Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީނަށް އދ ގެ ފުރިހަމަ މެމްބަރުކަން

ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން އާންމު މަޖިލީހުން ފާސްކޮށްފި

193 ގައުމުގެ ތެރެއިން 143 ގައުމުން ވަނީ އދ ގެ ފުރިހަމަ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް ތާއީދުކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 10 މެއި 2024 | ހުކުރު 18:28
އދ ގައި ނެގުނު ވޯޓު

އދ ގައި ނެގުނު ވޯޓު

ފަލަސްތީނަށް އދ ގެ ފުރިހަމަ މެމްބަރުކަން ދޭން ފެންކަމަށް އދ ގެ އާންމު މަޖިލީހުން ފާސްކޮށްފިއެވެ.

ރާއްޖެއިން ވަނީ މި ގަރާރު ކޯ ސްޕޮންސަރކޮށްފައެވެ. އދ ގެ އާންމު މަޖިލީހުން ފަލަސްތީނަކީ އދ ގެ ފުރިހަމަ މެމްބަރު ގައުމެއްކަމަށް ކަނޑައެޅުމަށް ފެންނަކަމަށް ފާސްކުރުމުން އދ ގެ މެމްބަރު ގައުމެއްކަމަށްވުމަށް ޝަރުތުހަމަވާ ގައުމެއްގެ ގޮތުގައި ފަލަސްތީން ކަނޑައެޅިގެންދިޔައީއެވެ. އަދި މިއާއެކު އދ ގެ ސަލާމަތީ މަޖިލީހަށް ފަލަސްތީނަކީ އދ ގެ މެމްބަރު ގައުމެއްގެ ގޮތުގައި ކަނޑައެޅުމުގެ މައްސަލަ އދ ގެ އާންމު މަޖިލީހުގެ ނިންމުމާ އެއްގޮތަށް ކަނޑައެޅުމަށް ހުށަހެޅޭނެއެވެ.

އދ ގެ އާންމު މަޖިލީހުގައި މިކަމަށް ނެގުނު ވޯޓުގައި 193 ގައުމުގެ ތެރެއިން 143 ގައުމުން ވަނީ އދ ގެ ފުރިހަމަ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް ތާއީދުކޮށްފައެވެ. އެމެރިކާ އާއި އިސްރާއީލު ހިމެނޭ ގޮތަށް 9 ގައުމަކުން އެކަމަށް ދެކޮޅު ހެދިއިރު 25 ގައުމަކުން ވަކި ކޮޅަކަށް ވޯޓެއް ނުދެއެވެ.

އދ ގެ ފުރިހަމަ މެމްބަރު ގައުމެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތުމަށް ފެންނަކަމަށް އދ ގެ އާންމު މަޖިލީހުން ފާސްކޮށްފައިމިވަނީ މިދިޔަ މަހު ފަލަސްތީނަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އދ ގެ ސެކިޔުރިޓީ މަޖިލީހުގައި ނެގި ވޯޓު އެމެރިކާއިން ވީޓޯ ކޮށްފައިވަނިކޮށެވެ.

އދ ގެ އާންމު މަޖިލީހުގެ މިގަރާރާއެކު އދ ގެ ފުރިހަމަ މެމްބަރު ގައުމަކަށްވުމަށް ހުށަހެޅޭނެއެވެ. އަދި އެއާއެއްގޮތަށް އދ ގެ ސަލާމަތީ މަޖިލީހުން ނިންމުމަށްވެސް އެދެވޭނެއެވެ.

އދ ގެ އާންމު މަޖިލީހުން މިގޮތަށް ފާސްކުރިނަމަވެސް އަދި ފަލަސްތީނަކަށް އދ ގެ ފުރިހަމަ މެމްބަރު ގައުމަކަށް ނުވެއެވެ. ނަމަވެސް މިއަހަރުގެ ސެޕްޓެމްބަރ މަހުން ފެށިގެން މިހާރު ލިބެމުންދާ ހައްގުތަކަށްވުރެ އިތުރު ހައްގުތަކެއް ފަލަސްތީނަށް ލިބިގެންދާނެއެވެ. އެގޮތަށް އދ ގެ އާންމު މަޖިލީހުގެ ހޯލުން ފަލަސްތީނަށް ސީޓެއް ލިބިގެންދާނެއެވެ. ނަމަވެސް އެއްވެސް ކަމެއްގައި އަދި ވޯޓެއް ނުދެވޭނެއެވެ.

ފަލަސްތީނު މިހާތަނަށް އޮތީ އދ ގެ އޮބްޒަރވަރ ގައުމެއްގެ ގޮތުގައެވެ. ފަލަސްތީނުން އދ ގެ ފުރިހަމަ މެމްބަރު ގައުމަކަށްވުމަށް ބާރު އަޅަން ފަށާފައިވަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލު އާންމާއި ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދުކުރުންތައް އިތުރުކުރަން ފަށާފައިވާތީއެވެ.

ފަލަސްތީންއެކުވެރި ދައުލަތްތައް (އ.ދ.)

ކޮމެންޓް

އިތުރަށް ކިޔާލަން

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

22 ސެޕްޓެމްބަރު 2025
އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި

އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި

10 ޖުލައި 2025
ފަލަސްތީނު ރައްޔިތުން ޒައިތޫނި ބިނުމަށް ވެސް ހުރަސް އަޅާ ޔަހޫދީން ހަމަލާދެނީ

ފަލަސްތީނު ރައްޔިތުން ޒައިތޫނި ބިނުމަށް ވެސް ހުރަސް އަޅާ ޔަހޫދީން ހަމަލާދެނީ

02 ނޮވެމްބަރު 2024
އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ

އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ

30 އޮކްޓޯބަރު 2024
ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

25 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު