Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެއިން ޤައުމީ ޓީމު

ޑިއާޒް އަށް ސްޕެއިންގެ ކޯޗުގެ ހިތް ސާފު

ޑިއާޒް މޮރޮކޯ ޤައުމީ ޓީމަށް ކުޅެން ނިންމި ނިންމުމަށް ފުރިހަމަ އަށް އިޙުތިރާމް ކުރާނެ ކަމަށް ވެސް އޭނާ ބުނި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 މާރިޗު 2024 | އަންގާރަ 00:35
ސްޕެއިންގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ

ސްޕެއިންގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ

ސްޕެއިންގެ ސީނިއާ ޤައުމީ ޓީމުން ލިބުނު ފުރުސަތު ދޫކޮށްލުމަށްފަހު، މޮރޮކޯގެ ޤައުމީ ޓީމަށް ގުޅެން ބްރާހިމް ޑިއާޒް ނިންމި ނަމަވެސް، އޭނާ އަށް އެއްވެސް ހިތް ނުތަނަވަސްކަމެއް ނެތް ކަމަށް، ސްޕެއިން ޤައުމީ ޓީމުގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ ބުނެފި އެވެ.

ސްޕެއިންގެ މަލަގާ އަށް އުފަން ޑިއާޒް ވަނީ ސްޕެއިންގެ ޒުވާން އުމުރުފުރާގެ ޓީމުތަކުގެ އިތުރުން ސީނިއާ ޓީމަށް ވެސް ކުޅެފަ އެވެ. ނަމަވެސް، މޮރޮކޯގެ ޤައުމީ ޓީމުން ލިބުނު ފުރުސަތުގައި އޭނާ ނިންމީ މޮޮރޮކޯގެ ޤައުމީ ޓީމަށް ކުޅުމަށެވެ. މޮރޮކޯގެ ފުޓުބޯޅަ ފެޑަރޭޝަނުން މިހާރު ކުރަމުން އަންނަނީ ރަސްމީކޮށް އޭނާ ބަދަލުކުރުމުގެ މަސައްކަތެވެ.

އެކަމާ ގުޅޭ ގޮތުން މީޑިއާއަކާ ވާހަކަ ދައްކަމުން ފުއެންޓޭ ބުނީ، އެކަމާ ގުޅިގެން އޭނާ ޑިއާޒްއާ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށެވެ. އޭނާ ބުނީ ޓީމަށް ކުޅުންތެރިން ނެގުމުގެ ގޮތުން، ކުޅުންތެރިންނަށް އޭނާ ގޮވާލާނެ ކަމަށާއި، އަނެއް ބައި ކުޅުންތެރިންނަށް ނުގޮވާނެ ކަމަށެވެ. އެހެންކަމުން، ޓީމަށް އަރަން ކުޅުންތެރިން ނިންމާނެ ގޮތެއް އިނގޭނީ އެ ކުޅުންތެރިޔަކަށް ކަމަށް ވެސް ފުއެންޓޭ ބުންޏެވެ.

އިތުރަށް ފުއެންޓޭ ބުނީ، ޑިއާޒް އަށް އެންމެ ބޮޑަށް ފުރުސަތު ދޭން މަސައްކަތް ކުރި ކޯޗަކަށް އޭނާ ވާނެ ކަމަށެވެ. ނަމަވެސް ޑިއާޒް މޮރޮކޯ ޤައުމީ ޓީމަށް ކުޅެން ނިންމި ނިންމުމަށް ފުރިހަމަ އަށް އިޙުތިރާމް ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ޑިއާޒް އަށް މުސްތަޤުބަލުގައި ފުރިހަމަ ކާމިޔާބަށް އެދޭ ކަމަށް ވެސް ފުއެންޓޭ ވަނީ ބުނެފަ އެވެ.

ސްޕެއިންގެ ޒުވާން އުމުރުފުރާގެ ޓީމުތަކަށް ކުޅެމުން އައިސް، ޑިއާޒް އަށް ސްޕެއިންގެ ސީނިއާ ޤައުމީ ޓީމުން ޖާގަ ލިބުނީ 2021 ވަނަ އަހަރު އެވެ. އޭނާ ޤައުމީ ޓީމަށް ކުޅުނީ ވެސް އެންމެ މެޗެކެވެ.

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

ރާއްޖޭގައި ކުޅެން އަދި ހުށައެއްނާޅާ، ކޮންމެ ކުޅުންތެރިޔަކުވެސް މިތާ ކުޅޭ ހިތްވާނެ: ޗެތްރީ

11 އެޕްރީލު 2017
  ރާއްޖޭގައި ކުޅެން އަދި ހުށައެއްނާޅާ، ކޮންމެ ކުޅުންތެރިޔަކުވެސް މިތާ ކުޅޭ ހިތްވާނެ: ޗެތްރީ
08 އެޕްރީލު 2017

ގަލާޑޯގެ ލަނޑުން ނިއު އިން ވެލެންސިއާގެ ހިތް ކުދިކުދި ކޮށްލައިފި

08 އެޕްރީލު 2017
ގަލާޑޯގެ ލަނޑުން ނިއު އިން ވެލެންސިއާގެ ހިތް ކުދިކުދި ކޮށްލައިފި
23 މާރިޗު 2017

ހިތްގައިމު ލަނޑަކުން އިންގްލޭންޑް ބަލިކޮށް، ޕޮޑޯލްސްކީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

23 މާރިޗު 2017
ހިތްގައިމު ލަނޑަކުން އިންގްލޭންޑް ބަލިކޮށް، ޕޮޑޯލްސްކީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
10 މާރިޗު 2017

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި
10 މާރިޗު 2017

ކުޅުންތެރިންގެ ހިތްވަރު ފެނިފައި އުއްމީދު އާވެއްޖެ: ސޮބާ

10 މާރިޗު 2017
ކުޅުންތެރިންގެ ހިތްވަރު ފެނިފައި އުއްމީދު އާވެއްޖެ: ސޮބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު