Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކުޑަކުދިން މަރުވާ ރޭޓް

‎2022‏ ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަރުވި‏‎ ‎‏ކުޑަކުދިން އަދަދު ވަނީ 4.9 މިލިއަނަށް ތިރިވެފައި: އދ‏

ނިސްބަތުން މަރުވާ ކުޑަކުދިންގެ އަދަދު މަދުވުމުގައި ‎‎ކުރިއެރުންތަކެއް ލިބުނު ނަމަވެސް، ކޮންމެ އަހަރަކު ވެސް އެތައް މިލިއަން އާއިލާއަކަށް ދަރިއަކު ގެއްލުމުގެ ހިތާމަ އަދިވެސް ‎‎ކުރިމަތިވޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 13 މާރިޗު 2024 | ބުދަ 13:12
މަރުވާ ކުޑަކުދިންގެ އަދަދު ނިސްބަތުން ދަށްކުރެވުމަކީ ލިބުނު ކާމިޔާބީއެއް ކަމަށް އދ.އިން ބުނޭ

މަރުވާ ކުޑަކުދިންގެ އަދަދު ނިސްބަތުން ދަށްކުރެވުމަކީ ލިބުނު ކާމިޔާބީއެއް ކަމަށް އދ.އިން ބުނޭ

2022 ވަނަ އަހަރު ދުނިޔޭގެ އެކިކަންކޮޅުތަކުން މަރުވި ފަސްއަހަރުން ދަށުގެ ކުޑަކުދިންގެ އަދަދު 4.9 މިލިއަނަށް ދަށަށް ގޮސްފައިވާ ކަމަށް އދ.ގެ ‎‎އިންޓަރ އެޖެންސީ ގްރޫޕް ފޮރ ޗައިލްޑް މޯޓަލިޓީ އެސްޓިމޭޝަން (ޔޫއެން އައިޖީއެމްއީ) އިން ބުދަ ދުވަހު އާންމުކުރި އެންމެ ފަހުގެ ‎‎އަންދާޒާތަކުން ދައްކައިފިއެވެ.‎

‎ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވީ، އަހަރެއްގެ މައްޗަށް ނިސްބަތުން މަރުވާ ކުޑަކުދިންގެ އަދަދު މަދުވުމުގައި ‎‎ކުރިއެރުންތަކެއް ލިބުނު ނަމަވެސް، ކޮންމެ އަހަރަކު ވެސް އެތައް މިލިއަން އާއިލާއަކަށް ދަރިއަކު ގެއްލުމުގެ ހިތާމަ އަދިވެސް ‎‎ކުރިމަތިވާ ކަމަށެވެ.‎

އެ ރިޕޯޓުން ދައްކާ ގޮތުގައި 2000 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ފަސް އަހަރުން ދަށުގެ ކުދިން މަރުވާ ނިސްބަތް 51 ޕަސެންޓް ‎‎ދަށަށް ގޮސްފައިވާއިރު، މިއަދު ވެސް ވަރަށް ދަތި ހާލުގައި ވަރަށްގިނަ ކުދިން ދިރިއުޅެމުން އެބަދެއެވެ.‎

‎ކުޑަ އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ބައެއް ގައުމުތަކުން މިކަމުގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، ކުރިއެރުން ލިބޭނީ ކުޑަކުދިންގެ ‎‎ސިއްހަތާއި ދުޅަހެޔޮކަން ހިމެނޭ ގޮތަށް ޕްރައިމަރީ ހެލްތު ކެއާއަށް ވަސީލަތްތައް ކަނޑައެޅުމުން ކަން ދައްކުވައިދެއެވެ.‎

‎މިސާލަކަށް ކެމްބޯޑިއާ، މަލާވީ، މޮންގޯލިއާ އަދި ރުވާންޑާއިން 2000 ވަނަ އަހަރުން ފެށިގެން ފަސް އަހަރުން ދަށުގެ ކުދިންމަރުވާ ‎‎މިންވަރު 75 އިންސައްތައަށްވުރެ ދަށްވެފައިވާކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.‎

‎ޔޫއެން ޗިލްޑްރަންސް ފަންޑް (ޔުނިސެފް)ގެ އެގްޒެކެޓިވް ޑިރެކްޓަރު ކެތަރިން ރަސެލް ވިދާޅުވި ގޮތުގައި މި އަދަދުތަކުގެ ފަހަތުގައި ‎‎މިޑްވައިފުންނާއި ހުނަރުވެރި ސިއްހީ ހިދުމަތްތެރިން، ރައްކާތެރިކަމާއެކު އަލަށް އުފަންވާ ކުދިން ސަލާމަތް ކުރުމަށް ‎‎ މައިންނަށް އެހީތެރިވެދިނުމާއި ސިއްހީ ހިދުމަތްތެރިން ކުޑަކުދިންނަށް ނުރައްކާތެރި ބަލިތަކުން ކުޑަކުދިންނަށް ވެކްސިން ދީ ރައްކާތެރިކޮށްދޭ ‎‎ސިއްހީ ހިދުމަތްތެރިންނާއި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޭގެއަށް ޒިޔާރަތްކުރާ ކޮމިއުނިޓީ ހެލްތު ވޯކަރުންގެ ވާހަކަތައް ‎‎ހިމެނެއެވެ.‎

އދ.ގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން ދުނިޔޭގައި ކުޑަކުދިން މަރުވާ ނިސްބަތް މިއަށްވުރެވެސް ދަށްކުރެވޭނީ ރަނގަޅު ވެކްސިން ޖެހުމާއި، އުފަންވާއިރު ހުނަރުވެރި ޞިއްޙީ ޚިދުމަތްތެރިން ލިބުމާއި، ކުޑައިރުގެ ބަލިތައް ‎‎ދެނެގަތުމާއި، ފަރުވާ ދިނުން ފަދަ ޒަރޫރީ، އަގުހެޔޮ އިންޓަރވެންޝަންތައް އިތުރު ކުރެވިގެންނެވެ.

‎އަދި ޕްރައިމަރީ ހެލްތް ކެއާ ސިސްޓަމްތަކުގެ ތެރެއަށް ސިއްހީ ޚިދުމަތްތޭ މަރުކަޒުތައް އިންޓަގްރޭޓްކޮށް، އިންސާފުވެރިކަމާއެކު މުވައްޒަފުންނަށް މުސާރަ ދީ، ރަނގަޅަށް ‎‎ތަމްރީނުކުރެވި، އެންމެ މަތީ ފެންވަރުގެ ފަރުވާ ދެވޭނެ ވަސީލަތްތައް ހުންނަން ޖެހޭ ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.‎

އެކުވެރި ދައުލަތްތައް (އ.ދ.)

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2025

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

22 ސެޕްޓެމްބަރު 2025
ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ
10 ޖުލައި 2025

އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި

10 ޖުލައި 2025
އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި
30 އޮކްޓޯބަރު 2024

އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ

30 އޮކްޓޯބަރު 2024
އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ
25 އޮކްޓޯބަރު 2024

ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

25 އޮކްޓޯބަރު 2024
ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު
23 ސެޕްޓެމްބަރު 2024

ކުދި ޖަޒީރާ ގައުމުތަކުން މާލީ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ގޮވާލައްވައިފި

23 ސެޕްޓެމްބަރު 2024
ކުދި ޖަޒީރާ ގައުމުތަކުން މާލީ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު