Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވީއޭއެމް

ހިންގުން އަބުޅޯއާ ހަވާލުކުރަން ފާސްކޮށް، ވީއޭއެމްގެ އިންތިޚާބު ފަސްކޮށްފި

ވީއޭއެމްގެ އިންތިޚާބު ބާއްވަނީ ދާދި ފަހުން އެ އެސޯސިއޭޝަންގެ ރައީސްކަމުގެ މަޤާމުގައި ހުރި މުޙައްމަދު ރަނޭޝް (ރަނޭ) އިސްތިއުފާ ދެއްވުމާ ގުޅިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 މާރިޗު 2024 | ބުދަ 00:27
ވީއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން

ވީއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ހިންގުން ވަގުތީ ގޮތުން އަބްދުﷲ ނަޝީދު (އަބުޅޯ)އާ ހަވާލުކުރަން ފާސްކޮށް، އެ އެސޯސިއޭޝަންގެ އިންތިޚާބު ވެސް ފަސް ކުރަން ނިންމައިފި އެވެ.

ވީއޭއެމުން އެންމެ ފުރަތަމަ ނިންމީ މި މަހުގެ 15 ވަނަ ދުވަހު އެ އެސޯސިއޭޝަންގެ އިންތިޚާބު ބޭއްވުމަށެވެ. އެއީ އެ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީން ހުސްވެފައިވާ މަޤާމުތަކަށް މެމްބަރުން އިންތިޚާބު ކުރުމަށެވެ. ވީއޭއެމްގެ އިންތިޚާބު ފަސް ކުރަން އެ އެސޯސިއޭޝަންގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަކުން ނިންމިއިރު، އިންތިޚާބު މަޑުޖައްސާލަން ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ވެސް އޮތީ އަންގައިފަ އެވެ.

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ގައި ފާސްކޮށްފައި ވަނީ، ކުރިން އިއުލާން ކުރި ތާރީޚުގެ ހަތަރު ދުވަސް ފަހުން ވީއޭއެމްގެ އިންތިޚާބު ބޭއްވުމަށެވެ. އެހެންކަމުން މިހާރު އެ އެސޯސިއޭޝަންގެ އިންތިޚާބު އޮންނާނީ މި މަހުގެ 19 ވަނަ ދުވަހު އެވެ. އަދި އިންތިޚާބާ ހަމައަށް ދަންދެން އެސޯސިއޭޝަންގެ ހިންގުން ނައިބު ރައީސް (ބީޗުވޮލީ ބޯޅަ)ގެ މަޤާމަށް ބަދަލުވި އަބުޅޯ އަށް ހަވާލު ކުރުމަށް ވެސް ފާސް ކުރި އެވެ. އެ މަޤާމަށް އަަބުޅޯ ބަދަލުވީ ދާދި ފަހުން އަސާސީ ޤަވާއިދަށް ގެނައި ބަދަލުގެ ތެރެއިންނެވެ.

މީގެ އިތުރުން އެ ކޮންގްރެސްގައި ވަނީ ވީއޭއެމްގެ ބައެއް ކޮމެޓީތައް ފާސް ކޮށްފަ އެވެ. އެގޮތުން ވީއޭއެމްގެ އިލެކްޓޯރަލް ކޮމެޓީ، ލީގަލް ކޮމިޝަން އަދި އެޕީލްސް ކޮމިޝަން ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް އެ ކޮންގްރެސްގައި ބައެއް ކުލަބުތައް ބައިވެރިވެވިފައި ނުވާއިރު، ކުލަބުތަކުން ވަނީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. އެކަމާ ގުޅިގެން ވީއޭއެމުން ބުނެފައި ވަނީ އެ ފަރާތްތަކުން ކޮންގްރެސްގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފޯމު ހުށަހަޅާފައި ނުވާ ކަމަށެވެ.

ވީއޭއެމްގެ އިންތިޚާބު ބާއްވަނީ ދާދި ފަހުން އެ އެސޯސިއޭޝަންގެ ރައީސްކަމުގެ މަޤާމުގައި ހުރި މުޙައްމަދު ރަނޭޝް (ރަނޭ) އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ވީއޭއެމްގެ އިންތިޚާބް އިއުލާންކޮށް، މުއްދަތު ހަމަވީއިރު ރައީސްކަމުގެ މަޤާމަށް ކުރިމަތިލީ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުޙައްމަދު ލަތީފް (ލަތީބެ) އެކަންޏެވެ.

އިތުރަށް ކިޔާލަން

25 މާރިޗު 2019

ނިއުގެ ސަސްޕެންޝަން ދަމަހައްޓަން ކްލަބްތަކުން ފާސްކޮށްފި

25 މާރިޗު 2019
ނިއުގެ ސަސްޕެންޝަން ދަމަހައްޓަން ކްލަބްތަކުން ފާސްކޮށްފި
14 މާރިޗު 2019

އީޔޫއާ އެކު ނޯ ޑީލް ބްރެކްސިޓަކަށް ނުދާން އިނގިރޭސި ޕާލިމަންޓުން ފާސްކޮށްފި

14 މާރިޗު 2019
އީޔޫއާ އެކު ނޯ ޑީލް ބްރެކްސިޓަކަށް ނުދާން އިނގިރޭސި ޕާލިމަންޓުން ފާސްކޮށްފި
11 ނޮވެމްބަރު 2018

ވީއޭއެމްގެ ޖެނެރަލް ސެކެޓްރީއަކަށް އަނެއްކާވެސް ޝާފީ ހަމަޖައްސައިފި

11 ނޮވެމްބަރު 2018
ވީއޭއެމްގެ ޖެނެރަލް ސެކެޓްރީއަކަށް އަނެއްކާވެސް ޝާފީ ހަމަޖައްސައިފި
17 އޮކްޓޯބަރު 2018

ވީއޭއެމްގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި

17 އޮކްޓޯބަރު 2018
ވީއޭއެމްގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި
14 އޮކްޓޯބަރު 2018

ވީއޭއެމްގެ ސީނިއާ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

14 އޮކްޓޯބަރު 2018
ވީއޭއެމްގެ ސީނިއާ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު