Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އދ. ގެ އާންމު މަޖިލީސް

ކުދި ޖަޒީރާ ގައުމުތަކުން މާލީ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ގޮވާލައްވައިފި

އުމްރާނީ ތަރައްގީގައި ވިލުންތެރިކަން އިސްކުރުމަކީ އިގްތިސާދީ ތަރައްގީއަށް މަގުފަހިކޮށްދޭ މައިގަނޑު އަސާސް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 23 ސެޕްޓެމްބަރު 2024 | ހޯމަ 08:05
އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވި ޙަރަކާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ

އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވި ޙަރަކާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ

ކުދި ޖަޒީރާ ގައުމުތަކުން މާލީ ގާބިލުކަން އިތުރުކޮށް، އިގްތިސާދު ސިންދަފާތުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަގުވާމީ މުޖުތަމައުން އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރައީސް މުއިއްޒު މިހެން ގޮވާލެއްވީ "ބިލްޑިންގް ޕްރޮޑަކްޓިވް ކެޕޭސިޓީސް އިން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް" ގެ ނަމުގައި އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވި ޙަރަކާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ދެއްކެވި ވާހަކަފުޅުގައި، އެންމެންގެ ބައިވެރިވުން އޮންނަ، ދުރު ރާސްތާގެ އިގްތިސާދީ ކުރިއެރުމެއް ހާސިލުކުރުމަށް އުފެއްދުންތެރިކަން އިތުރުކޮށް، ގާބިލުކަން އިތުރުކުރުމުގެ ބޭނުންތެރިކަމުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ. އަދި ވިދާޅުވީ އުމްރާނީ ތަރައްގީގައި ވިލުންތެރިކަން އިސްކުރުމަކީ އިގްތިސާދީ ތަރައްގީއަށް މަގުފަހިކޮށްދޭ މައިގަނޑު އަސާސް ކަމަށެވެ.

ރައީސްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ކުޑަ އާމުދަނީއެއް ލިބޭ ގައުމެއްގެ ގޮތުގައި ރާއްޖެ އޮއްވައި، މެދުމިނުގެ އާމްދަނީ ލިބޭ ގައުމަކަށް ރާއްޖެ ބަދަލުވުމަށް އެންމެބޮޑު ބާރެއްލިބުނީ ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރައި ދިއުމުންކަން ފާހަގަކުރެއްވިއެވެ. އަދި މެދުމިނުގެ އާމުދަނީގެ މަރުހަލާ ކަޑަައްތުކޮށް ގައުމުގެ ތިޔާގިކަން އިތުރުކުރުމުގައި މިހާރު ހުރި ގޮންޖެހުންތަކުގެ މައްޗަށްވެސް ބައްލަވައިލެއްވިއެވެ. އަދި އުފެއްދުންތެރިކަމާ، މާލީ ގާބިލުކަން އިތުރުކޮށް، އިގްތިސާދު ސިންދަފާތުކުރުމަށް، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުން މިކުރާ މަސައްކަތްތަކަށް ބައިނަލްއަގުވާމީ މުޖުތަމައުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެންޓީގާ އެންޑް ބާބިޔުޑާ އެޖެންޑާ ފޮރ ސިޑްސްގައި އެކަށައެޅި 10 އަހަރުގެ މަގުޗާޓުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭނުންކުރެވިދާނެ މައިގަނޑު ތިން އިސްތިރާޖެއް ހުށަހެޅުއްވިއެވެ.

އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ފަންނިއްޔާތު ކުރިއެރުވުމެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖެއިން ބައިނަލްއަގުވާމީ މާރުކޭޓާއެކު ކުރާ މުއާމަލާތް ފުޅާކުރުމަށް، ބައިނަލްއަގުވާމީ ޕޭމަންޓް ގޭޓްވޭއަށް މަގުފަހިކޮށްދެއްވާނެކަން ތަކުރާރު ކުރައްވާފައެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ އުމްރާނީ ތަރައްގީގައި ވިލުންތެެރިކަމަށް އިސްކަންދިނުމުގެ މުހިންމުކަމެވެ. އެގޮތުން ބައިނަލްއަގުވާމީ ސަޕްލައި ޗެއިންތަކަށް މަގުފަހިކޮށް އައު އިންވެސްޓްމަންޓްތައް ގައުމަށް ހޯދައިދިނުމަށް، ދަތުރުފަތުރާއި ހަކަތައާއި ޑިޖިޓަލް ގުޅުންތަކަށް ބޭނުންވާ އަސާސީ ވަސީލަތްތައް ގާއިމުކުރަންވާނީ މި ޒަމާނުގެ ތަރައްގީއާ ފައިހަމަވާނޭގޮތަށް ކަމުގައި ވިދާޅުވިއެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ހަގީގީ ހާލަތުގެ މައްޗަށް ރިއާޔަތްކޮށް ސިޔާސަތު ކަނޑައެޅުމުގެ މުހިންމުކަމެވެ. އެގޮތުން އދ. ގެ ވިޔަފާރިއާ ތަރައްގީއާ ބެހޭ ޖަމްއިއްޔާ 'އަންކްޓެޑުން' ވަޒަންކުރަމުން ގެންދާ 'ދަ ޕްރޮޑަކްޓިވް ކެޕޭސިޓީސް އިންޑެކްސް'ގެ ބޭނުންތެރިކަމާއި، އިލްމީ ނިންމުންތަކާއި ދިރާސާތަކުގެ އަލީގައި އިގްތިސާދަށް އިސްލާހީ ބަދަލުތައް ގެނައުމަށް މަސައްކަތްކުރާ ގައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރައީސް ވަނީ، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ، ރާއްޖެއަށް ޚާއްސަ ޕޮލިސީ އިންޓަރވެންޝަންތައް ދެނެގަތުމުގައި ރާއްޖެއާއެކު މަސައްކަތްކޮށްދެއްވުމަށް، 'އަންކްޓެޑާއި' އެ ނޫންވެސް މިކަމާ ގުޅުންހުރި އދ. ގެ އިދާރާތަކަށާއި ޖަމާއަތްތަކަށް ދަޢުވަތު ދެއްވައިފައެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވައިލެއްވީ، އީޖާދީކަންކަމަށް މަގުފަހިކޮށްދޭނެ، އަދި އުފެއްދުންތެރިކަމުގެ ގާބިލުކަން އިތުރުކުރުމަށް ބޭނުން ހިފޭނެ، ހަރުދަނާ ހުށަހެޅުންތަކެއް ހުށަހަޅުއްވައި ދެއްވުމަށް މި ހަރަކާތުގެ އެންމެހާ ޕެނަލިސްޓުންގެ ކިބައިން އެދިވަޑައިގަންނަވަމުންނެވެ.

މި ޙަރަކާތަކީ، ޔުނައިޓަޑް ނޭޝަންސް ކޮންފަރަންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓެޑް) އާއި ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނަޑީންސް އަދި ރާއްޖެއިން ގުޅިގެން ބާއްވާ ހަރަކާތެކެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުއެކުވެރި ދައުލަތްތައް (އ.ދ.)

ކޮމެންޓް

އިތުރަށް ކިޔާލަން

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

22 ސެޕްޓެމްބަރު 2025
އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި

އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި

10 ޖުލައި 2025
ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

28 ޖޫން 2025
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

20 މާރިޗު 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

26 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު