Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ކާނާއަށް ޖެހުން

‏ޣައްޒާގައި‏‎ ‎‏ސިއްހީ އެހީތެރިން ވެސް ހަރަކާތްތެރިވަނީ ހާރުކެވޭނެ ގޮތެއް، ރޯދަ ވީއްލޭނެ ގޮތެއް ނެތި: އޮފިޝަލުން‏

ޣައްޒާގެ އުތުރުގައި 2000 ސިއްހީ ޚިދުމަތްތެރިން ‎‎ހަރަކާތްތެރިވަމުންދޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 12 މާރިޗު 2024 | އަންގާރަ 10:30
ޒަޚަމްވެފައި އޮތް ފަލަސްތީނުގެ މީހަކަށް އެހީތެރިވަނީ

ޒަޚަމްވެފައި އޮތް ފަލަސްތީނުގެ މީހަކަށް އެހީތެރިވަނީ

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ކާބޯތަކެއްޗަށް ދަތިވެފައިވާ ޣައްޒާގައި ހާރުކެވޭނެ ގޮތެއް ރޯދަ ވީއްލޭނެ ގޮތެއް ނެތި، 2000‏‎އްހާ ސިއްހީ ޚިދުމަތްތެރިން ހަރަކާތްތެރިވަމުންދާ ކަމަށް އޮފިޝަލުން ބުނެފިއެވެ.

‎ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ޣައްޒާގެ އުތުރުގައި މަސައްކަތްކުރާ 2000 ސިއްހީ ޚިދުމަތްތެރިން ‎‎ރަމަޟާން މަސް ފެށީ ހާރުކެވޭނެ ގޮތެއް، އަދި ރޯދަވީއްލޭނެ ގޮތެއް ނެތިކަމަށެވެ.

‎އެ މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލްޤުދްރާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޣައްޒާގެ އުތުރުގައި މެޑިކަލް ޓީމުތަކުން 24 ގަޑިއިރު ‎‎މަސައްކަތްކުރަމުން އަންނަކަމަށާއި، ކާނެ އެއްޗެއް ނެތްކަމަށެވެ.‎

މެޑިކަލް ޓީމުތަކަށް އެމީހުންގެ މަސައްކަތްތައް ކުރިއަށްގެންދެވޭނެ ގޮތަށް ރެޑީމޭޑް ‎‎ކެއުން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ ރިލީފް ޖަމިއްޔާތަކަށް އޭނާ ގޮވާލެއްވިއެވެ.‎

‎މިއަހަރުގެ ރަމަޟާން މަސް ފެށިފައިވަނީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް 160 ވަނަ ދުވަހަށް ވެފައި ވަނިކޮށެވެ.

އިޒްރޭލުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް (ޚާއްސަކޮށް ޣައްޒާ ސިޓީއާއި އުތުރުގެ ‎‎ގަވަރުނަރޭޓްތަކުގައި) ކާބޯތަކެތީގެ ދަތިކަމާއި، ފެނާއި ބޭހާއި ތެލުގެ ސަޕްލައި ދަށްވެ، އެ ސަރަހައްދުގެ ރައްޔިތުން ތިބީ ‎ހައިހޫނުކަމުގެ ތެރޭގައެވެ.‎

ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްވެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޣައްޒާއަށް ދިން ނުރައްކާތެރި އަސްކަރީ ހަމަލައެއްގައި ‎‎1200އެއްހާ މީހުން މަރުވި ފަހުން އިސްރާއީލުން ވަނީ ޣައްޒާއަށް ނުރައްކާތެރި އަސްކަރީ ހަމަލަތައް ދޭންފަށައިފައެވެ.‎

‎އެ ހަމަލަތަކުގައި މިހާތަނަށް ފަލަސްތީނުގެ ގާތްގަނޑަކަށް 31،000ށްވުރެ ގިނަމީހުން ޝަހީދުވެފައިވާއިރު، އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.‎

‎އިސްރާއީލުގެ ހަމަލަތަކުގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ގެދޮރު ގެއްލިފައިވާއިރު، ‎‎ކާބޯތަކެއްޗާއި ސާފު ފެނާއި ބޭސް ފަރުވާ ކުރެވޭނެ ގޮތެއް ޣައްޒާގައި މިހާރަކު ނެތެވެ. ޣައްޒާގެ އިންފްރާސްޓްރަކްޗަރގެ 60 ‎‎އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދ.ން ބުނެއެވެ.‎

‎ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ވަނީ ޖަރީމާ ހިންގުމުގެ ތުހުމަތުކޮށްފައެވެ. މިދިޔަ ޖެނުއަރީ މަހު އެ ކޯޓުން ނެރުނު ‎‎ވަގުތީ ހުކުމެއްގައި ވަނީ، ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޖިނާއީ އަމަލުތައް ‎‎ހުއްޓާލައި ފިޔަވަޅުތައް އެޅުމަށް ތެލްއަވީވަށް އަންގާފައެވެ.‎

ޣައްޒާއިޒްރޭލްފަލަސްތީނު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު