Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސްގެ ނިއުޔޯކް ދަތުރުފުޅު

އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ

ބެޖޭގް އެކްސެސް ޗާޖްގެ ގޮތުގައި 225 ޑޮލަރު ދައްކާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2024 | ބުދަ 14:46
ރައީސް އދ އަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ރައީސް އޮފީހުން ފޮނުވި ގޮތް

ރައީސް އދ އަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ރައީސް އޮފީހުން ފޮނުވި ގޮތް

އދ. އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅާއި ގުޅޭ މައުލޫމާތު ހޯދަން އެދުމުން، ކިޔަން ނެނގޭވަރަށް ކޮންޓްރާސްޓް ހައިކޮށް، މައުލޫމާތުތައް ނޭނގޭ ގޮތަށް ލިޔުންތައް ދީފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރާއްޖެޓީވީން އެދިފައިވަނީ އދ. އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައި، ދިވެހިރާއްޖޭގެ ފަރާތުން ބޭއްވި ސައިޑް އިވެންޓުތަކުގައި ދައުލަތުން ޚަރަދުވި ފައިސާގެ ތަފްސީލާއި، މި ދަތުރުފުޅުގައި ރައީސް ޑރ މުޙައްމަދު މުއިއްޒުގެ މީޑިއާ ޓީމުގައި ހިމެނިވަޑައިގަންނަވަނީ ކިތަށް ބޭފުޅުންތޯ އާއި އެބޭފުޅުންނަށް ދައުލަތުން ޚަރަދުވި ފައިސާގެ ތަފްސީލް ހޯދުމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ރައީސް އޮފީހުން ފޮނުވި ލިޔުންތައް ހުރިގޮތުން އެއިން އެއެއް މިއެއް ވަކިކުރަން ނޭނގެއެވެ. ބައެއް ލިޔުންތައް ހުރީ އަކުރުތައްވެސް ނުފެންނަ ގޮތަށް މުޅި ކަރުދާސް އެއްކޮށް ކަޅުކުލައިގައެވެ. އަދި ލިޔެކިޔުންތަކުގައި ހުރި މުހިންމު މައުލޫމާތާއި ނަންބަރުތަކާއި ނަންތަކާއި ހަރަދުކުރި ތަންތަން ނޭނގޭ ގޮތަށް ކަޅުކުލައިން ކުލަޖައްސާފައެވެ.

ރައީސް އޮފީހުން ހިއްސާކުރި ދައުލަތުގެ ބޮޑު ސިއްރެއްގެ ގޮތަށް ސިފާވާގޮތަށް ދީފައިވާ ލިޔުންތަކުގައިވާ ގޮތުން، ޓިކެޓަށް އެކަނި 37،188 އެމެރިކާ ޑޮލަރު ނުވަތަ 573،439 ދިވެހި ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މީގެ ތެރެއިން ދެބޭފުޅަކަށް ނަގާފައިވާ ޓިކެޓުގެ އަގު، ޓިކެޓަކަށް 8714 ޑޮލަރު ނުވަތަ 134،369.9 ދިވެހި ރުފިޔާ އަށް އަރައެވެ. ދެ ޓިކެޓަކަށް 268،739.8 ދިވެހި ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މީގެ އިތުރުން ޓްރާސްޕޮޓޭޝަންގެ ގޮތުގައި އެކޮޅަށް ވަޑައިގެން އެސްޔޫވީ ގައި ދަތުރުކުރަން 810 ޑޮލަރާއި، ލަގޭޖް އުފުލަން 825 ޑޮލަރާއި، 21 ސެޕްޓެމްބަރުން 27 ސެޕްޓެމްބަރަށް ހިފާފައިވާ އެސްޔޫވީ ކާރަކަށް 8050 ޑޮލަރާއި، ދަތުރު ނިންމާފައި އެނބުރި އެއަރޕޯޓަށް ދިއުމަށް އެސްޔޫވީ ގައި ދަތުރުކުރަން 810 ޑޮލަރާއި، ލަގޭޖް އުފުލަން 825 ޑޮލަރު ވަނީ ހަރަދުކޮށްފައެވެ. ޖުމްލަ އެއްގަމު ދަތުރުތަަކަށް އެޑްމިން ފީއާއެކު 13584 އެމެރިކާ ޑޮލަރު ނުވަތަ 209،465.3 ދިވެހި ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މީގެ އިތުރުން ރައީސްގެ އދ ދަތުރުފުޅުތަކަށް ކޮޓަރި ހިފަން އެކަނިވެސް 81،801 އެމެރިކާ ޑޮލަރު ނުވަތަ 1،261،371.4 މިލިއަން ދިވެހި ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މީގެ އިތުރުން ދުބާއީގައި ޓްރާންސިޓްވި އިރު ސިމެއް ގަންނަން 5216.27 ދިވެހި ރުފިޔާއާއި، އިތުރު އެހެން ކަމަކަށް ހަރަދުކޮށްފައިވާ 420 ޑޮލަރަކާއި، އަބޫދާބީގައި ރައީސް އާއި ވަފުދު 6 ގަޑި އިރު ވަރު މަޑުކުރައްވަން އެކަމަޑޭޝަންގެ ގޮތުގައި ހަރަދުކޮށްފައިވާ 11301.92 ދިވެހި ރުފިޔާ ހިމެނެއެވެ.

މީގެ އިތުރުން ސެޕްޓެމްބަރު 21 ވަނަ ދުވަހު ބޭއްވި 25 މީހުން ހިމެނޭ އިވެންޓަކަށް 4053.50 އެމެރިކާ ޑޮލަރު ނުވަތަ 62،504.97 ދިވެހި ރުފިޔާއާއި ހަރަދުކުރީ ކޮންކަމަކަށް ކަމެއް ނޭނގޭ 449.38 އެމެރިކާ ޑޮލަރު ނުވަތަ 6929.44 ދިވެހި ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މީގެ އިތުރުން ނިއުޔޯކުގައި ދަތުރުތައް ކުރުމަށް ވަކި އިންތިޒާމްތަކެއް ހުރިނަމަވެސް އޫބާއަށް 53.63 އެމެރިކާ ޑޮލަރަކާއި، 163.03 އެމެރިކާ ޑޮލަރެއްގެ އިތުރުން ހަރަދުކޮށްފައިވަނީ ކޮންކަމަކަށް ކަމެއް ނޭނގޭ 30.24 ޑޮލަރަކާއި، 810.42 ޑޮލަރަކާއި، 163.91 ޑޮލަރަކާއި، 71.83 ޑޮލަރެއްގެ އިތުރުން 189 ޑޮލަރެއް ހިމެނެއެވެ. މި ހަރަދުތައްކޮށްފައިވަނީ ކޮން ބޭނުމެއްގައި ކީއްކުރަންކަމެއް ތަފްސީލުދީފައިނުވެއެވެ.

މީގެ އިތުރުން ރާއްޖެ އައި އިރު ބަރުދަން ބަރުވެގެން 225 ޑޮލަރެއްވެސް ވަނީ އެކްސެސް ޗާޖްގެ ގޮތުގައި ދައްކާފައެވެ.

ރައީސް އޮފީހުން ދިން ލިޔުންތަކުގައި ބައެއް ސަފްހާތައް ހުރީ އެއްކޮށް ކަޅުކޮށްފައެވެ. އެހެންކަމުން އެ ސަފްހާތަކުގައި ހުރި މައުލޫމާތެއް ސާފެއް ނުވެއެވެ.

މި ދަތުރުފުޅުގައި ރައީސް ޑރ މުޙައްމަދު މުއިއްޒުގެ މީޑިއާ ޓީމުގައި ހިމެނިވަޑައިގަންނަވަނީ ކިތަށް ބޭފުޅުންތޯ އާއި އެބޭފުޅުންނަށް ދައުލަތުން ޚަރަދުވި ފައިސާގެ ތަފްސީލް ހޯދުމަށް ރާއްޖެޓީވީން އެދިފައިވީނަމަވެސް އާރްޓީއައިގެ ޖަވާބުގައި އެ މައުލޫމާތު ހިމަނާފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުނިއުޔޯކްއެކުވެރި ދައުލަތްތައް (އ.ދ.)

ކޮމެންޓް

އިތުރަށް ކިޔާލަން

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު