Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގައި ރަމަޟާންމަހަށް މަރުޙަބާ ކިޔުން

‎‏ނިއުޔޯކްގެ މުސްލިމުން ރަމަޟާން މަހަށް މަރުހަބާ ކިޔައިފި‏

11 މާރިޗު 2024 | ހޯމަ 09:08

ޓައިމްސް ސްކެއަރއަށް އެއްވި މީހުންވަނީ ޣައްޒާގެ މުސްލިމުންނަށްޓަކައި ޚާއްޞަ ދުއާއެއް ނަމާދަށްފަހު ކޮށްފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 11 މާރިޗު 2024 | ހޯމަ 09:08
ނިއުޔޯކްގެ ޓައިމްސް ސްކެއާގައި 2024 ވަނަ އަހަރުގެ ފުރަތަމަ ތަރާވީހު ނަމާދު ކުރުން

ނިއުޔޯކްގެ ޓައިމްސް ސްކެއާގައި 2024 ވަނަ އަހަރުގެ ފުރަތަމަ ތަރާވީހު ނަމާދު ކުރުން

ބަރަކާތްތެރި ރަމަޟާން މަހަށް ނިއުޔޯކްގެ އެތައް ހާސް މުސްލިމުންނެއް މަރުހަބާ ކިޔައިފިއެވެ.‎

‎ރަމަޟާން މަހަށް މަރުޙަބާ ކިޔުމުގެ ގޮތުން ސިމްބޮލިކް ޓައިމްސް ސްކެއާއަށް ގިނަޢަދެއްގެ މުސްލިމުން އެއްވެ، އެމީހުންގެ މިއަހަރުގެ ފުރަތަމަ ތަރާވީހު ނަމާދު ރޭ އެތާންގައި ވަނީ ކޮށްފައެވެ. ރަމަޟާން މަހުގެ ކުރިއަށްއޮތް ރޭތަކުގައިވެސް ތަރާވީޙް ނަމާދު ކުރުމުގެ އިންތިޒާމް ވަނީ އެމެރިކާގެ އެކި ސިޓީތަކުގައި ދިރިއުޅޭ ގިނަޢަދަދެއްގެ މުސްލިމުން ހަމަޖައްސާފައެވެ.

އެއްވި ހުރިހާ މުސްލިމުން ނަމާދަށްފަހު ވަނީ، ފަސް މަހަށްވުރެ ގިނަ ދުވަހު އިސްރާއީލުގެ ޙަމަލާތައް ދެމުން އަންނަ ޣައްޒާއަށް ހެޔޮ ދުޢާކޮށްފައެވެ.‎

‎މީގެ އިތުރުން ވެރިރަށް ވޮޝިންޓަނާ ބައިގަޑިއިރު ދުރުގައި ހުންނަ އެމެރިކަން ރިލިޖަސް ސެންޓަރުގައި ވެސް މީހުން ވަނީ ފުރަތަމަ ‎‎ތަރާވީހު ކޮށްފައެވެ.‎

‎ނަމާދުގެ ވަގުތުގައި މިސްކިތުގެ ބޭރު ގޯތިތެރެއާއި މުޅި ހިސާބު ވަނީ މުސްލިމުންގެ ބޮޑުޖަމާޢަތުން ފުރިފައެވެ.‎

‎އެމެރިކާގެ ހުރިހާ މުސްލިމުންވެސްވަނީ ރޭ ތަރާވީޙް ނަމާދަށްފަހު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ނުރައްކާތެރި ބޮމުގެ ހަމަލާތަކާ ކުރިމަތިލާން ‎‎ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް ޓަކައި ހުރިހާ މުސްލިމުންނަށް ޚާއްޞަ ދުޢާއެއް ކޮށްފައެވެ.‎

‎އިސްރާއީލްގެ ހަމަލާތަކުގައި ފަލަސްތީނުގެ ގާތްގަނޑަކަށް 31،000 އަށްވުރެ ގިނަމީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.‎

‎އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ގަތުލުއާންމުގެ ސަބަބުން ޣައްޒާގައި 31،000 އަށްވުރެ ގިނަމީހުން ޝަހީދުވެފައިރު، އިތުރު 72،524 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ފަލަސްތީނުގެ ސިއްހީ އިދާރާތަކުން ވަނީ ބުނެފައެވެ.‎

އިސްރާއީލުން ވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅައި، ޚާއްސަކޮށް ޣައްޒާގެ އުތުރުގެ ރައްޔިތުން ބަނޑުހައިހޫނުކަމުގެ ތެރެއަށް ވައްޓާލައިފައެވެ.

އިސްރާއީލު ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުންނަށް ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ގެދޮރު ގެއްލިފައިވާއިރު، އެންކްލޭވްގެ އިންފްރާސްޓްރަކްޗަރގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދ.ން ބުނެއެވެ.

ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގައި އިޒްރޭލުގެ މައްޗަށް ވަނީ ޖަރީމާހިންގުމުގެ ތުހުމަތުކޮށްފައެވެ. މިދިޔަ ޖެނުއަރީ މަހު އެ ކޯޓުން ނެރުނު ވަގުތީ ހުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖިނާއީ އަމަލުތައް ހުއްޓާލައި ފިޔަވަޅުތައް އެޅުމަށް ތެލްއަވީވަށް އަންގާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
06 މާރިޗު 2017

އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ

06 މާރިޗު 2017
އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
08 ފެބުރުއަރީ 2017

މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

08 ފެބުރުއަރީ 2017
މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ
08 ފެބުރުއަރީ 2017

މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި

08 ފެބުރުއަރީ 2017
މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި
05 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި

05 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި
04 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި
04 ފެބުރުއަރީ 2017

ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް

04 ފެބުރުއަރީ 2017
ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް