓަވައިފި

10 ޑިސެމްބަރު 2025
އިނގިރޭސި ސަރުކާރުގެ ޑިވައިސްތަކުން ޓިކްޓޮކް މަނާ ކޮށްފައި ވަނިކޮށް، ބޮޑު ވަޒީރު ސްޓާމާ ޓިކްޓޮކް ބޭނުން ކުރައްވަން ފައްޓަވައިފި
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު