Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަޤްޞާ މިސްކިތަށް ދިޔުމަށް ހުރަސްއެޅުން

ތަރާވީޙް ނަމާދަށް، އަޤްޞާ މިސްކިތަށް ދިޔަ މުސްލިމުންނަށް ހުރަސްއެޅުމުން އދ.އިން ކަންބޮޑުވުން ފާޅުކޮށްފި

12 މާރިޗު 2024 | އަންގާރަ 07:04

އަލްއަޤްޞާ މިސްކިތަކީ މުސްލިމުންގެ ތިންވަނައަށް އެންމެ މާތް ތަނެވެ.

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 12 މާރިޗު 2024 | އަންގާރަ 07:04
ޤުދުސްގައި ހުންނަ އަލް އަޤްޞާ މިސްކިތް

ޤުދުސްގައި ހުންނަ އަލް އަޤްޞާ މިސްކިތް

ތަރާވީޙް ނަމާދުކުރުމަށް، އަޤްޞާ މިސްކިތަށް ދިޔަ ފަލަސްތީނުގެ މުސްލިމުންނަށް އިސްރާއީލް ސިފައިން ހުރަސްއެޅުމުން އދ.އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ބަރަކާތްތެރި ރަމަޟާން މަސް ފެށުމާއެކު ފަލަސްތީނުގެ އެތައްހާސް ރައްޔިތުންވަނީ ތަރަވީޙް ނަމާދަށް އަޤްޞާ މިސްކިތަށް ޖަމާވާން މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް އިސްރާއީލު ސިފައިން ވަނީ އެކަމަށް ހުރަސްއަޅާފައެވެ. އަދި މަދުމީހަކަށް ނޫނީ މިސްކިތަށް ވަނުމަށް ފުރުޞަތު ދީފައެއް ނުވެއެވެ.

އިސްރާއީލްގެ މި ހަރުކަށި އަމަލުތަކާ ގުޅިގެން އދ.ގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް ވިދާޅުވީ ގުދުސްގެ ދީނީ މުޤައްދަސް މިފަދަ މާތް ތަންތަނުގައި އެއްވެސް ކަހަލަ ފިތުނައެއް އުފައްދައިފާނެތީ އަބަދުވެސް އޭނާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި އެންމެވެސް ތަބަޢަވާންޖެހޭ ހަރުދަނާ އުޞޫލުތަކެއް ހުރިކަން އޭނާ ހަނދާން ކޮށްދެއްވިއެވެ.

އަލްއަޤްޞާ މިސްކިތަކީ މުސްލިމުންގެ ތިންވަނައަށް އެންމެ މާތް ތަނެވެ. ޔަހޫދީން އެ ސަރަހައްދަށް ޓެމްޕަލް މައުންޓްގެ ނަމުން ކިޔަނީ އެއީ ޒަމާނުއްސުރެ ޔަހޫދީންގެ ދެ މިސްކިތެއް ހުރި ތަނެއް ކަމަށް ބުނެއެވެ.

އަލްއަޤްޞާ އޮންނަ އިރުމަތީ ގުދުސް އިސްރާއީލުން ހިފާފައިވަނީ 1967 ވަނަ އަހަރުގެ ޢަރަބި-އިސްރާއީލު ހަނގުރާމައިގައެވެ. އަދި 1980 ވަނަ އަހަރު އިސްރާއީލުން މުޅި ސިޓީ ހިފާފައިވާއިރު، އެއީ ބައިނަލްއަގްވާމީ މުޖުތަމައުން އެއްގޮތަކަށްވެސް ބަލައިގެންފައި ނުވާ އަދި ހުރިހާ ޤާނޫނުތަކާވެސް ޚިލާފު އަމަލެކެވެ.

މިދިޔަ އޮކްޓޫބަރު މަހު ހަމާސް ޖަމާއަތުން ބޯޑަރު ހުރަސްކޮށް ދިން ހަމަލާއަށް ފަހު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ނުރައްކާތެރި އަސްކަރީ ހަމަލާތަކެއް ދޭން ފެށުމާ އެކު ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ ގާތްގަނޑަކަށް 31،000 މީހުނަށްވުރެ ގިނަމީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.‎

‎އިސްރާއީލު ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ގެދޮރު ގެއްލިފައިވާއިރު، ‎‎ކާބޯތަކެއްޗާއި ސާފު ފެނާއި ބޭސް ފަރުވާ ކުރެވޭނެގޮތެއްވެއް ޣައްޒާގައި މިހާރުނެތެވެ. ޣައްޒާގެ އިންފްރާސްޓްރަކްޗަރގެ 60 ‎‎އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދއިން ބުނެއެވެ.‎

‎ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ވަނީ ޖަރީމާހިންގުމުގެ ތުހުމަތުކޮށްފައެވެ. މިދިޔަ ޖެނުއަރީ މަހު އެކޯޓުން ނެރުނު ‎‎ވަގުތީ ހުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖިނާއީ އަމަލުތައް ‎‎ހުއްޓާލައި ފިޔަވަޅުތައް އެޅުމަށް ތެލްއަވީވްއަށް އަންގާފައެވެ.‎

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

25 ޖޫން 2017

ކޮލަމްބިއާގައި ފަތުރުވެރިން ގޮވައިގެން ދަތުުކުރަމުން ދިޔަ ބޯޓެއް ފެތިއްޖެ

25 ޖޫން 2017
ކޮލަމްބިއާގައި ފަތުރުވެރިން ގޮވައިގެން ދަތުުކުރަމުން ދިޔަ ބޯޓެއް ފެތިއްޖެ
11 ޖޫން 2017

އުމްރާގެ އަޅުކަމަށް ދިޔަ ގަތަރު ރައްޔިތުން މައްކާއަށް ވަނުން މަނާކޮށްފި

11 ޖޫން 2017
އުމްރާގެ އަޅުކަމަށް ދިޔަ ގަތަރު ރައްޔިތުން މައްކާއަށް ވަނުން މަނާކޮށްފި
05 ޖޫން 2017

މައްކާގައި ފޭކް ޒަމްޒަމް ފެން ވިއްކަމުންދިޔަ ފެކްޓްރީއެއް ރެއިޑްކޮށްފި

05 ޖޫން 2017
މައްކާގައި ފޭކް ޒަމްޒަމް ފެން ވިއްކަމުންދިޔަ ފެކްޓްރީއެއް ރެއިޑްކޮށްފި
03 ޖޫން 2017

މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި

03 ޖޫން 2017
މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި
01 މެއި 2017

ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި

01 މެއި 2017
ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި
21 އެޕްރީލު 2017

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އިންޑޮނީޝިއާގައި ހުރި އެންމެ ބޮޑު މިސްކިތަށް ޒިޔާރަތް ކުރައްވައިފި

21 އެޕްރީލު 2017
އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އިންޑޮނީޝިއާގައި ހުރި އެންމެ ބޮޑު މިސްކިތަށް ޒިޔާރަތް ކުރައްވައިފި
11 އެޕްރީލު 2017

މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ

11 އެޕްރީލު 2017
މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ
06 އެޕްރީލު 2017

ކޮލަމްބިއާގައި ބިންގަނޑު ކަނޑައިގެންދިޔަ ހާދިސާގެ ތަހުގީގެއް ކުރަނީ

06 އެޕްރީލު 2017
ކޮލަމްބިއާގައި ބިންގަނޑު ކަނޑައިގެންދިޔަ ހާދިސާގެ ތަހުގީގެއް ކުރަނީ
19 މާރިޗު 2017

ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި

19 މާރިޗު 2017
ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް